
އިނގިރޭސިވިލާތުގެ މަޝްހޫރު ޑެލިޝިއަސް މެގަޒިންއިން ދޭ ޑެލިޝިއަސް އެވޯޑްސްގެ “ކޭކު އާޓިސްޓް އޮފް ދި އިޔަރ”ގެ ސެމީ ފައިނަލިސްޓަކަށް ނަޝީ ކޭކު ހޮވިއްޖެއެވެ. އައިމިނަތު ނަޝީދާ ނުވަތަ ނަޝީ ކޭކުއަކީ، ރާއްޖޭގައި ކޭކު އެޅުމުގެ ދާއިރާގައި މަޝްހޫރު ވިޔަފާރިއެކެވެ. ޑިލިޝިއަޝް އެވޯޑަކީ، އިނގިރޭސިވިލާތުގެ މަޝްހޫރު ކޭކު މެގަޒިން ޑެލިޝިއަސް މެގަޒިންއިން ދޭ އެވޯޑެކެވެ. ނަޝީ ކޭކު ހޮވިފައިވަނީ، މި މެގަޒިންއިން ހޮވާ “ކޭކު އާޓިސްޓް އޮފް ދި އިޔަރ”ގެ ސެމީ ފައިނަލިސްޓަކަށެވެ.

ނަޝީ ކޭކު ސެމީ ފައިނަލިސްޓަކަށް ހޮވިފައިވަނީ، މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި 28،500 މީހުންނާއި ވާދަކޮށްގެންނެވެ. މިއީ، މިހާތަނަށް މި އެވޯޑަށް އެންމެ ގިނަ އަދަދެއްގެ މީހުން ވާދަކުރި އަހަރެވެ. ސެމީ ފައިނަލިސްޓުން ހޮވަނީ، ޖަޖުންގެ މާރކްސްއާއި ވޯޓުންނެވެ. ސެމީ ފައިނަލިސްޓުންގެ ގޮތުގައި 20 މީހުން ހޮވިފައިވެއެވެ. މީގެތެރެއިން 2 ވަނަ ބުރުގައި 5 މީހުން ހޮވާނެއެވެ. އެއީ، ފައިނަލިސްޓުންނެވެ.

މިހާރު ނަޝީ ދަނީ، މިއެވޯޑުގެ ފައިނަލިސްޓަކަށް ވާދަކުރަމުންނެވެ. ނަޝީ ވަނީ، މިދިޔަ އަހަރުވެސް މި އެވޯޑުގެ ފައިނަލިސްޓެއްގެ ގޮތުގައި ވާދަކޮށްފައެވެ. ނަޝީ ކޭކު ވަނީ، ދިވެހިންގެ މެދުގައި މަޤްބޫލުކަން ހޯދާފައެވެ. ކޭކު އެޅުމުގެ މަސައްކަތުގައި ނަޝީ ކޭކު ހަރަކާތްތެރިވާތާ މިހާރުވަނީ، 40 އަހަރު ވެފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
