
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހި ކުންފުނިތަކުގެ ދައުރު ފުޅާވެފައިވާ ކަމަށާއި، މިވަގުތު ރާއްޖޭގައި އެންމެ ގިނަ ބެޑްސް ހިންގާ ދިވެހި އުފެއްދުމަކީ ކްރައުންސް އެންޑް ޗަމްޕާ ރިސޯޓްސް ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ނަލަ މޯލްޑިވްސް ރިސޯޓު ހުޅުއްވާދެއްވުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައެވެ. ޅ. އަތޮޅުގައި ހިންގި އިންނަހުރާ މޯލްޑިވްސް ރިސޯޓު ފަސް ތަރީގެ ފެންވަރަށް ތަރައްގީކޮށް “ނަލަ މޯލްޑިވްސް ބައި ޖާވާކަރަ” އަށް ރީބްރޭންޑް ކުރުމަށްފަހު އަލުން ވަނީ ހުޅުވާފައެވެ. ފަސް ތަރީގެ މި ރިސޯޓު ހުޅުއްވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް އާއި ޗަމްޕަރ ބްރަދާރސްގެ ޗެއަރމަން މުޙައްމަދު މޫސާއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
“ނަލަ މޯލްޑިވްސް” ރިސޯޓު ހުޅުއްވާދެއްވުމަށް ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، ކްރައުންސް އެންޑް ޗަމްޕާ ރިސޯޓްސްއަކީ މިވަގުތު ރާއްޖޭގައި އެންމެ ގިނަ ބެޑްސް ހިންގާ ދިވެހީންގެ އުފެއްދުމެއް ކަމަށެވެ. އަދި ދިވެހި ކުންފުންޏަކުން ރާއްޖޭގެ ފަތުރުވެރިކަމަށް ބެޑްސްތައް އިތުރުކުރުމަކީ ފަހުރުވެރިވާންޖެހޭ ވަރުގެ ކާމިޔާބީއެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ. “އަޅުގަނޑުމެން ވަރަށް ބޮޑަށް ފަހުރުވެރިވާކަމެއް. އެއީ އަސްލު ރާއްޖޭގައި އެންމެ ގިނަ އަދަދެއްގެ ބެޑްސް ހިންގާ ރިސޯޓުތަކުގެ ތެރޭގައި ރާއްޖޭގެ ދިވެހި އުފެއްދުމެއްގެ ރިސޯޓުތައް މީގެ ތެރޭގައި ހިމެނޭތީ. އެއީ އަޅުގަނޑުމެން ބޭނުންވާ ގޮތް. އަޅުގަނޑު ދަންނަވާނީ މިހާރުވެސް ރާއްޖޭގައި އެންމެ ގިނައީ ދިވެހި ކުންފުނިތަކުން ހަދާފައިވާ ނުވަތަ ތަރައްޤީކޮށްފައިވާ ހޮޓެލްތަކާއި ރިސޯޓުތައް.” ފަތުރުވެރިކަމާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވިއެވެ.
މި ސަރުކާރުން ރާއްޖޭގެ ފަތުރުވެރިން އިތުރަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުން ކާމިޔާބީތައް ހާސިލްވަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، މިދިޔަ އަހަރާ އަޅާ ބަލާއިރު މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 10 އިންސައްތައިގެ އިތުރުވުމެއް ހާސިލްކޮށްފައެވެ. މިއީ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މީގެ އިތުރުން، ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި 6223 އެނދު ފަތުރުވެރިކަމަށް އަލަށް ނެރެވިފައިވާ ކަމަށާއި، މިއަންނަ އަހަރުވެސް ވަރަށް ގިނަ އަދަދެއްގެ ރިސޯޓުތައް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ފަތުރުވެރިކަމަށް ނެރޭ އެނދުގެ އަދަދު އިތުރަށް ބޮޑުވެގެންދާނެ ކަމަށް ލަފާކުރެވޭކަމެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މިއީ ރާއްޖޭގެ އިޤްތިޞާދަށް ފައިދާ ކުރާނެ ކަމެއްކަމަށެވެ. “މިއާއެކު ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަރައިގެންދާއިރު އަޅުގަނޑުމެން ކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ފަތުރުވެރިކަމުން ލިބޭ ނަފާ ނުވަތަ ޓޫރިޒަމް ރިސިޕްޓްސް އިތުރުކުރުން. އެގޮތަށް ބަލާއިރު މިދިޔަ އަހަރު ޓޫރިޒަމް ރިސިޕްޓްސް ހުރީ 4.79 ބިލިޔަން ޔޫއެސް ޑޮލަރުގަ. މިއަަހަރު އަޅުގަނޑުމެންގެ ފޯރކާސްޓަކީ 5.45 ބިލިޔަން ޔޫއެސް ޑޮލަރަށް އަރާނެކަމަށް.” ފަތުރުވެރިކަމާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ޅ. އަތޮޅުގެ ޖާވާ ފަޅުގައި ތަރައްޤީކޮށްފައިވާ މި ރިސޯޓަކީ 80 ވިލާއާއެކު ތަރައްޤީކޮށްފައިވާ ރިސޯޓެކެވެ. މީގެ ތެރޭގައި 20 ސަންރައިޒް ވިލާ، 22 ސަންސެޓް ވިލާ، 30 އޯވަރ ވޯޓަރ ވިލާ އަދި 8 ރޮމޭންޓިކް ވިލާ ހިމެނެއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ސީޕްލޭންގައި 35 މިނެޓުގެ ދަތުރަކުން ދެވޭ މި ރިސޯޓުން ފަތުރުވެރިންނަށް ތަފާތު ގިނަ ތަޖުރިބާތަކެއް ކުރެވޭނެކަމަށާއި، ރިސޯޓް ތަރައްޤީކޮސްފައިވަނީ ރާއްޖޭގެ ގުދުރަތީ ރީތި މަންޒަރުތަކާއި، ސަޤާފަތް ދައްކުވައިދޭފަދަ ގޮތަކަށްކަމަށް މި ރިސޯޓުން ބުނެއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
