
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އިއްޔެގެ ހުކުރު ޚުޠުބާގައި ވަނީ އުޒުރަކާ ނުލައި ނަމާދު އެޅުމަކީ ﷲގެ ކޯފާ އަންނާނެ ކަމެއްކަމަށާއި، ނަމާދަކީ މުސްލިމެއްގެ އިސްލާމްކަން ދައްކުވައިދޭ މައިގަނޑު އަޅުކަން ކަމުގައި ވިދާޅުވެފައެވެ. ނަމާދަކީ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ކާމިޔާބީއަށް މަގުފަހިކޮށްދޭ އަޅުކަމެއް ކަމަށާއި، މުންކަރާތްތަކުން ދުރުކޮށްދޭ ވަސީލަތެއް ކަމަށް ޚުޠުބާގައި ބަޔާންކުރިއެވެ.
ބަލި ޙާލުގައްޔާއި، ދަތުރުފަތުރުގެ ތެރޭގައި، އަދި ހަނގުރާމައިގެ ވަގުތުގައިވެސް ނަމާދު ކުރުން ލާޒިމުކަމަށް ހަނދާންކޮށްދެއްވިއެވެ. ނަމާދު އެޅުމަކީ އިސްލާމްކަމާއި ކާފިރުކަމާ ވަކިކޮށްދޭ އިންކަމުގައި ސުންނަތުގައި އައިސްފައިވާކަން ފާހަގަކުރައްވައި، ބައެއް މީހުން ރަމަޟާން މަހު އެކަނި ނުވަތަ ހުކުރު ދުވަހު އެކަނި ނުވަތަ ބައެއް ނަމާދުތައް ކޮށް އަނެއްބައި ނުކޮށް ހަދާތީ، އެކަންކަމަކީ ފާފަވެރިވާނެ ކަންކަން ކަމުގައި ޚުޠުބާގައި އިންޒާރު ދެއްވިއެވެ. ކޮންމެ މުސްލިމަކުވެސް ނަމާދަށް ސަމާލުވެ، ނަފުސަށް ބަދަލު ގެނައުމަށް އަވަސްވުމަށް ގޮވާލެއްވިއެވެ. އަދި ނަމާދަކީ ކުރެވޭ ކުދި ފާފަތައް ފުއްސަވާދޭނެ އަޅުކަމެއްކަންވެސް ހަނދާންކޮށްދެއްވިއެވެ.
About Post Author
މާދަމާ ނިއުސް
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
ފަވަރަ ޔޫޕީއައި ގުޅާލުން: މި ނިޒާމު މަސައްކަތް ކުރަނީ ކިހިނެއް؟
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އިންޑިއާގައި ދިރިއުޅޭ އަދި ބޭސްފަރުވާއާއި ތައުލީމަށް އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ އިންތިޒާމު މަރުކަޒީ...
ވައިގެ ދަތުރުފަތުރުގެ އިތުރު ދެ އެއްބަސްވުމެއްގެ މަސައްކަތް ކުރިއަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށްޓަކައި، އިތުރު ދެ އެއަރ ސަރވިސް އެގްރީމެންޓެއް އެކުލަވާލުމުގެ މަސައްކަތް...
