
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރައީސްގެ ވައުދުފުޅާ އެއްގޮތަށް ދެ ޖިންސު ހަހަމަކޮށް ކުޅިވަރު ކުރިއެރުވުމަށްޓަކައި ކުރެވޭ މަސައްކަތުގެ ނަތީޖާ މިހާރު ފެންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ. އެފްއޭއެމް ވިމެންސް ލީގު 2025 ނިންމުމުގެ ރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ނައިބު ރައީސް ވިދާޅުވީ ކުޅިވަރުގައި ދެ ޖިންސު ހަމަހަމަކޮށް ގެންދިއުމަށްޓަކައި ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންނެވި ކަމަށެވެ. އަދި އެމަގަށް ކުޅިވަރުގެ ކަންކަން ބައްޓަން ކޮށްގެން ކުރިޔަށްދާކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ ފުޓުބޯޅައާއި އެހެނިހެން ކުޅިވަރުތަކުގައިވެސް ކުރިއެރުންތައް ފެންނަމުންދާކަމަށެވެ. އެގޮތުން މިހާރު ރާއްޖޭގައި ކުރިޔަށްދާ ކާވާ ވޮލީ މުބާރާތަށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވިދާޅުވީ މިހާރު ފެންނަނީ ރާއްޖޭގައި ކުޅިވަރުގެ ރޫހު އާލާވެގެން އަންނަ މަންޒަރުކަމަށެވެ.
އެގޮތުން ކާވާ ވޮލީ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޤައުމީ އަންހެން ޓީމުން ދަނީ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކުރަމުންކަމަށް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. “މިހާރު އެބަދޭ ވަރަށް ވަރުގަދަ ވޮލީ މުބާރާތެއްވެސް ކާވާ ކަޕް. ގައުމީ އަންހެން ޓީމުވެސް އެ ގެންދަނީ ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރަމުން” ނައިބު ރައީސް ވިދާޅުވިއެވެ. ސަރުކާރާއި އެސޯސިއޭޝަންތައް ގުޅިގެން އަންހެން ކުޅުންތެރިން ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ނަތީޖާ ފެންނާނެ ކަމަށް ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ ނިމިގެން މިދިޔަ ވިމެންސް ލީގަކީ އެފްއޭއެމްގެ އައު ލީޑަރޝިޕާއެކީ ސަރުކާރާއި އެފްއޭއެމް ގުޅިގެން ވަރަށް ބުރަ މަސައްކަތްކޮށްގެން ޙާސިލުކުރެވުނު ކާމިޔާބީއެއް ކަމަށެވެ.
“ފުޓުބޯޅައިގައި މިހާ ހިސާބަށް އާދެވުނީ އެފްއޭއެމާއި ގުޅިގެން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން. މިކަމުގެ ކާމިޔާބީތައް ފެންނަން މިއޮތީ. ނިމިގެން މިދިޔައީ މިހާތަނަށް ނުދެވޭވަރުގެ ކާމިޔާބު ލީގެއް އަންހެން ބޭފުޅުންނަށް ހާއްސަކުރެވިގެން މިދިޔައީ” ނައިބު ރައީސް ވިދާޅުވިއެވެ. ކުރިޔަށް އޮތްތަނުގައިވެސް މި މުބާރާތް އިތުރަށް ފުރިހަމަވާނެ ކަމުގައި އެފްއޭއެމްގެ ރައީސް ވިދާޅުވެފައިވާ ކަމަށާއި އުންމީދަކީ ގައުމީ ފެންވަރެއްގައި މިފަދަ މުބާރާތްތައް އަތޮޅުތެރެއިންވެސް ފެނުން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އެފްއޭއެމް ވިމެންސް ލީގު 2025ގެ ޝީލްޑް އުފުލާލީ ލީގުގެ ފަހު މެޗުގައި 2-0 ގެ ނަތީޖާއަކުން އޮޑި ސްޕޯޓްސް ކުލަބު ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުންނެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
