
(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ)
49 ވަނަ ގައުމީ ފެތުމުގެ މުބާރާތް މިމަހުގެ 22 ވަނަ ދުވަހު ފަށާފަވާއިރު މިމުބާރާތަށް ލިބުނު ތަރުހީބު ބޮޑުކަމަށާއި ޓީމު އިވެންޓުތަކުގަ އެކަނިވެސް 18 ޓީމަކުން ވާދަކުރަމުން އަންނަކަމަށް ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް އިސްމާއިލް އަލީ ވިދާޅުވެއްޖެއެވެ. މުބާރާތް ކުރިއަށްދާ ހުޅުމާލޭ ސްވިމިންގ ޕޫލްގައި ހުންނަވާ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އިސްމާއިލް ވިދާޅުވީ މިއަހަރުގެ މުބާރާތަކީވެސް ގިނަ އަދަދެއްގެ ފެތުންތެރިންނާއެކު ކުރިއަށްދާ މުބާރާތެއްކަމަށެވެ. އޭގެ ތެރޭގައި އިންޑިވިޖުއަލް ކެޓެގަރީގައި 157 ފެތުންތެރިން ވާދަކުރަމުން އަންނައިރު ޓީމު އިވެންޓުތަކުގައި އަންހެން އަދި ފިރިހެން ޑިވިޝަނުން ޖުމްލަ 18 ޓީމު ވާދަކުރާނެކަމަށް އިސްމާއިލް މައުލޫމާތުދެއްވިއެވެ.
“މުބާރާތުގަ އެހެން އަހަރުތަކަށްވުރެ މިފަހަރު ބައިވެރިވުންވެސް ވަރަށް ރަނގަޅު. އަންހެން ނުވައެއް، ފިރިހެން ނުވަ ޓީމެއް އެބައުޅޭ. އެހެންވީމަ މުޅި ޖުމްލަ 18 ޓީމެއް އެބައުޅޭ. ދެން ވަކިވަކި ފެތުންތެރިންނަށްވެސް ބަލާއިރު 160 އެއްހާ ފެތުންތެރިން އެބައުޅޭ އިންޑިވިޖުއަލް ކެޓަގަރީގަ” އިސްމާއިލް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އިސްމާއިލް ވިދާޅުވީ ގައުމީ ފެތުމުގެ މުބާރާތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ވާދަކުރުމަށް ވަކި މިންގަނޑެއް ކަނޑައަޅާފަވާއިރު، ކޮންމެ ކޮންމެ ފެތުންތެރިއަކަށް މިމުބާރާތުގައި ވާދަކުރުމުގެ ފުރުސަތެއް ނުލިބޭނެއެވެ. ގައުމީ މުބާރާތުގައި ވާދަކުރެވޭނީ ކޮންމެ އިވެންޓެއްގެވެސް ކޮލިފިކޭޝަން ޓައިމް ވަކި ވަރަކަށް ހަމަކޮށްފައިވާ އެތުލީޓުންނަށްކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މުބާރާތުގެ ހީޓުތައް 22 ވަނަ ދުވަހު ފަށާފަވާއިރު އެރޭ ކުރިއަށް ދިޔަ 50 މީޓަރު ފްރީ ސްޓައިލު އިވެންޓުގައި މުހަންމަދު އާން ހުސައިން ވަނީ މިހާތަނަށް ރާއްޖޭގައި ރިކޯޑުކުރެވުނު އެންމެ އަވަސް ޓައިމިން ހަދާފައެވެ. މިއީ ރާއްޖޭގެ ފެތުންތެރިން ކުރިއަރަމުން އަންނަކަމުގެ އުފާވެރި މަންޒަރެއްކަމަށާއި ހުނަރުވެރި ގިނަ އަދަދެއްގެ އެތުލީޓުން މިމުބާރާތުން ވިދާލާނެކަމަށް އުންމީދުކުރައްވާކަމަށް އިސްމާއިލް ވިދާޅުވިއެވެ.
“އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ ރޭގަ ނިމިގެން ދިޔަ 50 މީޓަރު ފްރީ ސްޓައިލުގަ ރާއްޖޭގަ މިހާތަނަށް ދިވެހި ފެތުންތެރިއެއްގެ ރިކޯޑުކުރެވުނު އެންމެ އަވަސް ޓައިމް. އެއީ މުހަންމަދު އާން ހުސައިން، 22.96 ހަނދާންވަނީ. އެއީ މިހާތަނަށް ރާއްޖޭގެ ފެތުންތެރިއެއްގެ ރިކޯޑުކުރެވުނު އެންމެ އަވަސް ޓައިމް” އިސްމާއިލް ފާހަގަކުރެއްވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިއަހަރުގެ މުބާރާތުގައިވެސް ޕެރަ އެތުލީޓުންނާއި ސްޕެޝަލް އޮލިމްޕިކްސް އެތުލީޓުންނަށް ޚާއްސަ އީއޭޑީ ކެޓަގަރީގެ އިވެންޓުތައްވެސް ހިމަނާފަވާއިރު މި ދެ ކެޓަގަރީ ކުރިއަށްދާނީ ވަކިންކަމަށް އިސްމާއިލް ވިދާޅުވިއެވެ. އަދި މި ކެޓަގަރީތަކުގެ އަންހެން އަދި ފިރިހެން އެތުލީޓުން ވާދަކުރާނީ ވަކިންކަމަށް އިސްމާއިލް މައުލޫމާތުދެއްވިއެވެ. މިއީ ވަރަށް ހުނަރުވެރި އެތުލީޓުން ފާހަގަކުރެވޭ ކެޓެގެރީތަކެއްކަމަށް އޭނާ ވިދާޅުވިއެވެ. “އެ ކެޓަގަރީގަ ވަރަށް ރަނގަޅު ކުދިންތަކެއް ބައިވެރިވާނީ. ވަރަށް ފަހުން އަޑު އިވުނު ރާއްޖެއިން ބޭރުން މެޑަލްއެއް ގެނައި އަޑު. އެއީ ހަމަ މިކަންތައްތަކުގަ ބައިވެރިވާކުދިން ގޮސް މެޑަލް އެޅީ” ދާދި ފަހުން ދުބާއީގައި ބޭއްވި އޭޝިއަން ޔޫތު ޕެރަ ގޭމްސްގައި ވާދަކޮށް ރާއްޖޭގެ ރިޒްހާން ހޯދި ބޮޑު ކާމިޔާބީއަށް އިޝާރާތްކުރައްވާ އިސްމާއިލް ވިދާޅުވިއެވެ.
މިފަދަ މުބާރާތެއް ކާމިޔާބުކަމާއެކު ކުރިއަށްދަނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންކަމަށް ފާހަގަކުރައްވާ އިސްމާއިލްވަނީ މިކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވާ އެންމެހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ. 49 ވަނަ ގައުމީ ފެތުމުގެ މުބާރާތް ކުރިއަށްދާނީ މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ހުންނަ ސްވިމިން ޕޫލްގައެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
