
އުރުދުންއާއި ފަލަސްޠީން އަދި ޖަޕާނަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާ އަދި ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުން ޢައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ. ޤައުމުތަކަށް ރެޒިޑެންޓް ނުވަތަ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުންނާއި، ނޮން-ރެޒިޑެންޓް ނުވަތަ ކަނޑައަޅުއްވާ ސަފީރުން ޢައްޔަންކުރައްވާނީ، ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. އެގޮތުން އެމަނިކުފާނު ވަނީ، އުރުދުން އަދި ފަލަސްޠީނަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރުން އަދި ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢައްޔަން ކުރުމުގެ މައްސަލަ މަޖިލީހަށް ފޮނުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުރުދުންއަށް ކަނޑައަޅުއްވާ ސަފީރަކަށް ޢައްޔަން ކުރެއްވުމަށް ފޮނުއްވީ، ޑރ. ހާލާ ޙަމީދުގެ ނަންފުޅެވެ. ޑރ. ހާލާއަކީ، ޚާރިޖީ ދާއިރާގައި ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ އަދި މިހާރުވެސް އެ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ހާލާ މިހާރު ހުންނެވީ، ޚާރިޖީ ވުޒާރާގެ ބައިލެޓްރަލް ސެކްރެޓަރީގެ މަޤާމުގައެވެ.
އުރުދުންއަށް ހާލާ އައްޔަން ކުރެއްވުމަށް މަޖިލީހުން ފާސްކޮށްފައިވަނީ، 63 މެންބަރުންގެ ވޯޓުންނެވެ. ފަލަސްޠީނަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރަކަށް ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ، ޑރ. އިބްރާހީމް ޒުހުރީގެ ނަންފުޅެވެ. ޑރ. އިބްރާހީމް ޒުހުރީއަކީވެސް ޚާރިޖީ ދާއިރާގައި ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. އަދި މިހާރު ހުންނެވީ، ޚާރިޖީ ވުޒާރާގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމުގައެވެ. ފަލަސްޠީނަށް ކަނޑައަޅުއްވާ ސަފީރަަކަށް ޑރ. އިބްރާހިމް ޒުހުރީ އައްޔަން ކުރެއްވުމަށް ފާސްކޮށްފައިވަނީ، 62 މެންބަރުންގެ ވޯޓުންނެވެ.
ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ، ކުރީގެ ވަޒީރު އަޙްމަދު މަޙްލޫފުގެ ނަންފުޅެވެ. މަޙްލޫފަކީ، ސިޔާސީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. މަޙްލޫފް ސިޔާސީ ދާއިރާއަށް ނިކުންނެވީ، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ޑީއާރުޕީންނެވެ. އޭގެފަހުން އޭނާ ވަނީ، އެމްޑީޕީއާ ގުޅިވަޑައިގަތް ނިމިދިޔަ ވެރިކަމުގައި ކުޅިވަރާއި ބެހޭ ވަޒީރުކަންވެސް ފުރުއްވާފައެވެ. ސިޔާސީ މަސައްކަތުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ މަޙްލޫފް އެމްޑީޕީން ވަކިވެ ވަޑައިގެން ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއާއި ގުޅިވަޑައިގަތީ، ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭ ބޭއްވި ޚާއްސަ ޙަފްލާގައެވެ. އޭނާ އެ މަޤާމަށް އައްޔަން ކުރެއްވުމަށް ފާސްކުރީ، 60 މެންބަރުންގެ ވޯޓުންނެވެ.
ޤައުމުތަކަށް ކަނޑައަޅުއްވާ ސަފީރުން ޢައްޔަން ކުރައްވަނީ، އެކި ޤައުމުތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުންގެ އިތުރުން އެކި މިޝަންތަކާއި، ޚާރިޖީ ވުޒާރާގައި އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނެވެ. މިއީ، ރާއްޖެއިން އެމްބަސީތަކާއި ހައިކޮމިޝަންތައް ޤާއިމުކޮށްފައިނުވާ ޤައުމުތަކާއި ގުޅުން ބަދަހިކުރުމުގެ ގޮތުން ކަނޑައަޅުއްވާ ސަފީރުންނެވެ. އެގޮތުން މި ސަރުކާރުން ވަނީ، މިހާތަނަށް 27 ޤައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން ޢައްޔަންކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
