
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
ތޫފާނު ދީތުވާގައި އެކި ގެތަކާއި މަގުތަކާއި އެކި އިންޑަސްޓްރީތަކަށް ވެފައިވާ ގެއްލުމުން އަރައިގަތުމަށް ހަތް ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް ސްރީ ލަންކާއިން މިއަދު ބުނެފި އެވެ. ތޫފާނުގައި ވެފައިވާ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ލަންކާއިން ކުރަމުން އަންނައިރު ތޫފާނުގެ ގަދަ ވިއްސާރާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 465 އަށް އަރައިފަ އެވެ. އަދި ގެއްލިފައިވާ 366 މީހުން ފެނިދާނެ ކަމުގެ އުންމީދު ދަނީ ފަނޑުވަމުންނެވެ. “އަޅުގަނޑުމެންގެ ފުރަތަމަ އަންދާޒާއަކީ އަލުން އިމާރާތް ކުރުމަށް ގާތްގަނޑަކަށް ހަ ބިލިއަން ޑޮލަރާއި ހަތް ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ބޭނުންވާނެ ކަމަށް،” އެސެންޝަލް ސާވިސަސްގެ ކޮމިޝަނާ ޖެނެރަލް ޕްރަބާތު ޗަންދުރަކީރްތީ ވިދާޅުވި އެވެ.
ޗަންދްރަކީރްތީ ވިދާޅުވީ ގެދޮރު ސާފުކުރުމަށް ކޮންމެ އާއިލާއަކަށް ސަރުކާރުން 25،000 ރުޕީސް (81 ޑޮލަރު) އަދި ގެދޮރު ގެއްލުނު މީހުންނަށް 2.5 މިލިއަން ރުޕީސް (8،100 ޑޮލަރު) ދޭނެ ކަމަށެވެ. މީގެ ތިން އަހަރު ކުރިން ލަންކާއަށް ކުރިމަތިވި ބޮޑު އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް މަސައްކަތްކުރަމުން ދަނިކޮށް ކުރިމަތިވި މި ގެއްލުންތަކާ ހެދި ބޭރުގެ އެހީ އިތުރަށް ބޭނުންވާ ކަމަށް ރައީސް އަނޫރާ ކުމާރާ ޑިސެނަޔަކަ ވިދާޅުވި އެވެ.

(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
ލަންކާގައި ވަނީ ތޫފާނާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރައްވައިފަ އެވެ. “އަޅުގަނޑުމެން އިގްތިސާދީ ކާރިސާއިން އަރައިގަންނަމުން ދަނިކޮށް މިއީ ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް،” ޑިސެނަޔަކަ ވިދާޅުވި އެވެ. ކާބޯތަކެއްޗާއި ތެލާއި ބޭސް ފަދަ ތަކެތި އިމްޕޯޓްކުރުމަށް ބޭނުންވާ ބޭރު ފައިސާ ހުސްވެ 2022 ވަނަ އަހަރުގެ އޭޕްރިލް މަހު ލަންކާއިން ވަނީ 46 ބިލިއަން ޑޮލަރުގެ ދަރަންޏާ އެކު ބަނގުރޫޓުވެފަ އެވެ. އެކަމުން ސަލާމަތްވުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ބެއިލް އައުޓް ހޯދައި 2.9 ބިލިއަން ޑޮލަރުގެ ލޯނަކާ އެކު އިގްތިސާދު ހަމަޔަކަށް އަޅުވަން ލަންކާއިން އަންނަނީ މަސައްކަތްކުރަމުންނެވެ.
ލަންކާގައި ބޮޑުވި ފެން ވެރިރަށް ކޮލަމްބޯގެ ވެސް ބައެއް ހިސާބުތަކަށް ފެތުރުމަށް ފަހު މިއަދު ވަނީ ހާލަތު ރަނގަޅުވާން ފަށައިފަ އެވެ. ފުރިގެން ބަންޑުންވި ކޯރުތައް ވެސް ހިނދެމުންދާ ކަމަށް އިދާރާތަކުން ބުނެފައިވެ އެވެ. ތޫފާނުގެ ސަބަބުން 1.5 މިލިއަނަށް ވުރެ ގިނަ މީހުންނަށް ގެއްލުން ވެފައިވާ ކަމަށާއި 200،000 މީހުން ވަނީ ސަރުކާރު ހިންގާ ހިޔާތަކަށް ގެންގޮސްފައި ކަމަށް ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ވަނީ ބުނެފަ އެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
