
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަކީ، އިޖުތިމާޢީ ދާއިރާއިން ސަރުކާރުގެ އެންމެ ބޮޑު ވަޢުދެވެ. އަދި މިއީ ތަރައްޤީގެގޮތުން ރައްޔިތުންގެ އުއްމީދާއި އެންމެ ބޮޑަށް ގުޅިފައިވާ މަސައްކަތެވެ. ސަރުކާރުން މިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އިޢުލާނުކުރައްވާފައެވެ. “ބޯހިޔާވަހިކަން އެންމެންނަށް” މި ސިޔާސަތުގެ ފުރަތަމަ ސްކީމްގައި ހުޅުވާލާފައިވަނީ މާލެ ސަރަޙައްދުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމަށެވެ. މި ސްކީމްގައި ހިމަނައިގެން 15000 ގޯއްޗާއި 7500 ފްލެޓް ދޫކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. “3 ކޮޓަރީގެ ކުލި 10000 ރުފިޔާއަށްވުރެ ބޮޑެއް ނުވާނެ. ސަރުކާރުގެ ސިޔާސަތަކީ އާއިލީ ބޯހިޔާވަހިކަން ކޮންމެ އާއިލާއަކަށްވެސް ފޯރުވައިދިނުން.” ސަރުކާރުގެ ދެ އަހަރުގެ މަސައްކަތްތަކުގެ ތަފްސީލް ޙިއްސާކުރައްވަމުން ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ކުރިއަށް އޮތް 5 މަސް ދުވަހުގެތެރޭގައި ރަސްމާލެއިން ހިއްކާ ބިމުގައި މި ޢަދަދަށް ބޯހިޔާވަހިކަމަށް ބިން ދޫކުރެވޭވަރަށް ބިން ހިއްކާ ނިމޭނެކަމަށް ވިދާޅުވެފައެވެ. މާލެ ސަރަޙައްދުގެ ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރުމަށް އިތުރު ޑްރެޖަރުތައް ރާއްޖެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ރަސްމާލެއިން އެކަނިވެސް 1100 ހެކްޓަރުގެ ބިން ހިއްކައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ސަރުކާރުން ވަނީ ބޯހިޔާވަހިކަމަށް މާލީ އެހީތެރިކަން ދިނުމަށް ބީއެމްއެލްއިން އުފައްދާފައިވާ ސަބްސިޑަރީ ކުންފުންޏާ 3000 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތަށް ބިން ހަވާލުކޮށްފައެވެ. މީގެތެރޭގައި ހިމެނެނީ ވިލިމާލޭފައި ތަރައްޤީކުރާ 300 ހައުސިން ޔުނިޓާއި، ހުޅުމާލެ ފޭސް 1 އަދި 2 ހިމެނޭގޮތަށް ތަރައްޤީކުރާ 2700 ހައުސިން މަޝްރޫޢެކެވެ. ސަޢުދީ ފަންޑުން ވަނީ ހުޅުމާލޭގައި 400 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ލޯނު އެހީ ދީފައެވެ.
މާލެ ސަރަޙައްދުގައި ކުރީ ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ މަސައްކަތް ނިންމާ، ޙައްގުވެރިންނަން ޙަވާލުކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން 4000 ފްލެޓްގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅުން ދޫކުރަން ބުނި ގޯތީގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތްކޮށް އެ ބިންތައްވެސް އަންނަނީ ވެރިންނާ ހަވާލުކުރަމުންނެވެ. މިހާތަނަށް ގުޅިފަޅުން ގޯތި ލިބުނު 2200އަށްވުރެ ގިނަ މީހުންނާ ވަނީ ރަޖިސްޓްރީ ހަވާލުކޮށްފައެވެ.
މީގެއިތުރުން ހުޅުމާލެ ތިންވަނަ ފިޔަވަހީގެ މަސައްކަތްވެސް ސަރުކާރުން މިވަނީ އަލުން ފަށާފައެވެ. މި ފިހަވަހީގެ ދަށުން 63 ހެކްޓަރުގެ ބިން ހިއްކައެވެ. އަތޮޅުތެރޭގެ 57 ރަށުގައި 12000އަށްވުރެ ގިނަ ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ސަރުކާރުން ވަނީ އިޢުލާނުކުރައްވާފައެވެ. މީގެތެރެއިން 13 ރަށެއްގެ 825 ފްލެޓްގެ މަސައްކަތް ހަވާލުކޮށްފައިވާއިރު، ދެން ހިމެނޭ މަޝްރޫޢުތަކަށް ކޮންޓްރެކްޓަރުން ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
ފަވަރަ ޔޫޕީއައި ގުޅާލުން: މި ނިޒާމު މަސައްކަތް ކުރަނީ ކިހިނެއް؟
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އިންޑިއާގައި ދިރިއުޅޭ އަދި ބޭސްފަރުވާއާއި ތައުލީމަށް އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ އިންތިޒާމު މަރުކަޒީ...
ވައިގެ ދަތުރުފަތުރުގެ އިތުރު ދެ އެއްބަސްވުމެއްގެ މަސައްކަތް ކުރިއަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށްޓަކައި، އިތުރު ދެ އެއަރ ސަރވިސް އެގްރީމެންޓެއް އެކުލަވާލުމުގެ މަސައްކަތް...
