
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ވަގުތީ ޗެއަރޕާސަންގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަފޫރު މޫސާ އިންތިޚާބު ކޮށްފިއެވެ. އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށްޓަކައި ރޭ ބޭއްވި ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި 66 މެންބަރުން ބައިވެރިވެފައިވެއެވެ. ޣަފޫރު ވަގުތީ ޗެއަރޕާސަންގެ އެމަޤާމަށް އިންތިޚާބު ކުރުމަށް 65 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމު ހުސްވީ އެމަޤާމު ފުރުއްވަމުންދިޔަ ފައްޔާޞް އިސްމާއިލް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ފައްޔާޞް އިސްތިއުފާ ދެއްވާފައިވަނީ ޕާޓީ ތެރޭގައި އޮތް ޚިޔާލު ތަފާތުުންތަކާއި ގުޅިގެންގެން އެކަންކަން ހައްލު ކުރުމަށް ކުރެއްވި މަސައްކަތަށް އެންމެ އެކަށީގެންވާ ކުރިއެރުން ތަކެއް ނުލިބުމުން ކަމަށް ވަނީ ވިދާޅުވެފައެވެ.
ފައްޔާޞް އިސްތިއުފާ ދެއްވިފަހުން ޕާޓީގެ ޗެއަރޕާސަނެއް ކަނޑައެޅުމަށް މީގެ ކުރިން ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވި ނަމަވެސް އެބައްދަލުވުމުގައި ހިޔާލު ތަފާތުވުން ބޮޑުވެ ޗެއަރޕާސަނަކު ކަނޑައެޅިފައި ނުވެއެވެ. ރޭ ބޭއްވި އެމްޑީޕީ ޤައުމީ މަޖިލީހުގެ ބައްދަވުމުގައި ޣަފޫރު ވަނީ އޭނާއަށް އިތުރުބާރު ކުރައްވައި އެމަޤާމަށް އިންތިޚާބު ކުރެއްވި ކަމަށްޓަކައި، ޝުކުރު އަދާކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
