
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ހައުސިން ޔުނިޓްތައް ތަރައްޤީ ކުރަނީ ވިޔަފާރީ އުސޫލުން އޮންނަ ހިރާސް އެންމެ ކުޑަކުރެވޭނެ ގޮތަށް ބަލައިގެން ކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ޕީއެސްއެމްގެ ހަފުތާ 104 ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ބީއެމްއެލް ސީއީއޯ ވަނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ބޭންކުން ކުރަމުންދާ މަސައްކަތްތަކަސް އަލިއަޅުވާލައްވާފައެވެ. އެމްއެމްއޭގެ ޤަވާއިދުތަކާ އެއްގޮތަށް، ބީއެމްއެލްއިން ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ފައިނޭންސްކޮށް މަޝްރޫޢުތައް ހިންގުމަށް ބީއެމްއެލް އެފޯޑަބަލް ހޯމް ލީޒިން ފްރައިވެޓް ލިމިޓެޑްގެ ނަމުގައި ސަބްސިޑަރީ ކުންފުންޏެއް އުފައްދާފައެވެ. އެކުންފުނިން މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމަށް 3000 ޔުނިޓް ތަރައްޤީކުރުމަށް ނިންމާ ސަރުކާރާއެކު އެއްބަސްވުމެއްގައި މިހާރު ވަނީ ސޮއިކޮށްފައެވެ.
މި މަޝްރޫޢު ކުރިއަށްގެންދަނީ މިދިޔަ މަހުގެ 5ވަނަ ދުވަހު ވަޒީރުގެ މަޖިލީހުން ނިންމެވި، ރައްޔިތުންގެ މެދުގައި ބޯހިޔާވަހިކަމަށް ކެރިފޯރުންތެރިކަން އިތުރުކުރުމަށްޓަކައި، ނެޝަނަލް ހައުސިންގ އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫޢުގެ ދަށުންނެވެ. މިއީ މާލީ އިދާރާތަކުގެ އެހީތެރިކަމާއެކު ބޯހިޔާވަހިކަމުގެ ޔުނިޓުތައް ތަރައްޤީކޮށް، ލީޒް-ޓު-އޯން މޮޑެލްއެއްގެ ދަށުން އާންމު ރައްޔިތުންނަށް އެ ޔުނިޓުތައް މިލްކުރެވޭ ނިޒާމެވެ. ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ މިމަސައްކަތް ކުރުމަށް ބޭންކުން ނިންމީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ. އޭނާ ވިދާޅުވީ ލޯނު ދިނުމަކީ ބޭންކުގެ ވިޔަފާރީގެ އެއް ބައި ކަމަށްވާއިރު ބޭންކުން އެއްވެސް މަސައްކަތެއް ކުރުމުގެ ކުރިން ވަރަށް ގިނަ ކަންކަމަށް ބަލާނެ ކަމަށެވެ. އަދި މިމަސައްކަތް ކުރުމަށްވެސް ނިންމީ އެގޮތަށް ބެލުމަށް ފަހު ކަމަށް ޝަރީފް ވިދާޅުވިއެވެ.
އޭނާ ވަނީ ހައުސިން ލީސިންގް ކުންފުނީގެ ދަށުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިއަށް ގެންދަނީ ބޭންކަށް އެކަމުން ވީހާވެސް ބޮޑަށް ގެއްލުން ކުޑަވާ ގޮތަށް ކަމަށެވެ. އަދި މިއީ ބޭންކުގެ ވިޔަފާރީގެ ތެރޭ ހިމެނޭ މަސައްކަތެއް ކަމަށް ކަމަށް ޝަރީފް ވިދާޅުވިއެވެ. ” މިއީ ހަމަ އެމްއެމްއޭ ޤަވާއިދުތަކާއި ބޭންކިން ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް އަދި ކޮމާޝަލީ ބަލާއިރު ބޭންކަށް އެންމެ ރިސްކު ކުޑަކޮށް އަދި އަގުހެޔޮ ކުރެވޭނެ ގޮތަށް ބައްޓަން ކުރެވިފައި އޮތް ޕްރޮޑަކްޓެއް. އެއީ ބޭންކުގެ ވިޔަފާރީގެ ބައެއް. އެކަން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ.” ޝަރީފް ވިދާޅުވިއެވެ. ބޭންކް އޮފް މޯލްޑިވްސްގެ ސަބްސިޑަރީ ކުންފުނި، އެފޯޑަބަލް ހޯމް ލީޒިންގ ޕްރައިވެޓް ލިމިޓެޑުން ކޮންޓްރެކްޓަރެއް މެދުވެރިކޮށް މިތަންތަން ތަރައްޤީކުރުމަށް ފަހު، ދޫކުރާނީ ކުލި ދައްކައިގެން މިލްކު ކުރެވޭ ގޮތަށެވެ. ބީއެމްއެލްއިން ވިދާޅުވީ ސަރުކާރުން ހިލޭ ބިން ދިނުމުގެ ސަބަބުން މިސްކީމުގެ ދަށުން ތަރައްޤީ ކުރާ ހައުސިން ޔުނިޓްތައް ރައްޔިތުންނަށް އަތްފޯރާ އަގެއްގައި ދޫކުރުމަށް މަގުފަހިވާކަމަށެވެ.
މި ސްކީމުގެ ދަށުން 3000 ޔުނިޓް ތަރައްޤީ ކުރަނީ ވިލިމާލެ އަދި ހުޅުމާލެ ފޭސް 1 އަދި ފޭސް 2ގައެވެ. އެއީ ވިލިމާލޭގައި 300 ހައުސިން ޔުނިޓް އަދި ހުޅުމާލޭގެ ދެ ފިޔަވަހީގައި ޖުމުލަ 2700 ހައުސިން ޔުނިޓެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
