
(ފޮޓޯ ކްރެޑިޓްސް: ވީއެމްސީ)
ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން ހަލާލު ޓޫރިޒަމް މޮޑެލްއަށް ޓޫރިސްޓް ރިސޯޓު ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދަން ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން އަނެއްކާވެސް އިއުލާންކޮށްފިއެވެ. ހަލާލު ނުވަތަ އިސްލާމިކް ޓޫރިޒަމަކީ މުސްލިމުންނަށް ޚާއްސަކޮށް އިސްލާމް ދީނުގެ އަސާސްތަކާއި ފުށުނާރާނެހެން، އެފަދަ އަސާސްތަކަށް އިސްކަންދީގެން ފަތުރުވެރިކަމުގެ ޚިދުމަތްތައް ދިނުމެވެ. ހަލާލު ޓޫރިޒަމް ކޮންސެޕްޓަށް ހިންގާ ތަންތަނުގައި ފަތުރުވެރިންނަށް ބޭނުންވާ އެކަހެރިކަމާއި، ހަލާލު ކެއުމާއި ބުއިންތައް ލިބެން ހުރުމާއެކު، އިސްލާމީ އާދަކާދައާ ފުށޫނާރާ ގޮތަށް މިތަންތަނުން ޚިދުމަތް ދެމުންދެއެވެ.
ދުނިޔޭގެ މުސްލިމް އެހެން ޤައުމުތަކޭ އެއްގޮތަށް މިހާރު ރާއްޖޭގައިވެސް ހަލާލު ޓޫރިޒަމް ތައާރަފްކޮށް މި ބާވަތުގެ ފަތުރުވެރިކަން އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން މިވަނީ ފަށާފައެވެ. އެގޮތުން ރާއްޖޭގެ 5 ސަރަހައްދު ކަމަށްވާ ހއ.އަތޮޅު، ހދ.އަތޮޅު، ށ.އަތޮޅު، ތ .އަތޮޅު، އަދި ލ.އަތޮޅުން 6 ރަށެއްގައި ހަލާލު ޓޫރިޒަމް ތަރައްޤީކުރުމަށް ކަނޑައަޅައި، މި ސަރަހައްދުތަކުގައި ހަލާލު ޓޫރިޒަމްގެ ކޮންސެޕްޓަށް ޓޫރިސްޓް ރިސޯޓު ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހުއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ހަލާލު ޓޫރިޒަމްގެ ދަށުން ރިސޯޓު ތަރައްޤީކުރުމަށް ތ. އަތޮޅު މާގުޅި މިހާރު ބަޔަކާ ހަވާލުކޮށްފައިވާ ކަމަށާއި، ދެން އޮތް 4 ސަރަހައްދަށް ބިލަން ހުށަހެޅުމަށް އަލުން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ހަލާލު ޓޫރިޒަމަށް ހުޅުވާލާފައިވާ ރަށްތައް
* ހއ. ބީނާފުށި (2.21 ހެކްޓަރުގެ ބިން، 100 އެނދު)
* ހއ. ކަނޑާލިފިނޮޅު (5.05 ހެކްޓަރުގެ ބިން، 100 އެނދު)
* ހދ. މަކުނުދޫ ފަރު (200 ހެކްޓަރުގެ ބިން، 150 އެނދު)
* ށ. ފުށިފަރު (4.34 ހެކްޓަރުގެ ބިން، 100 އެނދު)
* ލ. ފޮނަގާދޫ (8.18 ހެކްޓަރުގެ ބިން، 100 އެނދު)
މި 5 ރަށުގައި ހަލާލު ޓޫރިޒަމްގެ ކޮންސެޕްޓަށް ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިހާރު ވަނީ ބީލަމަށް ހުޅުވާލާފައެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 03 ފެބުރުވަރީ 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:00 އެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ރަށްތައް 50 އަހަރަށް ކުއްޔަށް ދޫކުރުމަށް ހަަމަޖެހިފައިވާ ކަމަށާއި، ކުއްޔަށް ދޫކުރެވޭ ހިސާބުން ފެށިގެން 36 މަސް ދުވަހުގެ ތެރޭގައި ރިސޯޓުތައް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށަން ޖެހޭނެ ކަމަށެވެ. އަދި މި ރިސޯޓުތައް ތަރައްޤީކުރުމަށް ބިން ހިއްކޭނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ރަށްރަށުގައި ހަލާލު ޓޫރިޒަމްގެ ކޮންސެޕްޓަށް ރިސޯޓުތައް ތަރައްޤީކުރުމަށް ދޫކުރާނީ ވަަރަށް ގިނަ ލުއިތަކާއެކު ކަމަށެވެ. އެގޮތުން، އޯޕަން ބިޑިންއަށް ހުޅުވާލާފައިވާ ރަށްތަކަށް އިކުއިޒިޝަން ފީ އާއި ކޯސްޓް 5 ނުވަތަ 6 އަހަރަށް ބަހާލައިގެން ދެއްކޭނެ ކަމަށާއި، މި ރަށްރަށުގެ ޑިއުޓީވެސް ކަނޑައަޅާފައިވަނީ %20 ހަމައަށް މައާފްކުރެވޭގޮތަށް ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން، ރިސޯޓު ތަރައްޤީކުރުމަށް ދީފައިވާ މުއްދަތު ނުވަތަ ގްރޭސް ޕީރިއަޑްގެ ކުރިން ރަށް ނުވަތަ ފަޅު އޮޕަރޭޓްކުރާ ހާލަތުގައި، އެދުވަހުން ފެށިގެން ގްރޭސް ޕީރިއެޑްގެ ބާކީ އޮތް މުއްދަތަށް އަރާ ބިމު ކުލި ފަސްކޮށްދިނުމުގެ ބަދަލުގައި އެއްކޮށް މަޢާފްކޮށްދިނުމަށް ނިންމާފައިވާ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ރަށްރަށުގައި ޓޫރިސްޓް ރިސޯޓް ތަރައްޤީކޮށް ހިންގަން ބޭނުންވާ ފަރާތްތަކަށް 09 ޑިސެންބަރު 2025 ވާ އަންގާރަ ދުވަހު އަދި 06 ޖަނަވަރީ 2026 ވާ އަންގާރަ ދުވަހުގެ 09:00 ގައި މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ބައްދަލުވުމުގައި ބައިވެރިވުމަށް 08 ޑިސެންބަރު 2025 ވާ ހޯމަ ދުވަހު އަދި 05 ޖަނަވަރީ 2026 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން އެ ވުޒާރާއަށް އީމެއިލް ކުރެެއްވުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން، ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމް އެވުޒާރާގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި، ބީލަން ފޮތް 23 ނޮވެންބަރު 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 02 ފެބުރުވަރީ 2026 ވާ ހޯމަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 13:00 އާ ދެމެދު ވުޒާރާ ރިސެޕްޝަނުން ލިބޭނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
