
(ފޮޓޯ ކްރެޑިޓްސް: ޕޮލިސް)
ވައްކަން ކުރުމުގައި މާލެ ސަރަހައްދުގައި ތަކުރާރުކޮށް ކުށްކުރާ 1000 އެއްހާ މީހުން އުޅޭކަމަށް ލަފާކުރެވޭ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. މާލެ ފުލުހުންގެ ޚިދުމަތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ރަޝީދު ވިދާޅުވީ، މިއަހަރުގެ ތެރޭގައި 3،449 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު މީގެ ތެރޭގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް ގިނަ ކަމަށެވެ. އެގޮތުން، ވައްކަމާއި ފޭރުމުގެ 1،425 މައްސަލަ ހުށަހަޅާފައިވާއިރު މީގެ ތެރޭގައި ގިނައީ ވައްކަމުގެ މައްސަލަތައް ކަމަށާއި އޭގެ ތެރޭގައިވެސް ސައިކަލުތައް ވަގަށް ނެގުން ގިނަ ކަމަށް ވިދާޅުވިއެވެ.
ޢަބްދުﷲ ރަޝީދު ވިދާޅުވީ މިއަހަރުގެ ތެރޭގައި 967 ސައިކަލެއް ވަގަށް ނެގި ކަމަށް ރިޕޯޓްކޮށްފައިވާއިރު 865 ސައިކަލު ހޯދައި، އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި މިއަހަރުގެ ތެރޭގައި ހުށަހެޅި މައްސަލަތަކުގައި 50،483،610 ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ވައްކަން ކުރުމުގައި ތަކުރާރުކޮށް ކުށްކުރާ 1000 އެއްހާ މީހުން ފާހަގަކުރެވިފައިވާ ކަމަށްވެސް ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ. މީގެ ތެރޭގައި 128 ފަހަރު ހައްޔަރުކޮށްފައިވާ މީހުންވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ. އަދި މި މައްސަލަ ހައްލުކުރުމަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
“ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީީހާއި ކްރިމިނަލް ކޯޓާއި އަދި އަޅުގަނޑުމެންނާ ގުޅިގެން މިދިޔަ މަހުން ފެށިގެން މިއުޅެނީ ފަށައިގެން ރިޕީޓް އޮފެންޑާސްތަކުގެ ތެރެއިން އެންމެ ގިނައިން ކުށްތަކުގައި އުޅޭ ފަރާތްތަކުގެ ލިސްޓެއް ނަގައިގެން، އަޅުގަނޑުމެން ތިން ފަރާތް އިށީނދެގެން މީގެ ތެރެއިން މުޖުތަމައުން އެކަހެރިކުރުމަށް ހުކުމް ކުރަންޖެހޭ މީހުންނަށް ވީހާވެސް އަވަހަށް ހުކުމް ކުރުމަށް މަސައްކަތް ފަށައިގެން މިއުޅެނީ. މީގެ ނަތީޖާ ހައެއްކަ މަހުން ފެންނާނެ.” ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
ތަކުރާރުކޮށް ވައްކަން ކުރުމުގައި ހަރަކާތްތެެރިވާ މީހުންގެ ތެރޭގައި ގިނައީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ފުލުހުން މައުލޫމާތު ދެއްވާގޮތުގައި މިއަހަރުގެ ތެރޭގައި ވައްކަމާއި ފޭރުމުގެ 2،288 މައްސަލައެއް ބަލައި، 2،542 މައްސަލައެއްގެ މަސައްކަތް ވަނީ ނިންމާފައެވެ. އަދި 107 މައްސަލައެއްގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
