
ދިވެހިރާއްޖޭގެ ފުރަތަމަ 100 މެގަވޮޓްގެ ފްލޯޓިންގ-ސޯލާ މަޝްރޫޢު ކަމަށްވާ “ޕްރޮޖެކްޓް ސޯލާ ސިޓީ”ގެ މަސައްކަތްތައް ރަސްމީކޮށް ފަށައިފިއެވެ. މިއީ، ރާއްޖޭގެ ފުރަތަމަ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު (އެސްއީޒެޑް) ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދާ ހާއްސަ މަސައްކަތެކެވެ. އަވިން 100 މެގަވޮޓުގެ ކަރަންޓު އުފައްދައި ނޭޝަނަލް ގްރިޑަށް ފޯރުކޮށްދިނުމަށް މާލެ އަތޮޅުގެ ފަޅެއްގައި ޕްލޯޓިން ސޯލާ ޕްރޮޖެކްޓެއް ހިންގުމަށް ހަވާލުކޮށްފައިވަނީ، ކެނެޑާގެ އެބްރަކްސަސް ޕަަވަ ކޯޕަރޭޝަން ކުންފުންޏަށެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މިމަޝްރޫއު ހިންގުމުގެ ފުރަތަަމަ މަރުހަލާގެ ހުއްދަ އެ ކުންފުންޏަށް ދީފައިވަނީ، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އެ ޕްރޮޖެކްޓުގެ ޓެކްނިކަލް ޕާޓްނަރަކީ، ސަންގްރޯ ޕަވަ ސަޕްލައި ކޯއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަޝްރޫޢު ހިންގާ ރަށްތަކުގައި، މަސައްކަތް ފެށުމަށް ތަކެތި ގެނައުމާއި، ގޮނޑުދޮށް ޙިމާޔަތް ކުރުމާއި، ބިން ހިއްކުމުގެ މަސައްކަތް މިހާރު ރަސްމީކޮށް ފަށާފައިވާ ކަމަށެވެ. އަދި މި މަސައްކަތްތައް ފެށީ، މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ފެށުމުގެ ހުއްދަ ލިބުމާ ގުޅިގެން ކަމަށެވެ.

މިހާރު މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ފެށުމުގެ ސަބަބުން ފްލޯޓިންގ-ސޯލާ ޕްލެޓް ފޯމަށާއި، އެސްއީޒެޑްގެ އެހެނިހެން ބައިތަކަށް ބޭނުންވާ މުހިންމު އޮނިގަނޑުތައް ތައްޔާރު ކުރުމަށް މަގުފަހިވެގެންދާނެ ކަމަށާއި، މިއާއެކު ޕްރޮޖެކްޓް ސޯލާ ސިޓީ މަޝްރޫއު ރޭވުމުގެ މަރުޙަލާއިން، މަސައްކަތް ހިންގުމުގެ މަރުޙަލާއަށް ރަސްމީކޮށް ބަދަލުވެފައިވާ ކަމަށްވެސް އިޤްތިޞާދީ ވުޒާރާއިން ފާހަގަކުރެއްވިއެވެ. އިޤްތިޞާދީ ވުޒާރާއިން ވިދާޅުވީ، ހުޅުމާލެއާ ގާތްގަނޑަކަށް ހަތަރު ކިލޯމީޓަރު ބޭރުގައި ހިންގާ ޕްރޮޖެކްޓް ސޯލާ ސިޓީގެ ދަށުން، ކަނޑުއަޑިން އެޅޭ ކޭބަލެއް މެދުވެރިކޮށް ޤައުމީ ކަރަންޓު ވިއުގަޔާ ގުޅާލެވޭ ބޮޑު ފްލޯޓިންގ-ސޯލާ ޕްލެޓްފޯމެއް ބަހައްޓާނެ ކަމަށެެވެ. އަދި އަވިން ހަކަތަ އުފައްދާ ނިޒާމު ބެހެއްޓުމާއި، ބެޓެރި ސިސްޓަމް އަދި މި ނިޒާމު ރަށްތަކާ ގުޅާލުމަށް ބޭނުންވާ އިންޓަކަނެޝަން ވިއުގަ ޤާއިމުކުރާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
މީގެ އިތުރުން، މުޅިން އަލަށް އިތުރުކުރާ އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތެއްގެ ގޮތުގައި ތަރައްޤީކުރާ މި މަޝްރޫޢުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއިން ބޭރުން އިޤްތިޞާދު ތަފާތު ކުރުމަށް އެހީތެރިވެދީ، އެކި ބޭނުންތަކަށް ޚާއްޞަކޮށްފައިވާ އެސްއީޒެޑްއެއްގެ މައިގަނޑު އިންފްރާސްޓްރަކްޗަރގެ ގޮތުގައި މި މަޝްރޫޢު ވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން އިތުރުކޮށް އިއާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލްވުމަށްޓަކައި ކުރިއަށް ގެންދާ ޕްރޮޖެކްޓް ސޯލާ ސިޓީ ތަރައްޤީ ކުރުމަށް މަގުފަހިވާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ. އިޔާދަކުރަނިވި ހަކަތައިގެ ކޮމްޕޯނެންޓަށް ކުރާ 100 މިލިޔަން ޑޮލަރަށްވުރެ ބޮޑު އިންވެސްޓްމަންޓާއެކު، މި މަޝްރޫއުގެ ޖުމްލަ އިންވެސްޓްމަންޓަކީ 187 މިލިޔަން ޑޮލަރެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަޝްރޫޢުގެ މަސައްކަތް 2027 ވަނަ އަހަރަށް ނިންމާލެވޭނެ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ، 2028 ވަނަ އަހަރު ނިމެންވާއިރަށް ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ %33 އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމެވެ. މީގެ ސަބަބުން ކޮންމެ އަހަރަކު ތެލަށް ކުރާ ޚަރަދުން 42 މިލިއަން ޑޮލަރު ސަލާމަތްކުރެވޭނެ ކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
