
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މެލޭޝިޔާގެ ސަރަޙައްދުތަކަށް މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހުމާ ގުޅިގެން ހަތް ސްޓޭޓެއްގެ ގިނަ ސަރަޙައްދުތަކެއްގައި ފެންބޮޑުވެއްޖެއެވެ. އެ ޤައުމުގެ ކާރިސާތަކާ ބެހޭ އިދާރާއިން ބުނީ، ފެންބޮޑުވުމުގެ އަސަރު 11,000ށްވުރެ ގިނަ މީހުންނަށް ކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ހާލުގައި ޖެހިފައިވާ ކަމުގައެވެ. މެލޭޝިޔާގެ ވިއްސާރަ މޫސުން ޢާންމުކޮށް ދެމިގެން ދަނީ އޮކްޓޫބަރު މަހުން ފެށިގެން މާރިޗު މަހުުގެ ނިޔަލަށެވެ. އަދި، މި މޫސުމުގައި އެ ޤައުމުގެ ގިނަ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހޭއިރު، ފެންބޮޑުވުމަކީ ކޮންމެ އަހަރަކު ވެސް ކުރިމަތިވާ ކަމެކެވެ. ކޮންމެ އަހަރަކު ވެސް، ވިއްސާރަވެ، ފެންބޮޑުވުމާ ގުޅިގެން އެތަކެއް ހާސް ބަޔަކަށް ރައްކާތެރި ހިސާބުތަކަށް ބަދަލުވާން މަޖުބޫރުވެއެވެ.
މިހާރު އެ ޤައުމަށް ކުރަމުންދާ ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ ކެޑާ، ކެލަންތާން، ޕިނާންގް، ޕޭރާކް، ޕަރްލިސް، ތެރަންގާނޫ އަދި ސެލަންގޯ ސްޓޭޓްގެ ސަރަޙައްދުތަކަށެވެ. އެ ޤައުމުގެ ކާރިސާތަކާ ބެހޭ އިދާރާއިން ބުނީ، ފެންބޮޑުވުމުގެ އަސަރު ކޮށްފައިވާ މީހުންގެ އަދަދު 11,009އަށް އުފުލިފައިވާ ކަމުގައެވެ. އެއީ، 3,839 ޢާއިލާއަކަށް ނިސްބަތްވާ މީހުން ކަމުގައި ވެސް އެ އިދާރާއިން ރިޕޯޓު ކުރިއެވެ. އެންމެ ބޮޑަށް ފެންބޮޑުވެފައި ވަނީ ތައިލެންޑްގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮތް ކެލަންތާނުގެ ހިސާބުތަކުގައެވެ. އެ ސަރަޙައްދުގައި ފެންބޮޑުވުމުގެ ސަބަބުން އަސަރު ކޮށްފައިވާ މީހުންގެ އަދަދު 8,228އަށް އަރާ ކަމުގައި އެ ޤައުމުގެ ކާރިސާތަކާ ބެހޭ އިދާރާއިން ހާމަކުރިއެވެ. ނަމަވެސް، ފެންބޮޑުވުމާ ގުޅިގެން އެއްވެސް މީހެއްގެ ފުރާނަ ގެއްލުނު ކަމުގެ ރިޕޯޓެއް ކޮށްފައެއް ނެތެވެ.
މެލޭޝިޔާގެ ސަރަހައްދުތަކަށް ކުރަމުންދާ ބޯ ވިއްސާރައާ ގުޅިގެން ބިންގަނޑު ކެނޑުމުގެ ހާދިސާތަކެއް ވެސް ހިނގާފައިވެއެވެ. މި ގޮތުން، އެ ޤައުމުގެ ހުޅަނގުއުތުރުގައި އޮތް ޕަރްލިސް ސްޓޭޓްގެ އަވަށެއް ކަމުގައިވާ ވޮންގް ކަލިޔާންގައި ހިނގި ބިންގަނޑު ކެނޑުމުގެ ހާދިސާއެއްގައި، އެ އަވަށުގެ ރައްޔިތުން ގެދޮރުގައި ތާށިވިއެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ރައްކާތެރިކަން ހޯދާފައި ވަނީ މިސްކިތްތަކުގައި ކަމުގައި އެ ސަރަޙައްދުގެ ފުލުހުންގެ އިދާރާއިން ހާމަކުރިއެވެ. ނަމަވެސް، އެ އަވަށުގެ އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމުގައި، މެލޭޝިޔާގެ ދައުލަތުގެ މީޑިޔާ، ބަރްނާމާއިން ރިޕޯޓު ކުރިއެވެ
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
