
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ޑިސެމްބަރު 1 ގައި ފެށި އެފްއޭއެމް ވިމެންސް ލީގު 2025 އަކީ 10 އަހަރަށްފަހު އަންހެން ފުޓުބޯޅައަށް ލިބުނު ފުރުސަތެކެވެ. މިއީ އަތޮޅުތަކުގައި ފުޓުބޯޅަ ކުޅުމުގެ ޝައުގު ހުރި އަންހެން ކުޅުންތެރިންނަށް އުންމީދެއް ގެނެސްދިން މުބާރާތެކެވެ. ލީގުގައި ވާދަކުރި ކުލަބުތަކާއި ކުޅުންތެރިންގެ އުންމީދަކީ އަންނަ އަހަރު މި ލީގު މާބޮޑަށް، މާލެއިން ބޭރުގައިވެސް މެޗުތައް ކުޅެގެން ބޭއްވުމެވެ. ‘ޕީއެސްއެމް ނިއުސް’ އާއި ވާހަކަ ދެއްކި ބައެއް އަތޮޅު ކުޅުންތެރިން ބުނީ އަތޮޅުތަކުގައި ފުޓުބޯޅައިގެ ފުރުސަތު މަދުކަމަށާއި، މި ލީގަކީ ގައުމީ ޓީމަށް ކުޅުމުގެ އުންމީދުގައި ތިބި ކުޅުންތެރިންނަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ.
މިގޮތުން، މާޒިޔާއަށް ކުޅޭ އދ. އޮމަދޫގެ ފާތިމަތު އިނާޔާ ބުނީ ގައުމު ތަމްސީލުކުރުމުގެ އުންމީދުގައި މި ފުރުސަތުގެ ބޭނުން ހިފަނީ ކަމަށެވެ. ބ. ކިހާދޫގެ ފާތިމަތު ނިހާމާ ބުނީ އަންހެން ފުޓުބޯޅަ ފެށުމަކީ ފުރުސަތެއް ނުލިބި ތިބި ކުޅުންތެރިންނަށް ލިބުނު މުހިންމު ފުރުސަތެއް ކަމަށާއި، އޭނާވެސް ގައުމީ ސްކޮޑުން ޖާގަ ހޯދަން މަސައްކަތްކުރާނެ ކަމަށެވެ. އަދި އަތޮޅުތެރޭގައި ޚާއްސަ މުބާރާތްތައް ބޭއްވުމަށް އެފްއޭއެމްއަށް އެދިފައިވެއެވެ. މާޒިޔާގެ ކޯޗުވެސް އުންމީދުކުރަނީ ގައުމީ ޓީމަށް ކުޅުންތެރިން އުފެއްދުމަށާއި، ލީގު އިތުރަށް ފުޅާކުރުމަށެވެ. ރާއްޖޭގެ އަންހެން ފުޓުބޯޅަ ކުރިއަށް ގެންދެވޭނެކަމަށް އޭނާ ގަބޫލުކުރެއެވެ.
މި ލީގުގައި ޖުމްލަ 6 ޓީމު ބައިވެރިވިއެވެ. އެއީ ޓީސީ، ވިކްޓްރީ، އޮޑި، ނިއުރޭޑިއަންޓް، މާޒިޔާ އަދި ބިސްބުރުއެވެ. މުބާރާތް ނިންމާލިއިރު، އެންމެ ގިނަ ޕޮއިންޓް ހޯދައި، ފޯރިގަދަ މެޗަކަށްފަހު އޮޑި ސްޕޯޓްސް ކުލަބު 2-0 އިން ބަލިކޮށް ލީގު ކާމިޔާބުކުރީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުންނެވެ. އެފްއޭއެމްގެ އުންމީދަކީ ކުރިޔަށް އޮތް އަހަރުތަކުގައި ޓީމުތަކުގެ އަދަދު އިތުރުކޮށް އަތޮޅުތެރެއިންވެސް ކުޅުންތެރިން ބައިވެރިކޮށްގެން އަންހެން ފުޓުބޯޅަ ލީގު ބޭއްވުމެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށްފަހު އަންހެން ފުޓުބޯޅައަށް އެހީވުމަށް ނިންމާފައިވާއިރު، އަތޮޅު މުބާރާތާއި އަންހެން ލީގަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މިހާރު ދުނިޔޭގެ އަންހެން ރޭންކިންގައި ރާއްޖެ އޮތީ 165 ވަނައިގައެވެ. ސަރަހައްދީ ޓީމުތައް ކުރިއަރަމުންދާ ދަނޑިވަޅެއްގައި މިފަދަ ފެށުމަކީ ރާއްޖޭގެ އަންހެން ފުޓުބޯޅައަށް އިތުރު ކުރިއެރުންތަކަށް މަގުފަހިކޮށްދޭނެ ކަމެއް ކަމަށް ކުޅުންތެރިން ގަބޫލުކުރެއެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
