
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އޮސްޓްރޭލިއާއަށް އެރި ބާރުގަދަ ތޫފާނުގައި، ވައިގަދަވުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގައި އެ ޤައުމުގެ ދެކުނުގެ ބޮޑު ސަރަޙައްދަކުން ކަރަންޓު ކެނޑިފައިވާކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ. “ފައިނާ”ގެ ނަމުން ނަންދީފައިވާ ތޫފާނު، އޮސްޓްރޭލިއާގެ ދެކުނުގައި އޮންނަ ޑާވިން ސަހަރަށް އެރިއިރު، ގަޑިއަކު 205 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހުނުކަމަށް އެ ޤައުމުގެ މުސޫމާބެހޭ އިދާރާއިން ބުނެފައިވެއެވެ. އެ ސަހަރުގައި ގާތްގަނޑަކަށް 140،000 މީހުން އާދާދީއެއް ދިރިއުޅޭއިރު، ތޫފާނާ ގުޅިގެން ލިބުނު ގެއްލުންތަކުގައި ގިނަ ސަރަޙައްދުތަކުން ކަރަންޓު ވަނީ ކެނޑިފައެވެ. އެ ސަރަޙައްދުގެ ޗީފް މިނިސްޓަރު ލިއާ ފިނޯކިއާރޯ ވިދާޅުވީ، އެ ތޫފާނުގެ ސަބަބުން 19،000 އެއްހާ މީހުން ކަރަންޓު ނެތިފައި ތިބި ކަމަށެވެ.
އަދި މަގުތަކުގައި ފެންބޮޑުވެ، އާންމުންގެ ގެދޮރާއި މުދަލަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ވައިބާރުވުމުގެ ސަބަބުން، ކަރަންޓު ފޯރުކޮށްދޭ ބައެއް ހޮޅިދަނޑިތައް މަގުމައްޗަށް ވެއްޓިފައިވާތީ، އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ. ތޫފާނާ ގުޅިގެން، ޑާވިން ސަހަރުގެ މައި ވައިގެ ބަނދަރުގެ އުދުހުންތައް އިއްޔެއިން ފެށިގެން މެދުކަނޑާލާފައިވާއިރު، އުދުހުންތައް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް އެ ވައިގެ ބަނދަރު ހިންގާ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މިދިޔަ މާޗް މަހު އެރި ތޫފާނު “އެލްފްރެޑް”ގައި އޮސްޓްރޭލިއާގެ ކުއީންސްލޭންޑަށް ބޮޑެތި ގެއްލުންތައް ލިބި، ބޮޑު ސަރަޙައްދަކުން ކަރަންޓުގެ ޚިދުމަތް ކެނޑުނެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
