
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާގެ ތަކެއްޗާއި ޚިދުމަތްތަކުން ނެގޭ ޖީއެސްޓީއާއި ބިން ވިއްކުމާއި ބަދަލު ކުރުމުގެ ފީގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވުމުގެ ސަބަބުން ދައުލަތުގެ މާލީ ހާލަތު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. މާލީ ވުޒާރާއިން އާންމުކުރެއްވި މިދިޔަ ހަފްތާގެ ‘ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން’ ދައްކާ ގޮތުގައި، މި އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހާ ހަމައަށް ދައުލަތަށް ޖުމްލަ 35 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.4 އިންސައްތައިގެ ކުރިއެރުމެކެވެ. ޓެކްސް އާމްދަނީ 26 ބިލިޔަން ރުފިޔާއަށް އިތުރުވެފައިވާއިރު، މީގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީއިންނެވެ. ޖީއެސްޓީގެ ގޮތުގައި 14.4 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ 12.4 އިންސައްތައިގެ އިތުރުވުމެކެވެ.
ޓެކްސް ނޫން އާމްދަނީވެސް 8.6 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، ބިން ވިއްކުމާއި ބަދަލު ކުރުމަށް ނެގޭ ފީ 27.7 އިންސައްތަ އިތުރުވެ، 558.3 މިލިޔަން ރުފިޔާއަށް ވަނީ އަރާފައެވެ. މީގެ އިތުރުން، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް (އެސްޑީއެފް) ޖަމާކުރި ފައިސާ 84.6 އިންސައްތަ އިތުރުވެ، 2.4 ބިލިޔަން ރުފިޔާއަށް އަރާފައިވުމަކީ، ދައުލަތުގެ ބޭރު ފައިސާގެ ލިކުއިޑިޓީ ވަރުގަދަވެ، މުސްތަޤްބަލުގައި ދަރަނި އަދާކުރުމުގެ ޤާބިލުކަން އިތުރުވެފައިވާކަން ދައްކުވައިދޭ ކަމެކެވެ. މިދިޔަ އަހަރާ އަޅާބަލާއިރު، ދައުލަތުގެ ޖުމްލަ ޑެފިސިޓް ވަނީ ބޮޑުތަނުން ކުޑަވެފައެވެ. ބަޖެޓުގެ ޖުމްލަ ބެލެންސް މިދިޔަ އަހަރުގެ 10.2 ބިލިޔަން ރުފިޔާގެ ޑެފިސިޓަކުން 1.4 ބިލިޔަން ރުފިޔާއަށް ތިރިވެފައިވާއިރު، ޕްރައިމަރީ ބެލެންސް ވަނީ 5.9 ބިލިޔަން ރުފިޔާގެ ޑެފިސިޓަކުން 2.8 ބިލިޔަން ރުފިޔާގެ ސަރޕްލަސްއަކަށް ބަދަލުވެފައެވެ. މިއީ، އާމްދަނީގެ ހާލަތު ވަރުގަދަވެ، ޚަރަދުތައް ކޮންޓްރޯލް ކުރެވުމުގެ ނަތީޖާއެއް ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.
މިދިޔަ ހަފްތާގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދުތައްވެސް ހުރީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށްކޮށެވެ؛ ޖުމްލަ ޚަރަދު 42.0 ބިލިޔަން ރުފިޔާއިން 36.4 ބިލިޔަން ރުފިޔާއަށް ދަށްވެފައިވުމަކީ 13.2 އިންސައްތައިގެ ދަށްވުމެކެވެ. މިކަންކަމުން ދައްކައިދެނީ، ސަރުކާރުން މާލީ ދާއިރާ ހަރުދަނާ ކުރުމާއި، މުސާރަ އަދި ޚިދުމަތުގެ އިސްލާޙުތަކާއި، ޤައުމީ ތަރައްޤީއަށް އިންވެސްޓް ކުރުމުގެ މަޤްޞަދުތައް ކާމިޔާބުކަމާއެކު ހާސިލުކުރަމުން އަންނަ ކަމެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
