
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މޯލްޑިވްސް 2.0 އާއެކު ނިޒާމުގެ ތެރެއިން ޚިދުމަތް ހޯދުމަށް ނުވަތަ ޚިދުމަތް އަވަސްކުރުމަށް އެކި ފަރާތްތަކަށް ގުޅައިގެން އާދޭސްކުރަން ޖެހުން ނިމުކަމަކަށް އަންނާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު އިޙްސާން ވިދާޅުވީ ދައުލަތުގެ ތެރޭގައި ހިންގަމުންދާ ކޮރަޕްޝަނަށް މަގުފަހިވާ ހުރިހާ ދޮރެއް މިއާއެކު ބަންދުވެގެންދާނެކަމަށެވެ.
މޯލްޑިވްސް 2.0 އަކީ ރާއްޖެ ޑިޖިޓަލައިޒްކޮށް ސަރުކާރުގެ އެކި މުވައްސަސާތަކުން ރައްޔިތުންނަށްދޭ ޚިދުމަތްތައް އެއްވިއުގައެއްގެ ތެރެއިން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ބޮޑު މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން މިހާރުވެސް ބައެއް އިދާރާތަކުގެ މަސައްކަތްވަނީ މިވިއުގައާއި ގުޅާލާފައެވެ. މިމަޝްރޫޢުގެ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ސަރުކާރުން ފޯރުކޮށްދެމުންދާ 200 އެއްހާ ޚިދުމަތް ވިއުގައާއި ގުޅާލެވިފައިވާއިރު ސަރުކާރުގެ 14 އިދާރާއެއް މިހާރު މިވިއުގައިގެ ތެރެއަށް ގެނެވިފައިވާކަމަށެވެ.
ވަޒީރު ވިދާޅުވީ މޯލްޑިވްސް 2.0ގެ މަސައްކަތުގެ ތެރެއިން އެކި އިދާރާތަކުން ދެމުންދާ ޚިދުމަތްތައް ގުޅާލެވުމުން އެއްކަމެއްގައި އާންމުން އެކި އިދާރާތަކަށް އެކިފަހަރު ގޮސް ޚިދުމަތް ހޯދަންޖެހޭގޮތަށް މިހާރު ބައްޓަންވެފައި އޮތް ނިޒާމު ބަދަލުވެގެންދާނެކަމަށެވެ. މިއާއެކު އެންމެ “ކްލިކަކުން” އެމީހަކު ހޯދުމަށް މަސައްކަތްކުރާ ޚިދުމަތަކަށް ވާސިލުވުމުގެ ފުރުސަތު އޮންނާނެކަމަށް ވިދާޅުވިއެވެ.

“އަންނަ އަހަރު ތަންފީޒުކުރެވޭނެ ކަންކަމަށް ބަލާއިރު، ރާއްޖޭގެ ޑޭޓާ އެކްސްޗޭންޖް ލޭޔަރ މިހާރު ހުރީ އެކި އިދާރާތަކުގެ ވަރަށް ވަކިން. އެހުރިހާ ސިސްޓަމްތަކެއް އެއްކޮށް ގުޅާލެވޭނެ.” ވަޒީރު ވިދާޅުވިއެވެ. ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ވިދާޅުވީ، މިނިޒާމަށް ގެނެވޭ ބަދަލުތަކާއެކު މިހާރު އެކި އިދާރާތަކުން ޚިދުމަތް އަވަސްކުރަން މީހުންނަށް ގުޅުން ފަދަ ކަންކަމުގެ އިތުރުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެއްވެސް މުޢާމަލާތެއް ނުހިންގޭނެކަމަށެވެ. އެގޮތުން އެއްވެސް ފަރާތަކަށް ކިޔުގައި ޖެހިގެން ޚިދުމަތް ހޯދަންޖެހޭ ތަންތަނުގެ ކިޔުއާ ޚިލާފުވެ ޚިދުމަތްތައް އަވަސްކުރުމުގެ ސަގާފަތު އުވިގެންދާނެކަމަށް ވިދާޅުވިއެވެ.
“ރާއްޖޭގައި މިހާރު މިއޮންނަ ގޮތަކީ ކަމެއް ބޭނުންވީމަ އެތަނެއްގައި ހުންނަ ރައްޓެއްސަކަށް ގުޅާލާފައި މިބުނަނީ އެކަމެއް އަވަސްކޮށްދޭށޭ. އެނިޒާމު ބަދަލުވާނެ، އެގޮތަށް ކަންކުރާނަމަ ނިސްޓަމުން ފްލެގްކުރާނެ މައްސަލައެއް އުޅޭކަން.” ވަޒީރު ވިދާޅުވިއެވެ. އެކި މަރުޙަލާތަކަށް ބަހާލައިގެން ކުރިއަށްގެންދާ ޑިޖިޓަލައިޒޭޝަން މަޝްރޫޢުއާއެކު ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރުތައް ބަންދުވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. ހަމައެއާއެކު ރާއްޖޭގައި މަޢުލޫމާތު ރައްކާކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދިޔުމާއި ސައިބަރ ސެކިއުރިޓީގެ ދާއިރާ ވަރުގަދަވެގެންދާނެކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.
މި މަޝްރޫޢުން ތަންފީޒުކުރެވޭ އިސްލާހީ މަސައްކަތްތަކާއެކު ފިޒިކަލް އަދި ޑިޖިޓަލް ކިއުތަކުގެ ބަދަލުގައި މަދު ކްލިކްތަކަކުން ޚިދުމަތް ލިބޭނެގޮތަށް ޚިދުމަތްތައް ފަރުމާކުރެވިގެންދާއިރު، ހިންގުމުގައި އަދި ޚިދުމަތް ހޯދުމުގައި ވަކިވެފައިވާ ރަށްތަކެއްގެ ވިސްނުމާއި ޚިދުމަތް ދިނުމަށް ވަކި ވަކި ނިޒާމުތެއް ގެންގުޅޭކަމުގެ އިހުސާސްގެ ބަދަލުގައި، ގުޅިފައިވާ ވިއުގައަކުން ޚިދުމަތް ލިބޭ ޤައުމެއް ގޮތަށް ރައްޔިތުންގެ އިހްސާސްތަކާއި ތަޖްރިބާ ބަދަލުކުރެވޭނެކަމަށް ސަރުކާރުން ހާމަކުރައްވައެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
