
އިބްނު ޢަޠިއްޔާ (ނޔވ 542) އެކަލޭގެފާނުގެ ތަފްސީރުގައި ވިދާޅުވިއެވެ: ފާފަވެރިޔާ ކުރާނެ ދުޢާއަކާއި ބެހޭގޮތުން ސަލަފުންގެ ބައެއް ބޭކަލުންނާއި ސުވާލު ދެންނެވުނެވެ. ފަހެ ޖަވާބުގައި އެ ބޭކަލުން ވިދާޅުވިއެވެ. އެ މީހުން ކިޔާނީ އެ މީހުންގެ ބައްޕާފުޅު އާދަމް އަދި މަންމާފުޅު ޙައްވާ [عليهما السلام] ވިދާޅުވި ދުޢާއެވެ.
﴿رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ﴾ [سورة الأعراف 23]
މާނައީ: “އަޅަމެންގެ ވެރި ރައްބެވެ! އަޅަމެންގެ އަމިއްލަ ނަފުސުތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމެވެ. އަދި އަޅަމެންނަށް އިބަ އިލާހު ފާފަ ނުފުއްސަވައިފި ނަމަ، އަދި ރަޙުމަތް ނުލައްވައިފި ނަމަ، އަޅަމެން ވާހުށީ، ގެއްލެނިވެގެން ވާ މީހުންގެ ތެރެއިންނެވެ!”
އަދި މޫސާ [عليه السلام] ވިދާޅުވި ދުޢާއެވެ.
﴿رَبِّ إِنِّي ظَلَمْتُ نَفْسِي فَاغْفِرْ لِي﴾ [سورة القصص 16]
މާނައީ: “އަޅުގެ ރައްބެވެ! ހަމަކަށަވަރުން މި އަޅާ މި އަޅާގެ އަމިއްލަ ނަފުސަށް އަނިޔާވެރި ވެއްޖައީމެވެ. ފަހެ މި އަޅާއަށް ފާފަފުއްސަވާނދޭވެ!”
އަދި ޔޫނުސް [عليه السلام] ވިދާޅުވި ދުޢާއެވެ.
﴿لَّا إِلَـٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ﴾ [سورة الأنبياء 87]
މާނައީ: “އިބަ އިލާހު މެނުވީ އަޅުކަންވެވުން ޙައްޤު އެހެން އެއްވެސް އިލާހަކު ނުވެއެވެ. އިބަ އިލާހު ހުސްޠާހިރުވަންތައެވެ. ހަމަކަށަވަރުން މި އަޅާ މި ވަނީ އަނިޔާވެރިންގެ ތެރެއިންނެވެ.”
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
