
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ވައިގެމަގުން އަންނަ މުދާ ކްލިއަރކުރުމަށް ކަސްޓަމްސްއިންދޭ ޚިދުމަތްތައް، 24 ގަޑިއިރަށް ބަދަލުކޮށްފިއެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއިއެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައި ވިޔަފާރިވެރިން ވަނީ މިކަމުގެ ކަންބޮޑުވުން ރައީސްއާއި ހިއްސާކުރައްވާފައެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވިދާޅުވީ، ކްލިއަރެންސްގެ މަސައްކަތް މިހާރު އޮންނަނީ 18 ގަޑިއިރަށްކަމަށެވެ. ނަމަވެސް ވިޔަފާރިވެރިން ފާޅުކުރި ކަންބޮޑުވުމަށްބަލައި މިކަން 24 ގަޑިއިރަށް ބަދަލުކޮށްދެއްވާނެކަމަށެވެ. “ކަސްޓަމްއާއި އެމްއޭސީއެލް ގުޅިގެން ކްލިއަރިން މަސައްކަތައް މިހާރު މިއޮންނަނީ ގާތްގަނޑަކަށް އެއް ޝިފްޓު ނޫނީ 2 ޝިފްޓު މިއޮންނަނީ ގާތްގަނޑަކަށް 18 ގަޑިއިރުގެ ކްލިއަރިން މަސައްކަތް މިކުރަނީ. އެހެންވީމަ އެއީ 18 ގަޑިއިރުގައި އޮތުމުގެ ބަދަލުގައި 24 ގަޑިއިރަށް ބަދަލުކޮށްދޭނަން އިރާދަކުރެއްވިއްޔާ.” ރައީސް ވިދާޅުވިއެވެ.
ކަސްޓަމްސްއިން ކުރި އިއުލާނެއްގައި ބުނީ ވައިގެމަގުން އަންނަ މުދާ ކްލިއަރކުރުމާ ގުޅޭގޮތުން ކަސްޓަމްސްއިން ދޭންޖެހޭ ހުރިހައި ޚިދުމަތްތައް، 24 ގަޑިއިރަށް މިހާރު ބަދަލުކޮށްފައިވާކަމަށެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި މިނޫނަސް ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތަކައް ހައްލު ގެނެސްދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ޑެމަރޭޖް ނާރާގޮތައް ފްރީކޮށް އޮންނަ 80 ގަޑިއިރުވެސް 124 ގަޑިއިރަށް ބަދަލުކޮށްދޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ޑެމަރޭޓް ދައްކަންޖެހޭ ވަގުތު 80 ގަޑިއިރަށް އޮތުމުގެ ސަބަބުން އެތައް ބަޔަކު ވަރަށް ބޮޑަށް ޑެމަރޭޖްއެއް ދައްކަންޖެހި ބޮޑު އަދަދެއް އަތުން ދާކަމަށް ރައީސް ވިދާޅުވިއެވެ. އެއަރޕޯޓާއި ސީޕޯޓްގައި ފާހަގަކުރެއްވި ކަންކަމަށް ހައްލު ގެނެސްދިނުމަށް މަސައްކަތް ކޮށްދޭނެކަމުގެ ޔަޤީންކަން ރައީސް ވަނީ ވިޔަފާރިވެރިންނަށް ދެއްވާފައެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
