
ޤައުމުގެ ހުރިހާ ފަންތިއެއްގައިވެސް، ނިންމުންތައް ނިންމާ މަޤާމުތަކުގައި ޒުވާނުންގެ ބައިވެރިވުން އޮތުމަކީ ދެމެހެއްޓެނިވި އަދި މާނަވީ ތަރައްޤީއަށް މަގުފަހިވާނެކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޒުވާނުންގެ ކުރިއެރުމަށް މުހިއްމު ގިނަ ކަންތައްތަކެއް ސަރުކާރުން ކުރައްވަމުންދާކަމަށެވެ. “ޔޫތު ކޮފީ ވިތް ޕްރެޒިޑެންޓް”ގައި ޒުވާނުން ހުށައެޅި ބައެއް ކަންކަމާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ޤައުމުގެ ކަންކަން ނިންމުމަށް ޒުވާނުންގެ ބަސް ވަރަށް މުހިއްމުކަމަށެވެ. އެހެންނަމަވެސް މީގެކުރިން ރާއްޖޭގައި ކަންވެފައިއޮތީ ޒުވާނުންނަށް ބޮޑެތި ފުރުސަތުތަކެއް ފަހިވާގޮތަށް ނޫންކަމަށާއި، ނަމަވެސް މިސަރުކާރުން މަސައްކަތްކުރާނީ އެކަން ބަދަލުކުރުމަށްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޮންމެ ފަންތިއެއްގައި ނިންމުންތައް ނިންމުމުގައި ޒުވާނުންގެ ބައިވެރިވުން ހިމެނުމަކީ ނުވަތަ އެކަމުގެ ފުރުސަތު އޮތުމަކީ ދެމެހެއްޓެނިވި އަދި މާނަވީގޮތެއްގައި ތަރައްޤީއަށް ވާޞިލުވުމަށް މުހިއްމުކަމެއްކަމަށެވެ. “ޔޫތް ޕާލިމަންޓްގެ ކޮންސެޕްޓް ވަރަށް ބިނާކުރަނިވިކަމެއް، ކޮންމެ އަތޮޅަކުން އެކިދާއިރާތަކުން ޒުވާނުންނަށް ބައިވެރިވުމުގެ ފުރުސަތު އޮންނަންވާނެ. އަޅުގަނޑު ބަލާނަން ތިކަން ކުރެވޭނެ ގޮތްތައް، ސީރިއަސްކޮށް ވިސްނާނެކަމެއް.” ރައީސް ވިދާޅުވިއެވެ. ޒުވާނުންގެ ކޮންފަރެންސަށްފަހު ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ޕްރެޒެންޓޭޝަންތަކާއެކު ޒުވާނުންވަނީ ހުށައެޅުންތައް ހުށައަޅާފައެވެ. “ޔޫތް ކޮންފަރެންސް ވިތް ޕްރެޒިޑެންޓް”ގައި ރައީސްވަނީ ޒުވާނުން ހުށައަޅާފައިވާ މުހިއްމު ގިނަ ކަންކަމަށް ހައްލު ގެނެސްދެއްވުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
