
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރަމުންދާ ވެލެންސިއާގެ ޒުވާން ޓީމަކީ ވަރަށް ވަރުގަދަ ޓީމެއްކަމަށާއި އެއީ އެންމެފަހު ވަގުތާ ޖެހެންދެންވެސް ހިތްވަރުކޮށް ނަތީޖާ އަނބުރާލުމުގެ ގާބިލްކަން ލިބިފައިވާ ޓީމެއްކަމަށް ގްރީން ސްޓްރީޓްސް ކޯޗު އަލީ ނިސްތާރު ބުނެފިއެވެ. ނިމިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ލީގުގައި ކުލަބު ވެލެންސިއާއާއި ދެކޮޅަށް ގްރީންއިން ނުކުމެ ހޯދި މޮޅާއިއެކު ތާވަލުގެ 7 ވަނަ އަށް ކުރިއަށް ޖެހިލި މެޗަށްފަހު ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ނިސްތާރު ބުނީ ވެލެންސިއާއަކީ ނިސްބަތުން ޒުވާން ކުޅުންތެރިން ތިބި ޓީމެއް ނަމަވެސް އެއީ ފަހު ވަގުތާއި ހަމައަށް ހިތްވަރު އެލުވާނުލާ ކުޅެމުންދާ ވަރުގަދަ ޓީމެއްކަމަށެވެ. ޒުވާން ކުޅުންތެރިންތަކެއް ދައްކަމުންދާ ހުނަރަށް ތައުރީފު ހައްގުކަމަށް އޭނާ ފާހަގަކުރިއެވެ. އެމެޗު ގްރީންއިން 1-0 ގެ ނަތީޖާއަކުން ނެގި ނަމަވެސް ކަމަށްވިޔަސް ވެލެންސިއާއިން ދެއްކި ހިތްވަރަކީ ފަހު ވަގުތުވެސް ނަތީޖާ އަނބުރާލާފާނެ ފަދަ ހިތްވަރެއްކަމަށް ނިސްތާރު ބުންޏެވެ.
“އަޅުގަނޑުގެ ތައުރީފު ވެލެންސިއާގެ ޔަންގު ޓީމަށް. ވަރަށް ވަރުގަދަ ފައިޓެއް ދިން ހަމަ. އެންމެ ފަހު ވަގުތާ ޖެހެންދެންވެސް އަޅުގަނޑުމެން ވަރަށް ބިރުން ތިބީ” ނިސްތާރު ބުންޏެވެ. ނިސްތާރު ބުނީ އެމެޗަށް ނުކުތީ ކައުންޓަރ އެޓޭކަށް އިސްކަންދީގެންކަމަށެވެ. ސަބަބަކީ ވެލެންސިއާއަކީ ހަލުވި ޓީމަކަށްވެފައި އެއީ ހަމަލާތައް ގިނައިން އުފައްދާ ޓީމަކަށްވުމުން އެޓީމާއި ދެކޮޅަށް ކުޅޭނަމަ އެޓީމާއި އެއްވަރުގެ ކުޅުމެއް ދައްކަންޖެހޭކަމަށެވެ. މިމެޗުގައިވެސް ވެލެންސިއާއިން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް މެޗުގެ 10 ވަނަ މިނިޓުގައި ގްރީންގެ އިރާގު ފޯވާޑް އޮބައިދާ ކަދުމް ނަގައިދިން ބޯޅައެއް އޭރިއާ ތެރެއިން މިސްރުގެ ކުޅުންތެރިއާ އަލް ސައީދު އަބްދުލްފައްތާހު ފޮނުވާލުމާއެކު ވެލެންސިއާގެ ގޯލު ފޫ އަޅުވާލާ އެޓީމުން ލީޑު ނެގިއެވެ. މުޅި މެޗުގައި ކަހަލަ ގޮތަކަށް ވެލެންސިއާއިން ހަމަލާތައް އުފެއްދި ނަމަވެސް ގްރީންގެ ގޯލަށް އަމާޒުވާގޮތްނުވެ 1-0 ގެ ނަތީޖާއަކުން ވެލެންސިއާއަށްވަނީ އެމެޗު ގެއްލިފައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިމެޗުގެ ކާމިޔާބީއަކީ ނޭވާއެއް ލުމަށް ލިބުނު ފުރުސަތެއްކަމަށް ނިސްތާރުވަނީ ސިފަކޮށްފައެވެ. އެހެންނަމަވެސް އަދިވެސް ގިނަގުން މަސައްކަތްތަކެއް ޓީމުން ކުރަންޖެހޭކަމަށާއި ޓީމުގެ ކުޅުންތެރިންގެ ފަރާތުން އެކަންކަން ކުރިއަށް އޮތްތަނުގައި ފެނިގެންދާނެކަމަށް ނިސްތާރު ފާހަގަކުރިއެވެ. “ތެދުތެދަށް ބުނަންޏާ މިހަމަ ނޭވާއެއް ލާން ފުރުސަތު އަދި މިލިބުނީ. އެހެންވީމަ އަދި ލޮޓް އޮފް ވޯކް ޓު ޑޫ. އިންޝާﷲ އަޅުގަނޑުމެންގެ ޕްލެޔާޒް އެމަސައްކަތްކުރާނެ” ނިސްތާރު ބުނެފަވެއެވެ.
ދިވެހި ޕްރިމިއަރ ލީގުގައި ގްރީން އިން ދެން ނުކުންނާނީ ހުކުރުދުވަހު ހަވީރު ވިކްޓްރީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. މިމެޗަށް ނުކުންނައިރު ވިކްޓަރީ ވަނީ ގަދަ ހައެއްގަ ހަމަ ޖެހިލާފައެވެ. ވެލެންސިޔާ އަތުން ހޯދި މޮޅާއެކު ގްރީން އިން ވަނީ ލީގުގެ ގަދަ ހައެއްގެ އުންމީދު އާ ކޮށްފައެވެ. ލީގުގައި މިހާތަނަށް ގްރީން މޮޅުވެފަވަނީ ދެމެޗުންނެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
