
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ނިމުނު ހަފުތާގައިވެސް އެކިއެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކަންތައްތަކެއް ހިނގައިދިޔައެވެ. (15 ނޮވެންބަރު) އެގޮތުން ދެހާހަށްވުރެ ގިނަ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޑޮލަރު އޭޓީއެމް ބަހައްޓަން ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ޚަބަރު ފާހަގަކޮށްލެވެއެވެ. (16 ނޮވެންބަރު) އަދި މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އިފްތިތާޙުކުރައްވާފައިވަނީވެސް ނިމުނު ހަފުތާގައެވެ. އެއާއެކު ހިޔާ އަދި ވިނަރެސްގެ މަސައްކަތްތަކަށް ނެގި ލޯނުތައް ލުއިކޮށްދޭން ރައީސް އަންގަވާފައިވާއިރު، ފްލެޓް ދޫކުރާ ފުރަތަމަ ސްކީމުގެ އުސޫލު އާންމުކޮށް، 4 ޖެނުއަރީން ފެށިގެން ކުރިމަތިލެވޭ ގޮތަށް ހުޅުވާލުންވެސް ފާހަގަކޮށްލެވެއެވެ.
(19 ނޮވެންބަރު) މީގެ އިތުރުން މާލެ ސަރަޙައްދުގެ ފުރަތަމަ އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވާފައިވާއިރު، (20 ނޮވެންބަރު) ޒުވާނުންނަށް ޚާއްސަކޮށްގެން ޤާއިމުކުރި “ޒުވާނުންގެ ވެހި” ރައީސް ހުޅުވައިދެއްވީ ވެސް ނިމުނު ހަފުތާގައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ސަރުކާރަށް ދެ އަހަރު:
މި ސަރުކާރު ވެރިކަމަށް އައިފަހުން ދެ އަހަރު ފުރުން ފާހަގަކޮށްފައިވަނީ ވެސް ނިމުނު ހަފުތާގައެވެ. ސަރުކާރަށް ދެ އަހަރު ފުރުނީ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އެކަން ފާހަގަކުރުމަށް ހަރަކާތެއް ބާއްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ ކާމިޔާބީގެ އުސްއަލިތައް ޙިއްސާކުރައްވާފައެވެ.
• ޚާރިޖީ ސިޔާސަތު ބިނާވެފައި އޮންނާނީ ދިވެހިންނަށް އިސްކަންދިނުމުގެ މައްޗަށްކަމުގައި ރައީސް ވިދާޅުވި
• އަންނަ ޖެނުއަރީމަހުން ފެށިގެން ނަފުސާނީ ބަލިތަކަށް ހިނގާ ހުރިހާ ޚަރަދެއް އާސަންދައިން ހަމަޖެއްސެވުމަށް ރައީސް ނިންމެވި
• މި ސަރުކާރުން ކަންކަން ކުރާނީ މާތްވެގެންވާ އިސްލާމްދީނާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް ރައީސް ވިދާޅުވި
• 2 އަހަރު ތެރޭގައި، ސޮވެރައިން ޑިވަލޮޕްމެންޓް ފަންޑު 2 މިލިޔަން ޑޮލަރުން 126 މިލިޔަން ޑޮލަރަށް އިތުރުކޮށްފައިވާކަން ރައީސް ހާމަކުރެއްވި
• އަންނަ އަހަރާ އެއްކޮށް ހުރިހާ ރަށެއްގައި ފިޓްނަސް ސެންޓަރުތައް ޤާއިމުކޮށް ނިމޭނެކަމަށް ރައީސް ވިދާޅުވި
• ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 101 ކުއްޖަކު އާއިލާތަކާއި ޙަވާލުކުރެވިއްޖެކަމަށް ރައީސް ވިދާޅުވި
• އެސްއީޒެޑް ޤާނޫނުގެ ތެރެއިން ލިބޭ އިންވެސްޓްމަންޓްތަކާއެކު އިޤްތިޞާދު ކުރިއަރައި، ސިންދަފާތުވެގެންދާނެކަމަށް ރައީސް ވިދާޅުވި
• 2 އަހަރުގެ ތެރޭގައި ފަތުރުވެރިކަމަށް 6223 އެނދު ނެރެފައިވާކަމަށް ރައީސް ވިދާޅުވި
• ދެ އަހަރުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ 333 މީހަކަށް ވަޒީފާ ދީފައިވާކަން ހާމަކުރެއްވި
• ސަރުކާރުން ދޫކުރާ 3 ކޮޓަރީގެ ފްލެޓްތަކުގެ ކުލި 10000 ރުފިޔާއަށްވުރެ ބޮޑު ނުވާނެކަމަށް ރައީސް ވިދާޅުވި

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އެހެނިހެން ދާއިރާތައް:
(15 ނޮވެންބަރު) އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، “ރެހެންދި އެވޯޑު” 15 މީހަކު ޙާސިލުކުރި ޚަބަރު ފާހަގަކޮށްލެވެއެވެ. (17 ނޮވެންބަރު) އަދި ހުޅުމާލޭގައި 12 ފަންގިފިލާއަށް އިމާރާތްކުރާ ދާރުއްސަލާމް ވަޤްފު ޢިމާރާތުގެ މަސައްކަތް އާރްސީސީއާ ހަވާލުކުރިއިރު، ގޫގުލްއިން ރާއްޖޭގައި ބައިނަލްއަޤްވާމީ ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނެއް ޤާއިމުކުރަން ނިންމާފައިވާކަން އިޢުލާންކުރީވެސް ނިމުނު ހަފުތާގައެވެ. (19 ނޮވެންބަރު) ހަމައެއާއެކު އއ. މާޅޮހުގައި ޢަބްދުއްރަޙްމާން މަރާލާފައިވާ މައްސަލާގައި 3 މީހެއްގެ މައްޗަށް ޤަޞްދުގައި މީހަކު މެރުމުގެ ދަޢުވާ އުފުލީވެސް ނިމުނު ހަފުތާގައެވެ.
(20 ނޮވެންބަރު) މީގެ އިތުރުން މޯލްޑިވްސް އިންޓަނޭޝަނަލް ފައިނެންޝިއަލް ސަރވިސަސް އޮތޯރިޓީ، މިފްސާގެ ސީއީއޯއަކަށް މެލޭޝިއާގެ މާލީ ތަޖުރިބާކާރެއްކަމަށްވާ ދާތޯ އިސްކަންދަރު އައްޔަންކޮށްފައިވާއިރު، ފާޓިލިޓީ ފަންޑުން އައިވީއެފް ހަދަން 50 ދެމަފިރިއަކަށް ފުރުސަތު ހުޅުވާލީ ނިމުނު ބުރާސްފަތި ދުވަހުއެވެ. ހަމަ އެ ދުވަހު މާލޭގައި ޤާއިމުކުރާ “ދާރުލްއަރްޤަމް” ވަޤުފް އިމާރާތުގެ ބިންގާވެސް އަޅާފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
ފަވަރަ ޔޫޕީއައި ގުޅާލުން: މި ނިޒާމު މަސައްކަތް ކުރަނީ ކިހިނެއް؟
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އިންޑިއާގައި ދިރިއުޅޭ އަދި ބޭސްފަރުވާއާއި ތައުލީމަށް އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ އިންތިޒާމު މަރުކަޒީ...
ވައިގެ ދަތުރުފަތުރުގެ އިތުރު ދެ އެއްބަސްވުމެއްގެ މަސައްކަތް ކުރިއަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށްޓަކައި، އިތުރު ދެ އެއަރ ސަރވިސް އެގްރީމެންޓެއް އެކުލަވާލުމުގެ މަސައްކަތް...
