
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ޞިއްޙީ ދާއިރާގައި ކުރިއަށްގެންދާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއެކު ކުރިއަށް އޮތް 20 އަހަރަށް ޢުމްރާނީގޮތުން ސިއްޙީ ދާއިރާއަށް ދަތިކަމެއް ނާންނާނެކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ ޞިއްޙަތާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން އެކަނިވެސް 160 އަށްވުރެ ގިނަ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާކަމަށެވެ. އަތޮޅުތަކުގެ ރަށްރަށުގެ ޞިއްޙީ ޚިދުމަތް ފުޅާކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ޖާގައިގެ ދަތިކަމެވެ. ދުވަސްވެ ބާވެފައިވާ ޢިމާރާތްތަކެވެ. ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ކުރައްވާ ކޮންމެ ދަތުރުފުޅެއްގައި ރަށްރަށުގެ ރައްޔިތުން މިކަމުގެ ކަންބޮޑުވުން ހިއްސާކުރައްވައެވެ. އެހެންކަމުން މިކަމަށް ހައްލެއް ގެނައުމަށް މިދިޔަ ދެއަހަރު ތެރޭގައި ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތްވަނީ ހަވާލުކޮށްފައެވެ.
ޕީއެސްއެމްނިއުސްގެ “ހަފްތާ 104” ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ ޞިއްޙީ ދާއިރާގައި މިވަގުތު ޢުމްރާނީ ތަރައްޤީގެ 165 މަޝްރޫޢު ޞިއްޙީ ވުޒާރާގެ ބެލުމުގެ ދަށުން ހިންގަމުންދާކަމަށެވެ. އަދި މި މަސައްކަތް ނިމިގެންދާއިރު އަތޮޅުތަކުގެ ސިއްޙީ ނިޒާމަށް ކުރިއަށް އޮތް 20 އަހަރަށް ބޭނުންވާ ޢުމްރާނީ ވަޞީލަތްތައް ޤާއިމުކުރެވިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

“އެކި މަރުޙަލާތަކުގައި 160 އަށްވުރެ ގިނަ މަޝްރޫޢުތައް ހަމައެކަނި ހެލްތު މިނިސްޓްރީގެ ދަށުން އެބަ ކުރިއަށްދޭ. އަދި ފެށުމުގެ މަރުޙަލާގައި 25 ހަކަށް މަޝްރޫޢުއެބައުޅޭ. މި ޕްރޮޖެކްޓުތައް ނިމިގެންދާއިރު ކުރިއަށްއޮތް 10 ވަރަކަށް 20 ވަރަކަށް އަހަރުދުވަހަށް، އިރާދަކުރެއްވިއްޔާ އަތޮޅުތަކުގެ އިންފްރާސްޓްރަކްޗަރއަށް ދަތިކަމެއް ނާންނާނެ. އެމިސްރާބުގައި ރައީސް އަޅުގަނޑުމެނަށް އިރުޝާދުދެއްވަމުންދަނީ.” ވަޒީރު ވިދާޅުވިއެވެ.
ރަށްރަށުގެ ޞިއްޙީ ޚިދުމަތް ހަރުދަނާކުރުމަށް ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ އެކްސްޓެންޝަން ޢިމާރާތްތަކުގެ މަސައްކަތާއި، ފަރުވާ ފުޅާކުރުމަށް އައު ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތްއަންނަނީ ކުރަމުންނެވެ. މީގެއިތުރުން ރީޖަނަލް ހޮސްޕިޓަލްތައް އިތުރަށް ތަރައްޤީކުރުމާއި އަރބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްޤީކުރާ ސަރަޙައްދުތަކުގައި ހޮސްޕިޓަލްތަކުގެ ފެންވަރު އިތުރަށް މަތިކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. ހަމައެއާއެކު ހޮސްޕިޓަލްތަކަށް ބޭނުންވާ ވަޞީލަތްތަކާއި އިންސާނީ ވަޞީލަތްތައް ހަމަކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އެގޮތުން ލެބޯޓްރީގެ ޚިދުމަތާއި، ސީޓީ ސްކޭނާއި، އެމްއާރްއައި އަދި އެކްސްރޭގެ ޚިދުމަތާއި، މެމޮގްރަފީ އަދި ޑަޔަލިސިސްގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
ފަވަރަ ޔޫޕީއައި ގުޅާލުން: މި ނިޒާމު މަސައްކަތް ކުރަނީ ކިހިނެއް؟
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އިންޑިއާގައި ދިރިއުޅޭ އަދި ބޭސްފަރުވާއާއި ތައުލީމަށް އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ އިންތިޒާމު މަރުކަޒީ...
ވައިގެ ދަތުރުފަތުރުގެ އިތުރު ދެ އެއްބަސްވުމެއްގެ މަސައްކަތް ކުރިއަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށްޓަކައި، އިތުރު ދެ އެއަރ ސަރވިސް އެގްރީމެންޓެއް އެކުލަވާލުމުގެ މަސައްކަތް...
