
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ރޭވުން ފުރިހަމަ ނޫން ކަމަށާއި، އެ ރޭވުން އިތުރަށް މުރާޖާ ކުރަން ޖެހޭ ކަމުގައި ހުޅަނގުގެ ބާރުތަކުން ބުނެފިއެވެ. ހަނގުރާމަ ހުއްޓުމަކަށް ގެނެސް، ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ސުލްޙަ ޤާއިމު ކުރުމަށް ޓްރަމްޕް ވަނީ 28 މާއްދާއެއްގެ މައްޗަށް އެކުލެވިގެންވާ ރޭވުމެއް ހުށަހަޅުއްވާފައެވެ. ނަމަވެސް، އެއްވެސް ފަރާތަކުން ޓްރަމްޕްގެ ރޭވުމަށް އާނބަސް ބުނެފައެއް ނެތެވެ. ދެކުނު އެފްރިކާގައި ބޭއްވި ދުނިޔޭގެ އެންމެ ބޮޑެތި އިޤުތިޞާދުތައް ކަމުގައިވާ ގްރޫޕް އޮފް 20 (ޖީ20) ސަމިޓުގައި ހުޅަނގުގެ ބާރުތަކުގެ ވެރިން ވަނީ ޓްރަމްޕްގެ ރޭވުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެވެ. އަދި، އެ ކަމާ ގުޅޭ އިތުރު މަޝްވަރާތައް ކުރުމަށް ސްވިޓްޒަލެންޑުގެ ޖެނީވާގައި ބައްދަލުވުމެއް ބޭއްވުމަށް އީ3ގެ ގޮތުގައި މަޝްހޫރު ހުޅަނގުގެ ތިން ބާރުން ވަނީ ނިންމާފައެވެ. އެެއީ، އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް އަދި ޖަރުމަނުވިލާތެވެ. އެ ބައްދަލުވުމުގައި އެމެރިކާއާއި ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ އިތުރުން ޔޫކްރެއިންގެ މަންދޫބުން ވެސް ބައިވެރިވާނެއެވެ.
ދެކުނު އެފްރިކާގައި ޓްރަމްޕްގެ ރޭވުމާ ގުޅޭ މަޝްވަރާ ކުރަމުން ހުޅަނގުގެ ބާރުތަކުން ބުނީ، އެއީ އިތުރަށް މުރާޖާ ކުރަން ޖެހޭ ރޭވުމެއް ކަމުގައެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި، ޓްރަމްޕްގެ ރޭވުން ބިނާ ކުރައްވާފައި ވަނީ ރަޝިޔާ ބޭނުންވާ ގޮތަށެވެ. އަދި، އޭގެ ބަދަލުގައި ޔޫކްރެއިނަށް ފަހި ގޮތްތަކެއް ހޯދައިދިނުމަށް ހުޅަނގުގެ ބާރުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ރޭވުމަށް ބަދަލުތަކެއް ގެނައުމުގެ ފުރުޞަތު އަދިވެސް އޮތް ކަމުގައި ޓްރަމްޕް ވެސް ދާދިފަހުން ވިދާޅުވެފައިވެއެވެ. ނަމަވެސް، ހުޅަނގުގައި އޮތް އެމެރިކާގެ ގިނަ އެކުވެރިން ވަނީ ޓްރަމްޕްގެ ރޭވުމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. “28 މާއްދާގެ ރޭވުމުގެ ދެލިކޮޕީގައި މުހިންމު ކަންތައްތަކެއް ހިމެނިފައިވޭ އަދި އެއީ ދެމެހެއްޓިނިވި ގޮތެއްގައި ސުލްޙަ ޤާއިމު ކުރުމަށް އަސާސެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ،” ހުޅަނގުގެ ބާރުތަކުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުންޏެވެ. އެ ބަޔާނުގައި ސޮއި ކޮށްފައިވާ އިއްތިޙާދުތަކާއި ޤައުމުތަކުގެ ތެރޭގައި އީޔޫ، ޖަރުމަނުވިލާތް، ފަރަންސޭސިވިލާތް، އިނގިރޭސިވިލާތް، ކެނެޑާ، ނެދަރލެންޑްސް، ސްޕެއިން، ފިންލެންޑް، އިޓަލީވިލާތް، ޖަޕާން އަދި ނޯވޭ ހިމެނެއެވެ.
އެމެރިކާއިން ވަނީ ޓްރަމްޕްގެ ރޭވުން ރަޝިޔާއާ ވެސް ހިއްސާ ކޮށްފައެވެ. އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުން ވަނީ މި ކަން ކަށަވަރު ކޮށްދެއްވާފައެވެ. ސެނެޓުގެ މެންބަރު މައިކް ރައުންޑްސް ވިދާޅުވީ، ޓްރަމްޕްގެ ރޭވުމަކީ އެމެރިކާއިން އެކުލަވައިލާފައިވާ ރޭވުމެއް ނޫން ކަމުގައެވެ. އެއީ، އެމެރިކާގެ ރޭވުމެއް ކަމުގައި ޤަބޫލު ކުރައްވަން ދަތި ކަމުގައި ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްޚްރޮން ވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް، އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވަނީ އެ ކަން ދޮގު ކުރައްވާފައެވެ. “ރޭވުން އެކުލަވައިލާފައި ވަނީ ރަޝިޔާގެ ބައިވެރިވުމާ އެކު. އަދި، އޭގައި ޔޫކްރެއިނުން ކުރިން ހުށަހަޅާފައިވާ ކަންކަން ވެސް އެކުލެވިގެންވާނެ،” އެކްސްގައި ޝާއިޢު ކުރެއްވި ޕޯސްޓެއްގައި ރޫބިޔޯ ވިދާޅުވިއެވެ. ޓްރަމްޕްގެ ރޭވުން ޤަބޫލު ކުރުމަށް އެމެރިކާއިން ދަނީ ރަޝިޔާއާއި ޔޫކްރެއިނަށް ބާރު އަޅަމުންނެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
