
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވޭނެ މަގު ފަހިކުރުމަށް ގިނަ އިންތިޒާމުތައް ހަމަޖެއްސޭތޯ ސަރުކާރުން މިހާރުވެސް މަސައްކަތް ކުރަމުންދާކަމަށް ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ނައިބު ރައީސް ވިދާޅުވީ ސަރުކާރުން އަންނަނީ އެކަމަށް ހުއްޓުމެއް ނެތި މަސައްކަތް ކުރައްވަމުން ކަމަށެވެ. “އިރާދުކުރެއްވިއްޔާ މިކަމުގެ ނަތީޖާ ވަރަށް ފުރިހަމަކޮށް ރައްޔިތުންނަށް ލިބިގެންދާނެ” ނައިބު ރައީސް ވިދާޅުވިއެވެ.
ވޮލީ، ފުޓުބޯޅަ އަދި ފުޓްސަލް އާއި އެހެނިހެން ކުޅިވަރުތަކަށް ބަލާލިކަމުގަވިޔަސް ހަމަ ވަރަށް ބާރަށް އެމަސައްކަތް ކުރިއަށްދާ ކަމަށާއި އެކަންކަން މިސަރުކާރުން ހާސިލް ކުރައްވާނެ ކުރައްވާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މާލެ ސަރަހައްދުގެ އިތުރުން މުޅި ރާއްޖެއަށް ކުޅިވަރުތައް ފުޅާކޮށް އެކި ރީޖަންތަކުގައި މުބާރާތްތައް ބޭއްވެން ޖެހޭ ކަމަށާއި ރަށްރަށުގައިވެސް ވަރަށް ފޯރިއާއެކު ކުޅިވަރުތައް ކުޅެވެމުން ދާކަމަށް ފާހަގަކުރެއްވިއެވެ. އަންނަ އަހަރު ބައިނަލްއަގްވާމީ ގޭމްސް އެއް ހޯސްޓްކުރުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ. ވަސީލަތްތައް ގާއިމުކުރުމުގެ ދުވެލި ހަލުވިކުރައްވާ އެސޯސިއޭޝަންތަކާއި ގުޅިގެން ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިއަހަރު ނިންމާލާއިރު ރާއްޖޭގައި މިހާރު ކުރިއަށްދާ ވިމެންސް ކާވާ ކަޕާއި، 19 އަހަރުން ދަށުގެ ސަރަހައްދީ ބާސްކެޓްބޯޅަ މުބާރާތްތަކާއި އައިޓީއެފް އައި އޭޓީއެފް ޓެނިސް މުބާރާތްތަކެއް ރާއްޖެއިން ވަނީ ހޯސްޓްކޮށް ބައިނަލް އަގްވާމީ އިތުބާރު ހޯދާފައެވެ. އަދި ރާއްޖޭގައި ބޭއްވި ކޮމަންވެލްތް ހޭންޑްބޯޅަ މުބާރާތް ކާމިޔާބުކަމާއި ކުޅުދުއްފުށީގައި ވަނީ ބާއްވާފައެވެ.
އަންނަ އަހަރުވެގެންދާނީ ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވުމަށް މަގުފަހުކުރުމަށް ކުރެވޭ މަސައްކަތުގައި މުހިންމު އަހަރަށެވެ. ނޭޝަނަލް ސާފިން ސްޓޭޑިއަމާ ހުޅުމާލެ ސްޕޯޓްސް ކޮމްޕްލެކްސްގައި ގާއިމުކުރާ އޮލިމްޕިކް ސައިޒުގެ ސްވިމިން ޕޫލާއި ޓެނިސް އެރީނާ އަދި ހުޅުމާލެ ފޭސް އެކެއްގައި ގާއިމު ކުރާ ބައިނަލްއަގްވާމީ ފެންވަރުގެ ގައުމީ ފުޓުބޯޅަ ސްޓޭޑިއަމް ފަދަ މުހިންމު އެރީނާތައް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. ނައިބުރައީސް ވިދާޅުވީ ބޮޑެތި މުބާރާތްތައް ރާއްޖޭގައި ހޯސްޓްކޮށް އެކަމަށް ކުރެވޭ މަސައްކަތުގެ ފޮނި ކާމިޔާބީ ފެނިގެންދާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
