
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ބުރުގައި އަލަށް އޮޑިއާއި ގުޅުނު ޒުވާން ކުޅުންތެރިން ދައްކަމުންދަނީ ހީވެސްނުކުރާ ފަދަ ރަނގަޅު ކުޅުމެއްކަމަށް އޮޑި ސްޕޯޓްސް ކުލަބުގެ ކޯޗު އަންދްރޭސް ގާސިއާ ބުނެފިއެވެ. މިދިޔަ ހަފްތާގެ ހުކުރުދުވަހު ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ގެ މައްޗަށް 5-1 ލަނޑުގެ ބޮޑު ފަރަގަކުން ކުރި ހޯދާ ލީގު އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެމެދުގަވާ ފަރަގު، ކުޑަ އޮޑިން ކުޑަކުރި މެޗަށްފަހު ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ކޯޗު ބުނީ ޓީމުގެ ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭކަމަށެވެ.
ދެވަނަ ބުރަށް އޮޑިން ނުކުތީ އެކުލަބުގެ އެކަޑަމީއިން ޒުވާން ކުޅުންތެރިންތަކެއް ހިމަނައިގެންކަމަށާއި އެކުދިންގެ ފަރާތުން ފެނުނީ ހީވެސް ނުކުރާ ފަދަ ރަނގަޅު ކުޅުމެއްކަމަށް އޭނާ ބުންޏެވެ. މެޗަށް ކުރިމަތިލި އިރު ކޮންމެވެސް ވަރެއްގެ ދަތިތަކެއް ހުރިކަން ފާހަގަކުރަމުން ކޯޗު ބުނީ ބައެއް ކުޅުންތެރިން އަނިޔާގައި ތިބުމާއި ސަސްޕެންޝަނުގައި ތިބުމުގެ އިތުރުން އަލަށް ޓީމާއި ގުޅުނު ޒުވާން ކުޅުންތެރިން އަދި ރަނގަޅަށް ޓީމަށް ނުހޭނޭކަމަށެވެ. އެހެންނަމަވެސް އެ ދަތިތަކާއެކުވެސް ޓީމުން ދެއްކި ކުޅުމަށް ކޯޗު ވަނީ ތައުރީފުކޮށްފައެވެ. “މެޗަށް ނުކުތް އިރުވެސް ދަތިތަކެއް ހުރި. ބައެއް ކުޅުންތެރިންނަކީ މުޅިން އަލަށް ގުޅުނު ވަރަށް ޒުވާން ކުޅުންތެރިން. ބައެއް ކުޅުންތެރިން ތިބީ އަނިޔާގައި އޭގެ އިތުރުން ސަސްޕެންޝަނުގެ މައްސަލަވެސް ޓީމަށްވަނި ދިމާވެފަ. އެހެންނަމަވެސް މިއަދުގެ މެޗުގައި ޓީމުން ދެއްކީ ވަރަށް ރަނގަޅު ކުޅުމެއް” ކޯޗު ބުންޏެވެ.
ކޯޗު ބުނީ އަލަށް ޓީމާއި ގުޅުނު ކުޅުންތެރިންނަކީ އުމުރުން ހަގު ހުނަރުވެރި ކުދިންތަކެއްކަމަށެވެ. އޭގެ ތެރޭގައި އެންމެ 14 އަހަރުގެ ކުއްޖަކުވެސް ޓީމާއި ގުޅިފައިވާކަން ކޯޗު ފާހަގަކުރިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ލީގުގައި ކުރިއަށް ހުރި މެޗުތަކަކީ ފައިނަލު މެޗުތަކެއްކަމަށް ސިފަކުރަމުން ކޯޗު ބުނީ އުންމީދަކީ އަނިޔާގެ ސަބަބުންނާއި ސަސްޕެންޝަނުގެ ސަބަބުން ކުޅުމާއި ދުރުގަ ތިބި ކުޅުންތެރިންނަށްވެސް ވީހާވެސް އަވަހަކަށް ޓީމާއި ގުޅުމުގެ ފުރުސަތު ލިބުންކަމަށެވެ. “ކުރިއަށް ހުރި މެޗުތަކަކީ ފައިނަލު މެޗުތަކެއް ފަދަ މެޗުތަކެއް. އުންމީދަކީ ކުޅުންތެރިން އަލުން ޓީމާއި ގުޅުން. އޭރުން މަޑުމަޑުން ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން އޮޑި ދާނީ ކުރިއަށް” ގާސިއާ ބުންޏެވެ. ލީގުގަ ހުކުރުދުވަހުގެރޭ ކުލަބު އީގަލްސްއާއި ވާދަކުރަން އޮޑިން ތައްޔާރުވަމުން އަންނައިރު އެމެޗަކީ ވަރުގަދަ މެޗަކަށް ވާނެކަމަށް ކޯޗު ބުނެފަވެއެވެ. 13 ޕޮއިންޓާއެކު ތާވަލުގެ 5 ވަނައިގަ އޮތް އީގަލްސްއަކީ އާދައިގެ ޓީމެއް ނޫންކަން ފާހަގަކުރަމުން ކޯޗު ބުނީ އެމެޗަށް ނުކުންނާނީ އެކަން ދަނެގެން ފަހު ވަގުތަށްވެސް ހިތްވަރު ކުރުމުގެ އަޒުމުގައިކަމަށެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
