
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވިއަން)
މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާ ބޯޓުން މިހާތަނަށް 46،000 އަށްވުރެ ގިނަ ފަސިންޖަރުން އުފުލައިފިއެވެ. މޯލްޑިވިއަންގެ ފްލީޓަށް ވައިޑް-ބޮޑީ މަތިންދާ ބޯޓު ގެނައީ ޖަނަވަރީ މަހުގެ 6 ވަނަ ދުވަހުއެވެ. މޯލްޑިވިއަންގެ ޚިދުމަތަށް ވައިޑް-ބޮޑީ މަތިންދާ ބޯޓު ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މޯލްޑިވިއަންގެ ޚިދުމަތަށް ފުރަތަމަ ފަހަރަށް ގެނައި ވައިޑް-ބޮޑީ މަތިންދާ ބޯޓަކީ 264 މީހުންގެ ޖާގައިގެ އެއަރބަސް އޭ330ގެ 200 ވޭރިއަންޓްގެ މަތިންދާ ބޯޓެކެވެ. މި ބޯޓުގެ ދަތުރުތައް ފަށާފައިވަނީ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ދަތުރު ފަށާފައިވަނީ ޗައިނާގެ ޗެންޑޫއަށެވެ.
މޯލްޑިވިއަނުން ވިދާޅުވީ، ވައިޑް-ބޮޑީ މަތިންދާ ބޯޓުގައި މިހާތަނަށް 140 ދަތުރުކޮށްފައިވާކަމަށެވެ. އެއީ 3 ޤައުމަކަށް ކޮށްފައިވާ ދަތުރެވެ. އެގޮތުން ޗައިނާގެ 3 މަންޒިލަކަށް ވައިޑް-ބޮޑީ މަތިންދާ ބޯޓުން ދަތުރުތައް ކުރަމުން އަންނައިރު ޗައިނާއަށް މުޅި ޖުމްލަ 117 ދަތުރު ވަނީ ކޮށްފައެވެ. ސައުދީ އަރަބިއްޔާއަށް 14 ދަތުރު އަދި އިންޑިއާއަށް 9 ދަތުރު ވަނީ ކޮށްފައެވެ.
Maldivian A330-200 Widebody aircraft, connecting the Maldives 🇲🇻 to the world with comfort and care.#MaldivianAero #Haftha104 pic.twitter.com/hBz7is6AC8
— IASLaero (@IASLaero) November 23, 2025
މި ހުރިހައި ދަތުރުތަކާއިއެކު މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާ ބޯޓުގައި މިހާތަނަށް 46،000 ފަސިންޖަރުން އުފުލާފައިވާކަމަށް އެ ކުންފުނިން ވިދާޅުވިއެވެ. ވައިޑް-ބޮޑީ މަތިންދާ ބޯޓުގައި ދަނީ އެކި މަންޒިލްތަކަށް މުދާވެސް އުފުލަމުންނެވެ. އެގޮތުން މިހާތަނަށް 1،159،000 ޓަނުގެ ކާގޯ ވަނީ އުފުލާފައެވެ. މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި އިތުރު ވައިޑް-ބޮޑީ މަތިންދާ ބޯޓެއް ގެނެސް އިތުރު މަންޒިލްތަކަށް ޚިދުމަތްތައް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. އެގޮތުން އިތުރު މާކެޓްތައް ދިރާސާކުރުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުންނެވެ. އޭގެތެރޭގައި ދެކުނު ކޮރެއާ އަދި ދެކުނު އެފްރިކާ ފަދަ ޤައުމުތައް ހިމެނެއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
