
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީން ލުބުނާނުގެ ވެރިރަށް ބައިރޫތަށް ދިން ވަރުގަދަ ޙަމަލާއެއްގައި ޙިޒްބުﷲގެ އަސްކަރީ ވެރިޔާ، ޢަލީ ޠަބްޠަބާއީ ޝަހީދުކޮށްލައިފިއެވެ. ލުބުނާނުގެ ވެރިރަށް، ބައިރޫތުގެ ޙާރަ ޙަރީކަށް ސަރަހައްދަށް ޔަހޫދީން ދިން މި ޙަމަލާގައި ޖުމްލަ ފަސް މީހުުން ޝަހީދުވެ، 28 މީހުންނަށް ޒަޚަމްވެފައިވެއެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ފަލަސްޠީނުގެ ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފެށުމުން ޙިޒްބުاللهން ވަނީ ޔަހޫދީންނަށް ރޮކެޓު ޙަމަލާތައް ދީފައެވެ. އެއާއެކު އަހަރެއްހާ ދުވަސް ވަންދެން ދެ ފަރާތުން ވަނީ ވަރުގަދަ ޙަމަލާތައް ބަދަލުކޮށްފައެވެ. އެ ޙަމަލާތަކުގައި ޔަހޫދީން ވަނީ ޙިޒްބުاللهގެ އެންމެ އިސް ވެރިން ޝަހީދުކޮށްލައިފައެވެ. އެ ގޮތުން ޙިޒްބުاللهގެ އޭރުގެ އިސްވެރިޔާ، ޙަސަން ނަޞްރުالله ވެސް ޔަހޫދީން ވަނީ ޝަހީދުކޮށްލައިފައެވެ.
ޔަހޫދީންނާއި ޙިޒްބުاللهއާ ދެމެދު ބަދަލުކުރަމުންދިޔަ ޙަމަލާތައް ހުއްޓާލާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްވަރު މަހުގެ ތެރޭގައި ޤާއިމްކުރި އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ވެސް ޔަހޫދީން ދަނީ ލުބުނާނަށް ކޮަންމެ ދުވަހަކުހެން ޙަމަލާތައް ދެމުންނެވެ. އަދި ފާއިތުވި ހަފްތާތަކުގައި އެ ޙަމަލާތައް ވަނީ އިތުރުކޮށްފައެވެ. ނަމަވެސް އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ޙިޒްބުاللهއިން ޔަހޫދީންނަށް ޙަމަލާ ދީފައެއް ނުުވެއެވެ. ހަނގުރާމައިގެ ޙާލަތުގައި ޙިޒްބުالله ވަރަށް ބޮޑަށް ބަލިކަށިވި ނަމަވެސް އެ ޖަމާޢަތުން މިހާރު ދަނީ އަލުން ތަރުތީބުވެ މަސައްކަތްތައް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެއްބަސްވުމެއް ޤާއިމްކޮށްފައި ވަނިކޮށް ޔަހޫދީން ލުބުނާނަށް ދިން އެންމެ ފަހުގެ ޙަމަލާތައް އަމާޒުކޮށްފައި ވަނީ ޙިޒްބުاللهގެ އަސްކަރީ ވެރިޔާ ޢަލީ ޠަބްޠަބާއީއަށެވެ. އެ ޙަމަލާގައި ޠަބްޠަބާއީ ޝަހީދުކޮށްލާފައިވާ ކަމަށް ޔަހޫދީން ވަނީ އިޢުލާނުކޮށްފައެވެ. ނަމަވެސް ޙިޒްބުاللهއިން އަދި އެ ކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ޙިޒްބުاللهގެ އިސް އޮފިޝަލެއް ކަމަށްވާ މަޙްމޫދު ޣަމާތީ ވަނީ އެ ޖަމާޢަތުގެ އިސް ބޭފުޅަކަށް ޔަހޫދީންގެ ޙަމަލާ އަމާޒުކޮށްފައިވާ ކަން ޔަޤީންކޮށްދެއްވައިފައެވެ.
2016ވަނަ އަހަރުގެ ތެރޭގައި އެމެރިކާއިން ވަނީ ޠަބްޠަބާއީ އަކީ ޙިޒްބުاللهގެ އިސްވެރިއެއް ކަމަށް ފާހަގަކޮށް، އޭނާއާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް ފަސް މިލިޔަން އެމެރިކާ ޑޮލަރުގެ އިނާމެއް ހުށަހަޅައިފައެވެ. ޔަހޫދީން ޤަބޫލުކުރާ ގޮތުގައި ޙިޒްބުاللهގެ ޔުނިޓުތައް ހިންގަނީ ޠަބްޠަބާއީގެ މޭސްތިރިކަމުގެ ދަށުންނެވެ. ޙިޒްބުالله އަލުން ވަރުގަދަ ކުރުުމުގެ މަސައްކަތުގައި އެންމެ އިސް ދައުރެއް ޢަދާ ކުރާ ފަރާތަކީ ޠަބްޠަބާއީ ކަމަށް ޔަހޫދީން ޤަބޫލުކުރެއެވެ. ޔަހޫދީންގެ ޙަމަލާއާ ގުޅިގެން ޣަމާތީ ވިދާޅުވީ އެންމެ ފަހުގެ ޙަމަލާއާއެކު ޔަހޫދީން “ރަތް ރޮނގު” ހުރަސްކޮށްފައިވާ ކަމަށާއި، އެ ޙަމަލާއާ ގުޅިގެން ޙިޒްބުاللهން ރައްދު ދޭނެތޯ ނުވަތަ ނޫންތޯ އެ ޖަމާޢަތުގެ އިސްވެރިން ނިންމަވާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
