
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އަންނަ އަހަރުން ފެށިގެން އަހަރީ ފީތަކާއި ޖޫރިމަނާ ހުއްޓަސް އުޅަނދުގެ ރަޖިސްޓްރީ ބާތިލް ކުރެވޭގޮތް ދަތުރުފަތުރާ މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ހަދައިފިއެވެ. އެ ވުޒާރާއިން ވަނީ ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދުގެ ރަޖިސްޓްރޭޝަން މަރުހަލާގައި ބޭނުންވާ ގަރާޖު ހުއްދައާ ގުޅޭގޮތުންނާއި ބައުވެ ހަލާކުވެ ނުވަތަ ނައްތާލަން ބޭނުންވާ އެއްގަމު އުޅަނދުގެ ރަޖިސްޓަރީ ބާތިލް ކުރުމާ ގުޅޭގޮތުން އަންނަ އަހަރުން ފެށިގެން އަމަލުކުރާނެ ގޮތްތައް އިއުލާންކުރައްވާފައެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ކުރި އިއުލާނުގައި ވިދާޅުވީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތައް ބައުވެ ހަލާކުވެ، ނައްތާލަން ބޭނުންވާ ޙާލަތްތަކުގައި، އުޅަނދުގެ ރަޖިސްޓްރީ ބާޠިލްކުރުމާއި އުޅަނދު ނައްތާލުމުގައި ރައްޔިތުންނަށް ދަތިތަކާ ދިމާވާ ކަމަށެވެ. އެ ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން، އުޅަނދާ ގުޅިގެން އަރާފައިވާ އަހަރީފީތަކާއި ޖޫރިމަނާ ހުރި ނަމަވެސް، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1ވަނަ ދުވަހުން ފެށިގެން އުޅަނދުގެ ރަޖިސްޓްރީ ބާޠިލްކުރެވޭ ގޮތަށް މިހާރު ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. އެ ވުޒާރާއިން ވިދާޅުވީ މިގޮތަށް ނިންމިނަމަވެސް، އުޅަނދުގެ ރަޖިސްޓްރީ ބާޠިލްކުރުމާ ހަމައަށް ނުދައްކާހުރި އަހަރީ ފީ އާއި ޖޫރިމަނާއަކީ، އުޅަނދުގެ ވެރިފަރާތުން ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ގޮތުގައި ދެމެހެއްޓޭނެ ކަމަށެވެ.
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދުގެ ރަޖިސްޓްރޭޝަން މަރުހަލާގައި ބޭނުންވާ ގަރާޖު ހުއްދަ ނެގުމުގައިވެސް ރައްޔިތުންނަށް ދަތިތައް ހުރިކަން ފާހަގަކުރައްވައި ދަތުރުފަތުރާބެހޭ ވުޒާރާއިން ވިދާޅުވީ އެ ދަތިތަކަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަަ ދުވަހުން ފެށިގެން ބަދަލުތަކެއް ގެނައުމަށް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން، 2009ވަނަ އަހަރު ގަރާޖު ލާޒިމްކުރުމުގެ ކުރިން ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކާއި، ގަރާޖު ލާޒިމްކުރި ފަހުންވެސް ސައްޙަ ގަރާޖަކާ ނުލައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ ވެރިފަރާތް ބަދަލުކުރުމުގައި، އިތުރު ގަރާޖު ލިޔުމަކާނުލައި އެ އުޅަނދު މިހާރު ރަޖިސްޓްރީކޮށްފައިވާ ޒޯނުގެ ތެރޭގައި ވެރިފަރާތް ބަދަލު ކުރުމުގެ ހުއްދަ ދެވޭނެ ކަމަށާއި ސައްޙަ ގަރާޖަކާއެކު ރަޖިސްޓްރީކޮށްފައިވާ އުޅަނދެއްނަމަ އެ އުޅަނދު ރަޖިސްޓްރީކޮށްފައިވާ ގަރާޖުގައި އުޅަނދު ބޭއްވުމާމެދު ގަރާޖުގެ ވެރިފަރާތުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުމާއެކު އެ އުޅަނދުގެ ވެރިފަރާތް ބަދަލުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދުގެ ރަޖިސްޓްރޭޝަން މަރުހަލާގައި މިހާރު މާލެ ސިޓީ ކައުންސިލް އަދި އެޗްޑީސީ އިން ދޫކުރަމުންދާ އުޅަނދު ގަރާޖުކުރުމުގެ ހުއްދަ، އުޅަނދު ރަޖިސްޓްރީ ކުރުމުގައި ބޭނުން ނުވާނެކަމަށްވެސް ދަތުރުފަތުރާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މި ނިންމާއެކު ރަޖިސްޓްރީ ކުރުމަށްޓަކައި ހުށަހަޅަންޖެހޭނީ އުޅަނދު ބޭއްވުމަށް ބޭނުންކުރާ ތަނަކީ ގަރާޖެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ތަނެއްކަން އަންގައިދޭ ލިޔުމާއި ގަރާޖުގައި އުޅަނދު ބޭއްވުމާމެދު ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން އެކަނި ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ސީ-ޓު-އެއަރ ކާގޯ: މިދިޔަ މަހު 7 ޤައުމަކަށް 162 ޓަނުގެ މުދާ
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިދިޔަ މޭ މަހު ރާއްޖޭގެ ސީ-ޓު-އެއަރ ކާގޯ ޚިދުމަތް މެދުވެރިކޮށް 5 އެއާލައިނެއްގައި 7 ޤައުމަކަށް 162 ޓަނުގެ މުދާ...
މިފްކޯއަށް މިއަދު މަސް ގަންނަނީ 20ރ. އަށް
(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާބެހޭ ވުޒާރާ) މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ދަށްވުމާ ގުޅިގެން މަހުގެ ޑިމާންޑް އިތުރުވެ، މިފްކޯއިން މަސް ގަންނަ އަގު ކިލޯއަކަށް 20...
އޮސްޓްރޭލިއާ ފަތުރުވެރިންގެ އަދަދު މައްޗަށް
އޮސްޓްރޭލިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު %16 އިތުރުވެ، އެ ގައުމު މިހާރު ވަނީ ރާއްޖޭގެ މާކެޓުގެ 9 ވަނައަށް...
މިފްކޯގެ ސީއީއޯ ގދ.ތިނަދޫ މަސްވެރިންނާ ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސް ތިނަދޫ ސިޓީގެ މަސްވެރިންނާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައިފިއެވެ. މި ޒިޔާރަތަކީ މިފްކޯގެ މަރުކަޒުތަކުގެ...
“ކަނޑުތަކުގެ ދިރާސާކޮށް ދެމެހެއްޓެނެވި ގޮތެއްގައި އިޤްތިޞާދު ސިންދަފާތުކުރަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާއިބެހޭ ވުޒާރާ) މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދުގެ މައިނާރެހަކީ ކަނޑުތައް ކަމަށްވީނަމަވެސް، މޫސުމަށް...
މާލީ ވަޒީރަކަށް ޙަސަން ޒަރީރު ޢައްޔަންކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބޭހޭ ވަޒީރުގެ މަޤާމަށް ޙަސަން ޒަރީރު މިއަދު...
