
(ފޮޓޯ ކްރެޑިޓްސް: މޯލްޑިިވިއަން)
ދިވެހިރާއްޖޭގެ ގައުމީ އެއަރލައިން މޯލްޑިވިއަންއާއި، އެއަރ އިންޑިއާއާއި ދެމެދު ދަތުރުފަތުރުގެ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް އެއްބަސްވުމެއް ޤާއިމްކޮށްފިއެވެ. މިއީ، ސަރަޙައްދީ އަދި އެތެރޭގެ އުދުހުންތަކުގައި ފަސެންޖަރުންގެ ދަތުރުފަތުރުގެ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ޤާއިމްކުރި އެއްބަސްވުމެއް ކަމަށް މޯލްޑިވިއަނުން ވަނީ ވިދާޅުވެފައެވެ. މި އެއްބަސްވުމުގެ ދަށުން އެއަރ އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންނަށް، މޯލްޑިވިއަންއިން ރާއްޖޭގެ 16 ސަރަހައްދަކަށް ދަތުރުކުރާ ފްލައިޓްތަކުގައި ފަސޭހަކަމާއިއެކު ދަތުރުކުރެވޭނެ މަގު ފަހިވެގެންދާނެއެވެ. މީގެ އިތުރުން މި ބައިވެރިވުމުގެ ސަބަބުން މޯލްޑިވިއަންއިން އިންޑިއާއަށް ކުރާ ދަތުރުތަކުގައި ދިއްލީއާއި، މުމްބާއީ ފަދަ ސިޓީތަކުން އިތުރު ފަސެންޖަރުން ހޯދުމަށް މަގުފަހިވެގެންދާނެއެވެ.
މިކަމުގެ ސަބަބުން އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ދަތުރުކުރާ ފަސެންޖަރުންނަށް ވައިގެ ދަތުރުފަތުރުގެ ގުޅުންތަކާއި، ލިބޭ ފަސޭހަތައް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް މޯލްޑިވިއަނުން ވަނީ ވިދާޅުވެފައެވެ.
މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސް ވިދާޅުވީ، މި ބައިވެރިވުމަކީ ދިވެހިރާއްޖެއަށް ދަތުރުތައް ކުރުމަށް އިތުރަށް ފަސޭހަ ކުރުމަށާއި، މާލެ ފިޔަވައި އެހެން އަތޮޅުތަކަށް ދަތުރުކުރާ ފަސެންޖަރުންނަށް ގުޅުންތައް ފަހިކޮށްދިނުމަށް އެ ކުންފުނިން ކުރާ މަސައްކަތުގައި ލިބުނު ކުރިއެރުމެއް ކަމަށެވެ. މިއާއިއެކު ދެ ޤައުމުގެ ފަތުރުވެރިކަމާއި، ވިޔަފާރިއާއި، ދަތުރުފަތުރުގެ ދާއިރާއަށް ކުރިއެރުންތަކެއް ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެއަރ އިންޑިއާގެ ޗީފް ކޮމާޝަލް އޮފިސަރ ނިޕުން އަގަރަވާލް ވިދާޅުވީ، އިންޑިއާގެ ފަތުރުވެރިންނަށް ދިވެހިރާއްޖެއަކީ އަބަދުވެސް އެންމެ މަޤުބޫލު މަންޒިލް ކަމަށެވެ. އަދި މި އެއްބަސްވުމާއިއެކު އެއަރ އިންޑިއާގެ ފަސިންޖަރުންނަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރު ކުރުމުގެ ފުރުސަތު ލިބި، ފަސޭހަވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ބައިވެރިވުމާއިއެކު ދެ އެއަރލައިންގެވެސް ސަރަޙައްދީ އެއްބާރުލުން އިތުރުކުރެވި، ނެޓްވޯކް ގުޅުންތައް ހަރުދަނާވެ، ދަތުރުފަތުރުގެ ފަސޭހަތައް ލިބި ކަސްޓަމަރުންނަށް ލިބޭ ތަޖުރިބާ ރަނގަޅު ވެގެންދާނެ ކަމަށް މޯލްޑިވިއަނުން ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
