
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ވިމެންސް ކާވާ ކަޕް 2025 ގެ ފައިނަލަށް ރާއްޖޭގެ ޤައުމީ އަންހެން ވޮލީ ޓީމު ދަތުރުކޮށްފިއެވެ. ދިވެހި ޓީމުން ފައިނަލްގެ ޖާގަ ޔަގީން ކުރީ މިރޭ ކުޅުނު ސެމީފައިނަލް މެޗުގައި ބަންގްލަދޭޝްގެ މައްޗަށް ފަސޭހަކަމާއެކު ކުރި ހޯދައިގެންނެވެ. ލީގުބުރުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް އެއްވަނަ ޓީމުގެ ގޮތުގައި ސެމީފައިނަލުން ޖާގަ ހޯދީ ދިވެހި ޓީމުން ބަންގްލޭޝްގެ މައްޗަށް ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. އެއީ 25-17، 25-12 އަަދި 15-12 އިންނެވެ. ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި، ގިނަ އަދަދެއްގެ ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މިމެޗުގައި ދިވެހި ޓީމުގެ ކޯޗު ވަނީ ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީ ޓީމުގެ ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީފައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ސެމީފައިނަލް މެޗުގައިވެސް ދިވެހި ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ އާއި ވައިސް ކެޕްޓަން ޖޫޒާން ޒަރީރް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މީގެއިތުރުން ޝަހާ، ނަރީމާ، އަރީޝާ އަދި މާޔާވެސް ވަނީ މުޅި މުބާރާތުގައިވެސް ދައްކަމުން އަންނަ ތަފާތު ކުޅުން ދަމަހައްޓާފައެވެ. މުބާރާތުގެ ފައިނަލްގައި ދިވެހިރާއްޖެ މިފަހަރުވެސް ބައްދަލުކުރަން ޖެހޭނޭ އެންމެ ފަހުގެ ފައިނަލްގައިވެސް ވާދަކުރި ކިރްގިސްތާނާއެވެ. އެހެންނަމަވެސް އެންމެ ފަހު މުބާރާތާ ހިލާފަށް މިއަހަރު ދިވެހި ޓީމު ވަނީ ލީގު ބުރުގައި ކިރްގިސްތާން ބަލިކޮށް ރަންމެޑަލް އަކީ ދިވެހި ޓީމަށް ހޯދޭނެ އެއްޗެއްކަން ދިވެހި ސަޕޯޓަރުންނަށް ދައްކުވައިދީފައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިއީ ރާއްޖެ އާއި ކިރްގިސްތާން މިމުބާރާތުގެ ފައިނަލްގައި ޖެހިޖެހިގެން ވާދަކުރާ ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ފައިނަލް މެޗުން ދިވެހި ޓީމް ބަލިވީ 3-2 ސެޓުންނެވެ. ހެންނަމަވެސް ރާއްޖޭގެ ވޮލީގެ ތާރީޙް ބަދަލުކޮށް ފުރަތަމަ ރަންމެޑަލް ހޯދަން ދިވެހި ޓީމުން ކުރަމުންދާ މަސައްކަތަށް އިތުރު ހިއްވަރެއް މިފަހަރު ލިބުނީ ފުރަތަމަ ފަހަރަށް ރާއްޖޭގައި ކިރްގިސްތާނުގެ މައްޗަށް ދިވެހި ޓީމުން ހޯދި މޮޅާއެކުއެވެ. ކާވާ ކަޕްގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރެއެވެ. މިއަދު ހަވީރު ކުޅެވިގެންދާނީ މުބާރާތުގެ ތިން ވަނަ ހޮވާމެޗެވެ. ތިން ވަނަ ހޮވާ މެޗުގައި ބައްދަލުކުރާނީ އަފްގާނިސްތާނާއި ބަންގްލަދޭޝްއެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
