
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިމަހުގެ 6 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް 2،059،962 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު %10.1 އިތުރު އަދަދެކެވެ. ފަތުރުވެރިންގެ ތެރެއިން 1.5 މިލިޔަނަށް ވުރެ ގިނަ މީހުން ނުވަތަ %73.6 ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. ގެސްޓްހައުސްތަކުގައި 4 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ތިބި އިރު، ހޮޓެލްތަކުގައި 53,000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ. ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ފަސް ޤައުމަކީ ޗައިނާ، ރަޝިއާ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް އަދި އިޓަލީވިލާތެވެ. މި ކޮންމެ ޤައުމަކުން ވެސް 1 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިހާރު ރާއްޖޭގައި 1313 ފަތުރުވެރިކަމުގެ ތަން ހިންގަމުންދާއިރު، އެތަންތަނުގައި 66,805 އެނދު އެބަހުއްޓެވެ.
ހުޅުމާލެ ތަރައްޤީކުރުމުގެ މަސައްކަތްތަކާ ބެހޭގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފައިވަނީ، އަންނަ އަހަރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ނުހަދާ ހުރި މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު ވިދާޅުވީ، ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ ޚިދުމަތްތައް އިތުރުކޮށް، އެ ސަރަހައްދު ޒީނަތްތެރިކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. މީގެ އިތުރުން، ހުއްޓިފައި ހުރި ބައެއް މަޝްރޫއުތައް ކޯޓު މަރުހަލާގައިވާތީ، އެކަންކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޒުހައިރު ވިދާޅުވިއެވެ. ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް މަގުތައް ތަރައްޤީކުރުމަށް މިމަހުގެ ތެރޭގައި ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ ވަނީ ހަވާލުކޮށްފައެވެ. މި މަސައްކަތުގެ ތެރޭގައި ފޭސް 1 ގައި ނުނިމި ހުރި 5 މަގު، އަދި ފޭސް 2 ގެ ވިނަރެސް ފްލެޓްތައް ކައިރިން އޮތް މަގު ހިމެނެއެވެ. ޖުމްލަ 1.1 ކިލޯމީޓަރުގެ މަގުތައް ތާރު އަޅައިގެން ތަރައްޤީކުރެވޭނެއެވެ. މީގެ އިތުރުން، މީގެ ކުރިން ހަދާފައިވާ މަގުތަކުގެ ތެރެއިން ހަލާކުވެފައިވާ ފިތުރޯނު މަގު ފަދަ މަގުތައް މަރާމާތުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ތެރެއިން ހިމެނެއެވެ. މި މަޝްރޫޢުގެ މަސައްކަތް 6 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައެވެ.
އަވަށްޓެރި ސްރީލަންކާއަށް ކުރިމަތިވި ކާރިސާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަހަލްދީބް ފައުންޑޭޝަނުން އެއްކުރި 3.8 ޓަނުގެ މުދާ މޯލްޑިވިއަންގެ ފްލައިޓްގައި ސްރީލަންކާއަށް ފޮނުވައިފިއެވެ. ތޫފާން ދިތުވާއިން ސްރީލަންކާއަށް ލިބުނު ގެއްލުމުން އަރައިގަނެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެންމެ ފުރަތަމަ އިސްނެގި ޤައުމަކީ ރާއްޖެއެވެ. “ސިލޯނާއެކު ދިވެހީން” ގެ ނަމުގައި ޕަބްލިކް ސަރވިސް މީޑިއާއިން އިސްނަގައިގެން ކުރިއަށްގެންދިޔަ ޚާއްސަ ޓެލެތޯނަކުން ޖުމުލަ 834,843.98 ޑޮލަރު ލިބިފައިވާއިރު، މި ފައިސާ މިހާރު ވަނީ ސްރީލަންކާގެ ސަރުކާރަށް ހަވާލުކޮށްފައެވެ. ރާއްޖެއިން ދިން މި އެހީތެރިކަމަށް ސްރީލަންކާގެ ގިނަ ރައްޔިތުން ވަނީ ޝުކުރު އަދާކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
