
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ދެކުނު އެފްރިކާގައި ކުރިއަށްދާ ޖީ20 ބައްދަލުވުމުގައި މޫސުމީ ކާރިޘާއާއި ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާ ގުޅޭގޮތުން ހުށަހަޅާފައިވާ ޤަރާރު ފާސްކޮށްފިއެވެ. ޖީ20ގައި އެ ޤަރާރު ފާސްކޮށްފައި ވަނީ އެމެރިކާއިން އެ ހުށަހެޅުމަށް ދެކޮޅުހަދަމުން ދަނިކޮށެވެ. ދެކުނު އެފްރިކާއިން އެ ޤައުމުގައި އުޅޭ މީސްމަދު ދޮން މީހުންނާމެދު އިހާނެތިކޮށް ޢަމަލު ކުރާ ކަމަށް ތުހުމަތުކޮށް އެމެރިކާއިން ވަނީ ދެކުނު އެފްރިކާގައި މި އަހަރުގެ ޖީ20 ބައްދަލުވުން ބާއްވާތީ އެ ބައްދަލުވުމުގައި ބައިވެރިވުމަށް ދެކޮޅުހަދައިފައެވެ. އެމެރިކާގެ ޙިއްޞާއެއް ނެތި އެކުލަވާލި މި ޤަރާރަށް އެ ޤައުމުން ދެކޮޅު ހަދަމުންދަނިކޮށް ފާސްކުރުމާ ގުޅިގެން އެމެރިކާއިން ވަނީ ދެކުނު އެފްރިކާގައި މި އަހަރުގެ ޖީ20 ބައްދަލުވުން ބާއްވާތީ އެ ޤައުމުން އެ ކަމުގެ ނާޖާއިޒު ފައިދާ ނަގައި، ރިޔާސަތު “ހަތިޔާރަކަށް” ހަދާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.
ޖީ20ގެ ވެރިންގެ ޤަރާރު ޢާންމު ގޮތެއްގައި ފާސް ކުރަނީ ހުރިހާ ޤައުމެއްގެ އެއްބަސްވުމާ އެކުގައެވެ. އެމެރިކާއިން ބުނީ ޒަމާނުއްސުރެ ޢަމަލުކުރަމުންދިޔަ ގޮތަށް ދެކުުނު އެފްރިކާއިން ގޮން ޖަހާފައިވާ ކަމަށެވެ. މި އަހަރުގެ ޤަރާރުގައި މޫސުމީ ބަދަލުތަކުގެ ނުރައްކާތެރިކަން ފާހަގަކޮށް، އިއާދަކުރަނިވި ހަކަތައާ ގުޅޭ މުހިންމު އަމާޒުތަކަށް ހިތްވަރު ދީފައިވެއެވެ. އަދި ދަރަނީގެ ސަބަބުން ފަޤީރު ޤައުމުތަކަށް ކުރާ ބޮޑެތި އަސަރުތަކަށް އަލިއަޅުވާލާފައިވެއެވެ. ދެކުނު އެފްރިކާގެ ރައީސް ސިރިލް ރަމަފޯސާގެ ތަރުޖަމާނުން ވިދާޅުވީ އެ ޤަރާރަށް ދެން ބަދަލު ނުގެނެވޭނެ ކަމަށެވެ. އެ ޤަރާރު އެކުލަވައިލުމަށް މުޅި އަހަރު މަސައްަކަތްކޮށްފައިވާ ކަމަށާއި، ފާއިތުވި ހަފްތާ ތެރޭގައި ވެސް ގިނަ އަދި އުނދަގޫ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ރަމަފޯސާގެ ތަރުޖަމާނުން ވިދާޅުވިއެވެ.
އަންނަ އަހަރުގެ ޖީ20 ރިޔާސަތާ ޙަވާލުވަނީ އެމެރިކާއިންނެވެ. ޤަރާރު ފާސްކުރިތާ ގަޑިއިރުކޮޅެއް ފަހުަން އެމެރިކާއިން ވަނީ ޖީ20ގެ ރިޔާސަތު އޮމާންކަމާއެކު ޙަވާލުކުރުމަށް ދެކުނު އެފްރިކާއިން ދެކޮޅު ހަދަމުންދާ ކަމަށް ބުނެފައެވެ. އެމެރިކާއިން ދެކޮޅު ހަދަމުން ދަނިކޮށް ޤަރާރު ފާސްކުރުމާއި، ރިޔާސަތު ޙަވާލުކުރުމުގައި ޢަމަލުކުރަމުންދާ ގޮތުން ދޭހަކޮށްދެނީ ދެކުނު އެފްރިކާއިން ޖީ20ގެ ރިޔާސަތު ހަތިޔާރަކަށް ހަދާފައިވާ ކަން ކަމަށް ވައިޓް ހައުސްގެ ތަރުޖަމާނު އަނާ ކެލީ ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
