
(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީގެ އައު އޮފީސް އިމާރާތުގެ މަސައްކަތް އަންނަ މަހު ނިންމާލެވޭނެ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ނިޔާޒް ވިދާޅުވެއްޖެއެވެ. ނިޔާޒް ވިދާޅުވީ މި އިމާރާތުގެ މަސައްކަތް ނިންމުމުން ކުންފުނީގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ. މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކުންފުނީގެ އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް ފެށީ 2023 ވަނަ އަހަރުއެވެ. އެއަހަރު އެޗްޑީސީން ބިމެއް ގަނެ ޑިޒައިން މަސައްކަތްތައް ވަނީ ކޮށްފައެވެ. އަދި ޢަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރު ޖޫން މަހު ކަމަށް އެމްޓީޑީސީން ވިދާޅުވިއެވެ.
މިމަސައްކަތް ކުރިއަށްދާގޮތުގެ ތަފްސީލް ހިއްސާކުރައްވާ ޕީއެސްއެމްގެ ހަފުތާ 104 ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ނިޔާޒު ވިދާޅުވީ މަސައްކަތް ފެށިފަހު 17 މަހަށް ވުރެ ގިނަ ދުވަސްވީއިރު ބޮޑު ކުރިއެރުމެއް ހާސިލްކުރެވިފައިވާ ކަމަށެވެ. އަދި މިހާރު ލަފާކުރާ ގޮތުން އިމާރާތުގެ މަސައްކަތް އަންނަ ޖެނުއަރީ މަހަށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
“މިއަންނަ އަހަރު ޖެނުއަރީ މަސްތެރޭ އިމާރާތުގެ މަސައްކަތް އެއްކޮށް ނިމިގެންދާނެ. މިއިމާރާތަކީ ކުންފުންޏަށް ރެވެނިއު އިތުރުކުރުމަށް ލިބިގެންދާ ކުރިއެރުމެއް. މިހާރުވެސް އިމާރާތުގެ އެކި ފްލޯތަކަށް އެކި ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ. އަދި ކުއްޔަށް ދިނުމާ ގުޅޭ މަޝްވަރާތައްވެސް އެބަދޭ ކުރިއަށް. އެހެންވީމަ އެއީ ކުންފުންޏަށް އިތުރު މާލީ މަންފާ ލިބިގަތުމަށް އަޅުގަނޑުމެންނަށް ކުރެވުނު ވަރަށް މުހިންމު މަސައްކަތެއް.” ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ނިޔާޒް ވިދާޅުވިއެވެ.
MTDC’s new 11-storey office complex is on track for completion by January, with construction now progressing into its final stages. Once completed, the building will be rented out to generate long-term revenue through its rentable floors, marking a key step in strengthening our… pic.twitter.com/idBH8DP5ch
— Maldives Tourism Development Corporation PLC (@MtdcPlcTeam) December 3, 2025
އެމްޓީޑީސީން ވިދާޅުވީ އެކުންފުނީގެ އޮފީސް އިމާރާތަކީ އާންމުކޮށް ރާއްޖޭގައި މިހާރު ހަދާފައިވާ އޮފީސް އިމާރާތްތަކާއި ތަފާތު ޒަމާނީ ގިނަ ލުއިފަސޭހަތަކެއް ލިބޭ ގޮތަށް ތަރައްޤީ ކުރާ އިމާރާތެއް ކަމަށެވެ. މިގޮތުން 11 ފަންގިފިލާއަށް ތަރައްޤީކުރާ މި އިމާރާތުގައި ކޮންފަރެންސް ހޯލެއް ހުންނައިރު، ފުރަތަމަ ފަންގިފިލާގައި ބިޒްނަސް ލައުންޖެއް ހުންނާނެ ކަމަށެވެ. މި އިމާރާތުން ކުންފުނީގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ނިޔާޒު ވިދާޅުވެފައިވާއިރު އޭނާ ޤަބޫލުުކުރައްވާ ގޮތުގައި އެކުންފުންޏަށް ރިސޯޓެއްގެ ކުލީގެ ގޮތުގައި އަހަރެއްގެ ތެރޭގައި ޖެހޭ މިންވަރު މި އިމާރާތް ކުއްޔަށް ދީގެން ލިބޭނެއެވެ.
“މިހާރުވެސް ދެ ރިސޯޓެއް ހިންގަމުން މިދަނީ. ދެ ރިސޯޓުން އަހަރެއްގެ ތެރޭގައި ކުލި ލިބޭ މިންވަރަކަށް ބަލާ، އެއް ރަށުގެ ކުލި މި އޮފީސް އިމާރާތުން ލިބިގެންދާނެ. އެއީ ކުންފުންޏަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް.” ނިޔާޒު ވިދާޅުވިއެވެ. އެމްޓީޑީސީން ވަނީ ކުންފުނީގެ އައު އޮފީސް އިމާރާތް ނިމި މިހާރު ކުރިއަށް ގެންދާ މަޝްރޫޢުތައް ނިމުމާއެކު ކުންފުނީގެ އާމްދަނީ ބޮޑުތަނުން އިތުރުވެ ހިއްސާދާރުންނަށް ފައިދާވާނެ ގޮތަށް މަސައްކަތްތައް ބައްޓަން ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އެކުންފުނިން މިވަގުތު ކުރަމުންދާ އެންމެ ބޮޑު އެއް މަސައްކަތަކީ، ހދ. ނާގޯށި ތަރައްޤީ ކުރުމުގެ މަސައްކަތެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
