
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ އެސްއީޒެޑް ޤާނޫނަށް ޒަމާނީ ބަދަލުތަކެއް ގެނެސްފައިވާކަމަށާއި، މިހާރު ފުރަތަމަ މަޝްރޫޢަށް ދާދި އަވަހަށް ލައިސެންސް ދޫކުރެވޭނެ ކަމަށެވެ. 2014 ވަނަ އަހަރު ފ. އަތޮޅު މަޝްރޫޢަށް އަމާޒުކޮށް ފުރަތަމަ ފަހަރަށް އެކުލަވާލި މި ޤާނޫނު، އެ މަޝްރޫޢު ހުއްޓުވުމާއެކު ކުރީ ސަރުކާރުން ފަސްއަޅާލެވުނުކަމަށާއި، އޭގެ 10 އަހަރު ފަހުން މިހާރުގެ ސަރުކާރުން ޒަމާނާ އެއްގޮތްވާގޮތަށް މި ޤާނޫނަށް އިސްލާޙު ގެނެސްފައިވާކަމަށް ވަޒީރު ސަޢީދު ފާހަގަކުރެއްވިއެވެ.
މި އިސްލާޙުތަކާއެކު ރާއްޖޭގައި 10 ބާވަތުގެ އެސްއީޒެޑް ހިންގުމުގެ ފުރުސަތު ހުޅުވިފައިވާއިރު، ބޮޑެތި ރިއަލް އެސްޓޭޓް ވިޔަފާރިތައް ރާއްޖެއަށް ތަޢާރަފްކުރުމަށް “ސަސްޓެއިނަބަލް ޓައުންޝިޕް” ގެ ނަމުގައި މަޝްރޫޢުތައް ތަޢާރަފްކުރެވެއެވެ. މިފަދަ މަޝްރޫޢުތަކުގައި މަދުވެގެން 500 މިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓަކާއި، ބޭނުންވާ ހަކަތައިގެ 60 އިންސައްތަ އިޔާދަކުރަނިވި ހަކަތައިން އުފައްދާނެ ނިޒާމަކާއި، ބައިނަލްއަޤްވާމީ ފެންވަރުގެ ޞިއްޙީ ނުވަތަ ތަޢުލީމީ މަރުކަޒެއް އަދި ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ބާވަތެއް ދެމެހެއްޓެނިވިކޮށް އުފެއްދޭނެ ނިޒާމެއް ހުންނަންޖެހޭނެއެވެ.
ވަޒީރު ވިދާޅުވީ މިފަދަ މަޝްރޫޢުތަކަކީ ރާއްޖޭގެ ރިއަލް އެސްޓޭޓް ވިޔަފާރިއަށް ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދީ، ފަތުރުވެރިކަމަށް ރާއްޖޭގެ އިޤްތިޞާދު ބަރޯސާވެފައިވާ މިންވަރު ކުޑަކޮށް، އިޤްތިޞާދު ސިންދަފާތުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށެވެ. މިހާރު ފުރަތަމަ އެސްއީޒެޑް ލައިސެންސް ދިނުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، ކުރިއަށް އޮތް ދެތިން ހަތަރު މަސް ތެރޭގައި އެއް ޕްރޮޖެކްޓެއް ފެށި، ނުވަތަ ލައިސެންސް ދޫކުރެވޭނެކަމަށް އުއްމީދު ކުރައްވާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. ރިއަލް އެސްޓޭޓް މާކެޓް ތަރައްޤީކުރުމަށް ބާރުދިނުމުގެ ގޮތުން “ޕާލް ވިސާ ޕްރޮގްރާމް” ގެ ނަމުގައި ރެޒިޑެންޝަލް ވިސާ ޕްރޮގްރާމެއްވެސް ކުރިއަށްގެންދާނެކަން ވަޒީރު ސަޢީދު ފާހަގަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
