
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އދގެ އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އިދާރާ، އައިއޭއީއޭގެ ގަވަނަރުންގެ ބޯޑުން, އީރާނުން އައިއޭއީއޭއަށް އެއްބާރުލުންދީ މަޢުލޫމާތު ޙިއްޞާކުރަން މަޖުބޫރުކުރުވަން ޤަރާރެއް ފާސްކޮށްފިއެވެ. މިދިޔަ ޖޫން މަހުގެ ތެރޭގައި ޔަހޫދީންނާއި އެމެރިކާއިން އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާ ދިން ފަހުން އައިއޭއީއޭއިން އެ މަރުކަޒުތައް ބަލައި ފާސްކުރުމުގެ ފުުރުޞަތު އީރާނުން ދީފައެއް ނުވެއެވެ. 35 ޤައުމުގެ ގަވަނަރުންގެ މައްޗަށް އެކުލެވޭ މި ބޯޑުގެ ސިއްރު ބައްދަލުވުމެއްގައި ފާސްކުރި ޤަރާރުގެ މައިގަނޑު މަޤްސަދަކީ އީރާނުގެ ނިއުލްލިޔަރ ޙަރަކާތަށް ފާރަވެރިވުމުގައި އައިއޭއީއޭގެ ދައުރު އިތުރުކޮށް އަދާހަމަ ކުރުމެވެ. އޭގެ އިތުރުން އައިއޭއީއޭއަށް އެއްބާރުލުންދީ، އެ އިދާރާއިން އެދޭ މައުލޫމާތު އަވަސްގޮތެއްގައި ފޯރުކޮށްދޭން ޖެހޭ ކަމަށް ވެސް އެ ޤަރާރުގައި ބަޔާންކޮށްފައިވެއެވެ. އީރާނުން ފައްކާކޮށްފައިވާ ޔުރޭނިއަމްއާއި މިދިޔަ ޖޫން މަހުގެ ތެރޭގައި އެމެރިކާއިން ބޮން އަޅާފައިވާ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު އެ ޤައުމުން މިހާރުން މިހާރަށް ޙިއްޞާކުރަން ޖެހޭ ކަމަށް ޤަރާރުގައި ބުނެފައިވެއެވެ.
އީރާނުން އަބަދު ވެސް ބުަނަމުން ދަނީ އެ ޤައުމުގެ ނިއުކްލިޔަރ މަޝްރޫޢުއަކީ ޞުލްޙަވެރި މަޝްރޫޢުއެއް ކަމަށެވެ. އެމެރިކާއާއި ވިލާތުގެ ތިން ބާރު ކަމަށްވާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތުން އެ ޤަރާރު ހުށަހެޅުމުގެ ކުރިން އީރާނުން ވަނީ އެ ފަދަ ޤަރާރެއް ފާސްކޮށްފި ނަމަ އީރާނުން އައިއޭއީއޭއަށް އެއްބާރުލުން ދެމުންދާ ދިޔުމަށް ނޭދެވޭ އަސަރު ކުރާނެ ކަމުގެ އިންޒާރު ދީފައެވެ. އެމެރިކާއާއި ވިލާތުގެ ތިން ބާރުން ގަވަރުނަރުންގެ ބޯޑަށް ހުށަހެޅި ބަޔާނެއްގައި ބުނީ އީރާނުގެ ނިއުކްލިޔަރ ޙަރަކާތުގެ މަޤްސަދަކީ ޞުލްޙަވެރި މަޤްސަދެއްތޯ ބެލުމަށް އައިއޭއީއޭއިން ކުރާ މަސައްކަތާ ގުޅިގެން އުފެދިފައިވާ މައްސަލަތައް އީރާނުން ވަގުތުން ވަގުތަށް ޙައްުލުކުރަން ޖެހޭ ކަމަށެވެ. އައިއޭއީއޭއަށް އެއްބާރުލުން ދީ ނިއުކްލިޔަރ ޙަރަކާތާ ގުޅޭ ތަންތަން ބަލައި ފާސްކުރުމަށް އެ އިދާރާއަށް ފުރުޞަތު ދީ، އައިއޭއީއޭއިން ކުރާ ސުވާލުތަކަށް ޖަވާބުދާރީވެ، ނިއުކްލިޔަރ ޙަރަކާތަށް ފާރަވެރިވުމަށް މިހާރުން މިހާރަށް ފުރުޞަތު ދޭން ޖެހޭ ކަމަށް ވެސް ބަޔާނުގައި ބުުނެފައިވެއެވެ. އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުއަށް ބައިނަލްއަޤްވާމީ އިތުބާރު ހޯދޭނީ އައިއޭއީއޭގެ މަސައްކަތްތަކާއި ޒިންމާތައް ޢަދާ ކުރުމަށް އެ އިދާރާއަށް ފުރުޞަތު ދީގެން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ގަވަރުނަރުންގެ ބޯޑުން އެ ޤަރާރު ފާސްކޮށްފައި ވަނީ އެ ޤަރާރާ އެއްކޮޅަށް 19 ޤައުމަކުން ވޯޓު ދީގެންނެވެ. އެ ހުށަހެޅުމާ ދެކޮޅަށް ތިން ޤައުމަކުން ވޯޓު ދީފައިވެއެވެ. އެއީ ރަޝިޔާއާއި ޗައިނާއާއި ނީޖެޔާއިންނެވެ. 12 ޤައުމަކުން ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ.
About Post Author
މާދަމާ ނިއުސް
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
ފަވަރަ ޔޫޕީއައި ގުޅާލުން: މި ނިޒާމު މަސައްކަތް ކުރަނީ ކިހިނެއް؟
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އިންޑިއާގައި ދިރިއުޅޭ އަދި ބޭސްފަރުވާއާއި ތައުލީމަށް އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ އިންތިޒާމު މަރުކަޒީ...
ވައިގެ ދަތުރުފަތުރުގެ އިތުރު ދެ އެއްބަސްވުމެއްގެ މަސައްކަތް ކުރިއަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށްޓަކައި، އިތުރު ދެ އެއަރ ސަރވިސް އެގްރީމެންޓެއް އެކުލަވާލުމުގެ މަސައްކަތް...
