
ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބޭކަމް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިޔަން ބަޔަކު ފޮލޯކުރާ މަޤްބޫލު ކުޅިވަރުގެ ޝަޙްސިއްޔަތެކެވެ. ކުޑަކުދިންގެ ހައްޤުތަކަށް ވަކާލާތުކުރުމުގައި އަބަދުވެސް ފާހަގަކޮށްލެވޭ ބެކަމްއަކީ ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރުވެސްމެއެވެ. ދުނިޔޭގެ ކުޑަކުދިންގެ ދުވަސް މިއަހަރު ފާހަގަކުރިއިރު އޭނާގެ ސޯޝަލް މީޑިއާއިން ފެނިގެން ދިޔައީ ރާއްޖޭގެ ކުއްޖެއްކަމަށްވާ އުމުރުން އެންމެ 3 އަހަރުގެ ބަބުލްގެ ވާހަކައެވެ. އދ. ގެ ކުޑަކުދިންނާއި ބެހޭ ޖަމްޢިއްޔާ، ޔުނިސެފްއާއެކު ޑޭވިޑް ބެކަމް މަސައްކަތް ކުރާތާ އަހަރުތަކެއް ވެއްޖެއެވެ. މިއަހަރުގެ ކުޑަކުދިންގެ ދުވަހު މީސްމީޑިއާގެ އެތައް މިލިޔަން ފޮލޯވަރުންނަށް ބެކަމް ދޫކޮށްލީ ރާއްޖޭގެ ‘ބަބުލް’ ގެ ވާހަކަތަކެވެ.
ބަބުލްގެ ވާހަކަތައް ދޫކޮށްލަމުން ބެކަމް ބުނެފައިވަނީ ބަބުލްގެ ވާހަކަތައް ވަރަށް ޝައުޤުވެރިކަމަށާއި އޭނާގެ ޕްލެޓް ފޯމް މިފަހަރު ބޭނުންކުރާނީ ބަބުލްގެ ވާހަކަތައް ދުނިޔެއާ ހިއްސާކުރުމަށް ކަމަށެވެ. ބެކަމް ބުނީ ބަބުލްގެ މެސެޖުން ހަނދާންކޮށްދެނީ ކިތަންމެ ކުޑަނަމަވެސް ކޮންމެ ކުއްޖަކީވެސް އެކުއްޖެއްގެ އަޑު އަހަންޖެހޭ ކުށްޖެއްކަން ކަމަށެވެ. އަދި ކޮންމެ ކުއްޖަކީވެސް ތަޢުލީމާއި ރައްކާތެރިކަމުގެ އިތުރަށް އެކި ފުރުސަތުތައް ފަހިވެފައިވާ ކުއްޖެއްކަން ޔަޤީން ކުރަން ޖެހޭ ކަމަށް ބެކަމްވަނީ ބުނެފައެވެ. ބެކަމް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ބަބުލްގެ ވާހަކަތައް އަސްލުވެސް އެހާ ޝައުޤުވެރިއެވެ. ބަބުލް ކިޔައި ދީފައިވަނީ އޭނާގެ ހަޔާތުން ދުވަހެކެވެ. އެގޮތުން ހެނދުނު ސްކޫލަށް ދިއުމާއި ސްކޫލުގައި މަޖާކޮށް ލަވަ ކިޔައި، ސްކޫލު މަސައްކަތް ކުރާ ކަމަށާއި، އޭގެ ފަހުން ސްކޫލުން ގެއަށް އައިސް ޞިއްޙަތަށް ފައިދާހުރި މޭވާ ކައި އުޅޭކަމަށް ބަބުލް ބުނެފައިވެއެވެ. އަދި ބޭރަށް ދާން ވެގެން ލާނެ ހެދުމެއްވެސް ނަގަނީ އަމިއްލައަށް ކަމަށް ބުނެ ތައްޔާރުވެ ބޭރަށްދާ މަންޒަރު މިވީޑިއޯއިން ފެނެއެވެ.
ބޭރަށް ގޮސް ސްކޫޓީ ދުއްވަނިކޮށް ބަބުލް ވެއްޓޭތަންވެސް މިވީޑިއޯއިން ފެނެއެވެ. ނަމަވެސް ތެދުވެފަ ބަބުލް ބުނީ އެއީ މައްސަލައެއް ނޫން ކަމަށާއި މަންމައާއި ބައްޕަ ފުށުން ހިތްވަރުލިބޭ ކަމަށެވެ. ބަބުލްވަނީ ގޮނޑުދޮށަށް އުކާލާފައި ހުރި ފުޅިތަކެއް ނަގާ ޑަސްބިނަށްވެސް ލައި ތިމާވެށި ސާފުކޮށް ބެހެއްޓުމުގެ މުހިންމުކަން މިވީޑިއޯގައި ދައްކާލަ ދީފައެވެ. ބެކަމްގެ އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖު މެދުވެރިކޮށް މިވީޑިއޯ އެތައް މިލިޔަން ބަޔަކުވަނީ ބަލާފައެވެ. ރާއްޖޭގެ ބަބުލް އެކޭ އެއްފަދައިން ކޮންމެ ކުއްޖަކީވެސް އުނގެނުމާއި، ހުވަފެން ދެކުމާއި ލޯބި ލިބި ރައްކާތެރިކަން ލިބެންޖެހޭ ކުއްޖެއް ކަމަށް ބެކަމް ވަނީ އޭނާގެ ވިޑީއޯގައި ބުނެފައެވެ.
ބެކަމް ޔުނިސެފްއާއި ގުޅިގެން މަސައްކަތް ކުރަން 2005 ވަނަ އަހަރު އެ ޖަމްޢިއްޔާގެ ގުޑްވިލް އެމްބެސެޑަރެއްގެ ގޮތުގައެވެ. އޭގެ ފަހުން އެޖަމްޢިއްޔާގެ އެކި ހަރަކާތްތަކުގައި ބައިވެރިވެ ޕްރޮގްރާމްތައް ހިންގުމުގައި އޭނާ ވަރަށް ބޮޑަށް އެހީވެދެއެވެ. ބެކަމް ބުނީ ޔުނިސެފުން ދުނިޔޭގެ ކުޑަކުދިންގެ ހައްޤުގައި ކުރަމުންދާ މަސައްކަތަށް އޭނާގެ އެއްބާރުލުން ލިބޭނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
ފަވަރަ ޔޫޕީއައި ގުޅާލުން: މި ނިޒާމު މަސައްކަތް ކުރަނީ ކިހިނެއް؟
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އިންޑިއާގައި ދިރިއުޅޭ އަދި ބޭސްފަރުވާއާއި ތައުލީމަށް އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ އިންތިޒާމު މަރުކަޒީ...
ވައިގެ ދަތުރުފަތުރުގެ އިތުރު ދެ އެއްބަސްވުމެއްގެ މަސައްކަތް ކުރިއަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށްޓަކައި، އިތުރު ދެ އެއަރ ސަރވިސް އެގްރީމެންޓެއް އެކުލަވާލުމުގެ މަސައްކަތް...
