
(ފޮޓޯ ކްރެޑިޓްސް: މިހާރު)
ސްރީ ލަންކާ އަށް އެރި ތޫފާން ދީތުވާގެ ސަބަބުން ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެން، ދިވެހި ސަރުކާރުންނާއި ރައްޔިތުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެމުން އެބަދެއެވެ. ދިވެހި ސަރުކާރުން ވަނީ ސްރީ ލަންކާއަށް 50،000 ޑޮލަރު ހަދިޔާކޮށްފައެވެ. މި ފައިސާ، ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދު ވަނީ އެ ގައުމުގެ ފޮރިން މިނިސްޓަރާ އިއްޔެ ހަވާލުކޮށްދެއްވާފައެވެ. މީގެ އިތުރުން، 25،000 މަސްދަޅު ކޭސް (އެބަހީ 1.2 މިލިއަން މަސްދަޅު) ލަންކާއަށް ފޮނުވުމަށް އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ‘އެމްއެސްއެސް ގަލޭނާ’ ބޯޓު ރޭ ދަންވަރު މާލެއިން ފުރައިފިއެވެ. 2021 ވަނަ އަހަރު އެ ކުންފުނިން ގަތް ފުރަތަމަ އަމިއްލަ ބޯޓު ކަމަށްވާ ‘އެމްއެސްއެސް ގަލޭނާ’ ކޮލަމްބޯއަށް ދެވޭނެ ކަމަށް ލަފާކުރެވެނީ މާދަމާ ހެނދުނުއެވެ.
ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ލަންކާއަށް އެހީތެރިވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ރާއްޖޭގެ ގިނަ މީޑިއާތަކަކާ ގުޅިގެން ބޭއްވި ޓެލެތޯނަށް ލިބުނު 800،352 ޑޮލަރު (12.3 މިލިއަން ރުފިޔާ) ވެސް ވަނީ އިއްޔެ ރާއްޖޭގެ ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފައެވެ. އަދި ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުނިތަކުން ވެސް ލަންކާގެ އެމްބަސީ މެދުވެރިކޮށް ބޮޑެތި އަދަދުތަކުން ފައިސާ ދީފައިވާއިރު، އަމިއްލަ ފަރާތްތަކުން ވެސް އެހީ ފޯރުކޮށްދިނުމުގެ އިތުރު ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ.
ލަންކާ ސަރުކާރުން ބުނެފައިވަނީ މި ފަހަރުގެ ތޫފާނާއި ގަދަ ވިއްސާރައިގައި ލިބުނު ގެއްލުންތައް، 2004 ވަނަ އަހަރުގެ ސުނާމީއަށް ވުރެ ބޮޑު ކަމަށާއި، މި ތޫފާނުގައި 400 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
