
މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ (މިފްސާ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމަށް ދާތޯ އިސްކަންދަރު މުޙައްމަދު ނޫލީ ޢައްޔަންކުރައްވައިފިއެވެ. އޭނާއަކީ މާލީ ޚިދުމަތް ބަލަހައްޓާ އިދާރާތަކުގައި، ޚާއްސަގޮތެއްގައި އޮފްޝޯ މާލީ ޚިދުމަތްތަކުގެ ދާއިރާއިން 30 އަހަރަށްވުރެ ދިގު ތަޖުރިބާއެއް ލިބިފައިވާ ބޭފުޅެކެވެ. މެލޭޝިއާގެ މާލީ އިދާރާތަކުގައި އިސް މަޤާމުތައް ފުރުއްވައި، ލަބުއާން ފައިނޭންޝަލް ސަރވިސް އޮތޯރިޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވެއެވެ.
މިފްސާއަކީ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ (އެމް.އައި.އެފް.ސީ) ތަރައްޤީކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އުފައްދާފައިވާ އިދާރާއެކެވެ. މި އަހަރުގެ ކުރީކޮޅު ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ގުޅިގެން ފެށި އެމް.އައި.އެފް.ސީ. އަކީ ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ރާއްޖޭގެ އިޤްތިސާދު ތަފާތު ދާއިރާތަކަށް ފުޅާކުރުމަށް 8.8 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއް ހިމެނޭ ތާރީހީ މަޝްރޫއެކެވެ. މުޅިން ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ފަރުމާކޮށްފައިވާ މި ފައިނޭންޝަލް ފްރީޒޯނުގެ މަޤްސަދަކީ ދުނިޔޭގެ މާލީ އިދާރާތަކާއި، ފިންޓެކް ދާއިރާގެ އީޖާދީ ފަރާތްތަކާއި، ވިޔަފާރިވެރިންނާއި، ޑިޖިޓަލް ހުނަރުވެރިން ރާއްޖެއަށް ގެނައުމެވެ. ސަރުކާރުން ވިދާޅުވަނީ މީގެ ސަބަބުން މާލެއަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައިވާ އެންމެ ކުރިއަރާފައިވާ ބައިނަލްއަޤުވާމީ ވިޔަފާރީގެ އަދި މާލީ މަރުކަޒަށް ވެގެންދާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
“ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އަމިއްލައަށް އިސްނަގައިގެން...
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ ނަތީޖާ: ތިނަދޫގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި
(ފޮޓޯ ކްރެޑިޓްސް: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގދ. ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ލެޕަރޮސްކޯޕިކް...
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ޓައިމް ރިލީޒް...
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސް %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ...
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ސްޕޭސްއެކްސް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ...
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
