
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ނިއުރޭޑިއަންޓު ސްޕޯޓްސް ކުލަބު ފަދަ ވަރުގަދަ ޓީމެއްގެ އަތުން މޮޅުވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށް ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ކޯޗު ޖޯޖްލީ ގެރީ ބުނެފިއެވެ. ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ފަހަތުން އަރައި ނިއު ބަލިކޮށް ވިކްޓްރީއިން ތާވަލުގެ ފަސް ވަނައަށް ޖެހިލި މެޗަށްފަހު ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ސްލޮވާކިއާގެ ތަޖުރިބާކާރު ކޯޗު ބުނީ ވަރުގަދަ ޓީމަކާއި ވާދަކޮށް ކާމިޔާބު ލިބުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ. މުޅި މެޗުގައިވެސް ވިކްޓަރީއިން ދެއްކި ކުޅުން ރަނގަޅުކަމަށާއި ކުޅުންތެރިން ކުރި މަސައްކަތާމެދު ފަޚުރުވެރިވާކަމަށް އޭނާ ބުންޏެވެ.
“ވަރަށް ހިތްހަމަޖެހިއްޖެ މެޗު ކާމިޔާބު ކުރެވުމުން. ނިއުރޭޑިއަންޓަކީ ވަރަށް ވަރުގަދަ މޮޅު ޓީމެއް. ވަރަށް ތަޖުރިބާކާރު ކޯޗެއްގެ އިރުޝާދާއެކު ކުޅެމުންދާ ޓީމެއްވެސްމެ. އެހެންނަމަވެސް ވިކްޓަރީއިން މިމެޗުގަ ވަރަށް ވަރުގަދަ ފައިޓެއް ދީފި. އަހަންނަށް ގަބޫލުކުރެވެނީ ޓީމުން ދެއްކީ ވަރަށް ރަނގަޅު ކުޅުމެއްކަމަށް” ގެރީ ބުންޏެވެ. ގެރީ ބުނީ ވިކްޓަރީއިން ހޯދި ތިން ޕޮއިންޓު ވަރަށް މުހިންމުކަމަށެވެ. އޭނާ އަބަދުވެސް ބުނާ ފަދައިން މެޗު ކާމިޔާބުކުރުމަށް މެންޓަލީ ތައްޔާރުވުން ޖެހޭކަމަށާއި އަދި ދެ މެޗަކުން މޮޅުވިކަމަށްވިޔަސް އިތުރަށް ހިތްވަރުކޮށް ކުރިއަށް ހުރި މެޗުތަކުގެ ނަތީޖާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތްކުރާނެކަމަށް އޭނާ ބުންޏެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
“އަހަރުމެން މި ތިން ޕޮއިންޓު ވަރަށް މުހިންމު. ކުރިން އަބަދުވެސް ދައްކާ ވާހަކައަކީ މެޗުތައް ކާމިޔާބުކުރުމަށް މެންޓަލީ ތައްޔާރުވާންޖެހޭ ވާހަކަ. ދެތިން މެޗުން މޮޅުވިޔަސް އަދި ކަމަކު ނުދާނެ. ކުރިއަށް ހުރި މެޗުތަކާއި މެދުވެސް ވިސްނަންޖެހޭ އެބަ” ތަޖުރިބާކާރު ބިދޭސީ ކޯޗު ބުންޏެވެ. ކޯޗު ބުނީ މިމެޗުން ލިބުނު މޮޅަކީ ކުރިއަށް ހުރި މެޗުތަކުގެ ނަތީޖާ ރަނގަޅުކުރުމަށް ކުޅުންތެރިންނަށް ލިބޭ ހިތްވަރަކަށްވާނެކަމަށް ދެކޭ ކަމަށެވެ. އެހެންކަމުން ތާވަލުގެ އެންމެ ގަދަކޮށް ތިބި ހަތަރު ޓީމާއި ވާދަކޮށް މެޗުތައް ނެގުމަކީ މިހާރު ދެކެމުންދާ ހުވަފެނެއްކަމަށް އޭނާ ބުންޏެވެ. ޓީމު އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށްފި ނަމަ އެއީ ކުރެވިދާނެކަމެއްކަމަށާއި މިހާރުވެސް ޓީމުން ދައްކުވައިދެނީ އެމަންޒަރުކަމަށް އޭނާ ބުނެފަވެއެވެ.
“ތާވަލުގެ ގަދަ ހަތަރެއް ބަލި ކުރުމަކީ ކުރާ އުންމީދެއް. ވިންޓަރީގެ ކުޅުން ރަނގަޅުކޮށްފި. މިއީ އެންމެ ކުޅުންތެރިއެއްގެ މަސައްކަތެއް ނޫން. މިއީ މުޅި ޓީމުގެ މަސައްކަތް” ކޯޗު ބުންޏެވެ. ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ވިކްޓަރީއިން ދެން ނުކުންނާނީ ހުކުރުދުވަހު ހަވީރު ކުލަބު ގްރީން ސްޓްރީޓްސްއާއި ވާދަކުރުމަށެވެ. ގްރީން ސްޓްރީޓްސް މިވަގުތު އޮތީ ވިކްޓަރީއަށްވުރެ ދެ ދަރަޖަ ފަހަތުން 8 ޕޮއިންޓާއެކު ތާވަލުގެ 7 ވަނައިގައެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
