
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މޫސުމީ ބަދަލުތަކާ ގުޅިގެން ދުނިޔެ ހޫނުވުމުގެ ސަބަބުން ފަގީރު ޤައުމުތަކަށް ލިބޭ ގެއްލުންތައް ފޫބެއްދުމަށް ފޯރުކޮށްދޭ މާލީ އެހީތެރިކަން އިތުރު ކުރުމަށް ގޮވައިލައި، އެކުވެރި ދައުލަތްތައް (އދ)ގެ މޫސުމީ ބަދަލުތަކާ ބެހޭ މަހާސިންތާގެ 30ވަނަ ބައްދަލުވުން (ކޮޕް30)ގައި އެއްބަސްވުމެއް އެކުލަވައިލައިފިއެވެ. ބްރެޒިލްގައި ކުރިއަށް ދިޔަ ކޮޕް30 މަހާސިންތާ ނިމުމަކަށް އައިސްފައިވާއިރު، އެ ބައްދަލުވުމުގައި ޤައުމުތަކުގެ މެދުގައި ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އުފެދި، އެއްބަސްވުމެއް އެކުލަވައިލުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. ބްރެޒިލްގައި ބޭއްވި މަހާސިންތާއިން އެންމެ ފާހަގަ ކުރެވިގެން ދިޔަ ކަމަކީ، ފޮސިލް ފިޔުލް ނުވަތަ ޤުދުރަތީ ގޮތުން އުފެދޭ ތެޔޮ ބޭނުން ކުރުން އަދި އެންދުން މަދު ކުރުމާ ގުޅޭ ގޮތުން ޤައުމުތަކުގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައި ނެތުމެވެ. އަދި، މަހާސިންތާގައި ފާސްކޮށްފައިވާ އެއްބަސްވުމުގައި، ފޮސިލް ފިޔުލް ބޭނުން ކުރުމާއި އެންދުން މަދުކުރުމާ ގުޅޭ އެއްވެސް މާއްދާއެއް ހިމަނާފައި ނެތުމެވެ.
މި އަހަރުގެ މަހާސިންތާއިން ދެން ފާހަގަ ކުރެވިގެން ދިޔަ އަނެއް ކަމަކީ، ޖައްވަށް އެންމެ ގިނައިން ވިހަ ގޭސްތައް ބޭރު ކުރާ ޤައުމު ކަމުގައިވާ އެމެރިކާއިން މަހާސިންތާގައި ބައިވެރިވެފައި ނެތް ކަމެވެ. ނަމަވެސް، ދެ ހަފުތާއެއްހާ ދުވަހަށް ދެމިގެން ދިޔަ މަޝްވަރާތަކާއި ބައްދަލުވުންތަކަށް ފަހު، އެއްބަސްވުމެއް އެކުލަވައިލުމަށް ބްރެޒިލުން ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. އެ ޤައުމުން ދެކޭ ގޮތުގައި، ފޮސިލް ފިޔުލާ ގުޅޭ ގޮތުން ގޮތެއް ނިންމިފައި ނެތް ނަމަވެސް، ފަހު ވަގުތު އެއްބަސްވުމެއް އެކުލަވައިލެވުމަކީ، މޫސުމީ ބަދަލުތަކާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމަށް ޤައުމުތަކުން ތައްޔާރަށް އޮތް ކަން ހާމަކޮށްދިން ނިންމުމެކެވެ. މަހާސިންތާގެ އެއްބަސްވުމާ ގުޅޭ ގޮތުން އދގެ މޫސުމީ ބަދަލުތަކާ ބެހޭ މައި އިދާރާ (ޔޫއެންއެފްސީސީސީ)ގެ އެގްޒެކެޓިވް ސެކްރެޓަރީ ސައިމަން ސްޓައިލް ވިދާޅުވީ، އެއީ ހުރިހާ ޤައުމުތަކުން އެންމެ ރުހޭނެ ފަދަ އެއްބަސްވުމެއް ނޫން ކަމުގައި ޤަބޫލު ކުރައްވާ ކަމުގައެވެ. ނަމަވެސް، ފަހު ވަގުތު އެއްބަސްވުމެއް އެކުލަވައިލެވުމަކީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ. “މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ކާމިޔާބީތަކެއް ހޯދެމުން ދެޔޭ އަޅުގަނޑު ނުދަންނަވާނަން. ނަމަވެސް، ޙަޤީޤަތަކީ އަޅުގަނޑުމެން އަދިވެސް މި ތިބީ އެ ކަމުގެ ތެރޭގައި ކަން، އަދި އެ ކަމާ [މޫސުމީ ބަދަލުތަކާ] ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ކަން،” އޭނާ ވިދާޅުވިއެވެ.
ބްރެޒިލްގައި ބޭއްވި މަހާސިންތާގައި އެއްބަސްވުމެއް އެކުލަވައިލެވިފައިވީ ނަމަވެސް، ގިނަ ޤައުމުތަކަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭގެ ތެރެއިން އެންމެ ބޮޑެތި ކަންބޮޑުވުންތައް ގުޅިފައި އޮތީ ތެޔޮ އަންދައިގެން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ މިންވަރު ދަށް ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅިފައި ނެތުމެވެ. އަދި، ފޮސިލް ފިޔުލް ބޭނުން ކުރުމާއި އެންދުން މަދު ކުރުމަށް ވެސް ގޮތެއް ނިންމިފައި ނެތުމެވެ. މަހާސިންތާގެ އެންމެ ފަހު ބައްދަލުވުމުގެ ތެރެއިން ޤައުމުތަކުގެ މެދުގައި ބަހުގެ ޙަމަލާތައް އަމާޒު ކޮށްފައިވާ ކަން ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަކުރިއެވެ. އެއްބަސްވުމުގައި ތެޔޮ އެންދުން މަދު ކުރުމަށް މާއްދާއެއް ހިމެނުމަށް އެންމެ ބޮޑަށް ވަކާލާތު ކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ އިތުރުން ލެޓިން އެމެރިކާގެ ޤައުމުތައް ކަމުގައިވާ ކޮލަމްބިޔާ، ޕެނަމާ އަދި ޔުރުގުއާއީ ހިމެނެއެވެ. ނަމަވެސް، އެ ކަމާ ދެކޮޅަށް އަޑު އުފުލާފައި ވަނީ އެންމެ ގިނަ އަދަދަށް ތެޔޮ ބޭރު ކުރާ ޤައުމުތަކުންނެވެ. އެ ޤައުމުތަކުން ވަނީ، އެއްބަސްވުމުގައި އެ ފަދަ މާއްދާއެއް ހިމެނުމަށް އިންކާރު ކޮށްފައެވެ.
މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި، ކޮޕް30 މަހާސިންތާއިން ލިބިގެން ދިޔަ އެންމެ ބޮޑު ކާމިޔާބީއަކީ، މޫސުމީ ބަދަލުތައް، ވަކިން ޚާއްޞަކޮށް ދުނިޔެ ހޫނުވުމުގެ ސަބަބުން ލިބޭ ގެއްލުންތަކާ ކުރިމަތިލަމުންދާ ޤައުމުތަކަށް ފޯރުކޮށްދޭ މާލީ އެހީތެރިކަން އިތުރު ކުރުމަށް މަހާސިންތާގައި ގޮވައިލާފައިވުމެވެ. މި ގޮތުން، 2035ވަނަ އަހަރުގެ ކުރިން މޫސުމީ ބަދަލުތަކުގެ ސަބަބުން ގެއްލުން ލިބެމުންދާ ފަގީރު ޤައުމުތަކަށް ފޯރުކޮށްދޭ މާލީ އެހީތެރިކަން ތިން ގުނައަށް އިތުރު ކުރުމަށް މަހާސިންތާގައި މުއްސަނދި ޤައުމުތަކަށް ވަނީ ގޮވައިލާފައެވެ. އަަދި، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރު ކުރުމަށް އެ ޤައުމުތަކުން ވެސް މަހާސިންތާގެ ތެރެއިން ވަކާލާތު ކޮށްފައިވާ ކަން ފާހަގަ ކުރެވެއެވެ.
About Post Author
މާދަމާ ނިއުސް
“އަންނަމަހު އެލް ނީނޯ ފެށޭނެކަަމަށް ބެލެވޭ”
މިއަހަރުގެ މެއި މަހުގެ ތެރޭގައި އެލް ނީނޯގެ ހާލަތު ކުރިމަތިވާނެ ކަމަށް ދުނިޔޭގެ މޫސުމީ އިދާރާ (ޑަބްލިޔުއެމްއޯ) އިން ވަނީ ލަފާކޮށްފައެވެ. ނުވަ...
ބީޗް ގޭމްސްގައި ނެރެމުންދާ ނަތީޖާތަކާމެދު ހިތްހަމަޖެހޭ: ވަޒީރު ރާފިއު
(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ) ޗައިނާގެ ސަންޔާގައި ކުރިއަށްދާ ހަވަނަ އޭޝިއަން ބީޗް ގޭމްސްގައި ވާދަކުރާ ދިވެހި އެތުލީޓުން ނެރެމުންދާ ނަތީޖާތަކާ މެދު ކުޅިވަރާ ބެހޭ...
ދުރުރާސްތާ ޕްލޭނުގައި ބީޗް ގޭމްސަށް ބޮޑު އަހައްމިއްޔަތުކަމެއް
(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ) ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ބީޗް ގޭމްސް އާއި މޫދު ކުޅިވަރުތައް ކުރިއެރުވުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށް ކުޅިވަރާ...
އޭދަފުށި ބަލިކޮށް، ޗެމްޕިއަންކަން މަނަދޫއަށް
(ފޮޓޯ ކްރެޑިޓްސް: އޭދަފުށި ކައުންސިލް) އަންނަ ސީޒަނުގެ ދިވެހި ޕްރެމިއަރ ލީގަށް ކޮލިފައިވުމަށް ބާއްވާ ރީޖަނަލް ލީގުގެ ނޯތު ރީޖަން ޒޯން 2 ގެ...
ރޮނާލްޑޯ އަށްޓަކައި ވޯލްޑް ކަޕް ތަށި ހޯދަން ތައްޔާރު: ބުރޫނޯ
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެރިއަރު ފުރިހަމަކުރުމަށްޓަކައި މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދޭން ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ބުރޫނޯ ފެނާންޑޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި...
ހަރުދަނާ ސިޔާސަތުތަކެއްގެ ތެރެއިން ދަރަނިތައް ދެއްކުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ދަރަނިތައް ދެއްކުމަށެވެ. އެގޮތުން، ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް...
