
(ފޮޓޯ ކްރެޑިޓްސް: ހައިޑްއަވޭ ބީޗް ރިސޯޓް އެންޑް ސްޕާ)
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ބޮޑުތިލަދުންމަތީގެ 13 ފަޅެއްގައި ޓޫރިސްޓް ރިސޯޓުތައް ތަރައްޤީކޮށް ހިންގާނެ ފަރާތްތައް ހޯދުމަށް އިއުލާންކޮށްފައެވެ. މިއީ ރާއްޖޭގެ އުތުރުގެ ސަރަޙައްދުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތެކެވެ. މިގޮތުން ހއ. ކެލާ، ހއ. މާދުނި، ހދ. މަކުނުދޫ، ހދ. މާފަރު އަދި ށ. ގޮނާގެ ފަޅުތަކުގައި ރިސޯޓު ހަދަން ހުޅުވާލާފައިވާއިރު، ކެލާ ފަޅު ފިޔަވައި އެހެން ހުރިހާ ފަޅެއްގައި 200 ހެކްޓަރުގެ ބިން ހިއްކައިގެން ރިސޯޓު ތަރައްޤީކުރެވޭނެއެވެ. ކޮންމެ ރިސޯޓެއްގައި މަދުވެގެން 150 އެނދު ހުންނަންޖެހޭނެއެވެ.
މި ފަޅުތައް 50 އަހަރަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާއިރު، ބިން ލިބޭތާ 35 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ފަށަންޖެހެއެވެ. ރިސޯޓު ތަރައްޤީކުރާ ފަރާތްތަކަށް ވަރަށް ގިނަ ލުއިފަސޭހަތަކެއް ވަނީ ދީފައެވެ. އޭގެތެރޭގައި ކެޕިޓަލް އިންވެސްޓްމަންޓްގެ %15 އާ ހަމައަށް ޑިއުޓީ މަޢާފްކޮށްދިނުމުގެ އިތުރުން، ރިސޯޓު ތަރައްޤީކުރުމަށް ގެންނަ ފަރުނީޗަރާއި، ކިޗަން އެޕްލައިންސް އަދި އިލެކްޓްރޯނިކް ސާމާނުން ޑިއުޓީ މަޢާފު ދިނުމަށް ވަނީ ނިންމާފައެވެ.
ބީލަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 03 ފެބްރުއަރީ 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އެވެ. ބީލަން ފޮތް 23 ނޮވެންބަރު 2025 އިން ފެބްރުއަރީ 2026 ވާ ހޯމަ ދުވަހުގެ ނިޔަލަށް ވުޒާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. މި މަޝްރޫޢާ ގުޅޭގޮތުން ޝައުގުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއާއި ޖަނަވަރީ މަހުގެ 6 ވަނަ ދުވަހު ދެ ވާރޗުއަލް ބައްދަލުވުމެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއެކު އުތުރުގައި ފަތުރުވެރިކަން އިތުރަށް ކުރިއަރާނެ ކަމަށް ރައްޔިތުން އުންމީދުކުރެއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
