
ރައްޔިތުންގެ މަޖިލީހުން މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް މިއަދު ވަނީ ބަދަލުތަކެއް ފާސްކޮށްފައެވެ. މި އިސްލާޙުތަކުގެ ދަށުން، އުމުރަށް ޖަލަށްލުމަކީ ކުރިން 25 އަހަރުގެ އަދަބެއް ކަމަށް އޮތް އޮތުން ބަދަލުކޮށް، އެ މީހަކު މަރުވަންދެން ޖަލުގައި ހުންނަން ޖެހޭނެ ގޮތަށް ހަދާފައިވެއެވެ. މި އަދަބު ލިބޭ މީހުންނަށް ޕެރޯލް ނުވަތަ މާފެއް ނުލިބޭނެއެވެ. މީގެ އިތުރުން، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭނެ ގޮތަށް ވެސް ޤާނޫނަށް ބަދަލު ގެނެސްފައިވެއެވެ. ނަމަވެސް މި އަދަބު ދެވެނީ ވަކި ޝަރުތުތަކެއް ފުރިހަމަވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަމަށް ވެސް ބިލުގައި ބުނެފައިވެއެވެ. ފަނޑިޔާރުން އިއްތިފާޤު ނުވާނަމަ ދެވޭނީ އުމުރަށް ޖަލަށްލުމުގެ އަދަބެވެ.
މަރުގެ އަދަބު ކަނޑައެޅޭނެ މިންވަރުތަކަކީ:
- 350 ގްރާމަށް ވުރެ ގިނަ ކެނެބިސް
- 250 ގްރާމަށް ވުރެ ގިނަ ޑައިމޯފިން
- ކެނެބިސް އަދި ޑައިމޯފިން ފިޔަވައި ޖަދުވަލު 1 ގައި ހިމެނޭ 100 ގްރާމަށް ވުރެ ގިނަ އެހެން މަސްތުވާތަކެތި.
މި އަދަބު ދެވޭނީ، އެ މީހަކު ރާއްޖެއަށް އެތެރެވިއިރު އެތެރެކުރި މަސްތުވާތަކެއްޗަކަށް ވާނަމައެވެ. މިފަދަ މައްސަލަތަކުގައި ހުކުމް ކަނޑައެޅިއްޖެނަމަ، މަތީ މަރުހަލާގެ ކޯޓުތަކުން ހުރިހާ ގާނޫނީ ނުކުތާތަކާއި ކަންހިނގާފައިވާ ގޮތް އަލުން ބަލަން ޖެހޭނެއެވެ. މަރުގެ އަދަބު ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުގެ ބެންޗުގެ އިއްތިފާގުން އެ ހުކުމަށް ތާއީދުކުރުމުންނެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
