
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީންގެ ނިރުބަވެރި ފައުޖުން ހިންގަމުންދާ ޖަރީމާތައް އިތުރުވެ، އެތައް ބަޔަކު ޝަހީދުކޮށްލައިފިއެވެ. ފަލަސްޠީނުގެ ސިއްޙީ ވުޒާރާއިން ބުނީ، ހުޅަނގު އައްސޭރީގެ ޜާމަﷲއަށް ޔަހޫދީން ބަޑިން ޙަމަލާދީ ދެ ޒުވާނުން ޝަހީދުވެފައިވާ ކަމަށެވެ. އުމުރުން 16 އަހަރާއި 18 އަހަރުގެ ދެ ޒުވާނުން ޝަހީދުވެފައިވަނީ އެ ޙަމަލާގައި ލިބުނު ޒަޚަމްތަކަށް ހަސްފަތާލުގައި ފަރުވާދެމުންދަނިކޮށް ކަމަށް އެ ވުޒާރާއިން ބުންޏެވެ. މަންޒަރުދުށް މީހުންނާ ޙަވާލާދީ ފަލަސްޠީނުގެ ވަފާ ނޫހުން ބުނީ، ޔަހޫދީންގެ ނިރުބަވެރު ފައުޖުތައް ހަތިޔާރާއެކު ހުޅަނގު އައްސޭރީގެ އެކި ސަރަޙައްދުތަކުގައި ހަރަކާތްތެރިވެ، ޢާއްމުންނަށް ޙަމަލާ ދެމުންދާ ކަމަށެވެ.
ފާއިތުވި ދުވަސްތަކުގައި ހުޅަނގު އައްސޭރީގައި ޔަހޫދީން ހިންގަމުންދާ ޖަރީމާތައް ވަނީ އިތުރުކޮށްފައެވެ. ރޮއިޓަރސް ނޫހުން ބުނި ގޮތުގައި، ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި، ޔަހޫދީންގެ ނިރުބަވެރި އަސްކަރިއްޔާއިން ވަނީ ފަލަސްޠީނުގެ 18 އަހަރުން ދަށުގެ ހަ ކުޑަކުދިން ޝަހީދުކޮށްލައިފައެވެ. އަދި އެ ސަރަޙައްދުގައި ދިރިއުޅޭ ހައްދުފަހަނައެޅި ޔަހޫދީ ވަޒަންވެރިން ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ގެދޮރުގައި ހުޅުޖަހައި، މުދަލަށް ވެސް ބޮޑެތި ގެއްލުންތައް ދީފައެވެ. ހުޅަނގު އައްސޭރީގައި ޔަހޫދީންގެ އަނިޔާވެރިކަން އިތުރުވެފައިވާއިރު، ޔަހޫދީންގެ ހަތަރު މީހުންނާ ދެކޮޅަށް ސިންގަޕޫރުން ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ.
ސިންގަޕޫރުގެ ޚާރިޖީ ވުޒާރާއިން ބުނީ، ހުޅަނގު އައްސޭރީގައި ހިންގާފައިވާ ޖަރީމާތަކާ ގުޅިގެން އެ ހަތަރު މީހުންނަށް ސިންގަޕޫރުގައި މާލީ މުޢާމަލާތްތައް ހިންގުން މަނާކުރުމުގެ އިތުރުން، އެ ޤައުމަށް އެތެރެވުންވެސް މަނާކޮށްފައިވާ ކަމަށެވެ. ވިލާތުގެ ޤައުމުތަކުގެ އިއްތިޙާދު، އީޔޫން ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ މި ހަތަރު މީހުންނަކީ، ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ރައްޔިތުންނަށް ޙަމަލާދީ، ގެދޮރާއި މުދަލަށް ގެއްލުން ދިނުމުގައި ޙަރަކާތްތެރިވާ ޔަހޫދީންގެ ގުރޫޕުތަކުގެ އިސް މީހުންނެވެ. މީގެ އިތުރުން، ސިންގަޕޫރުން ވަނީ ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަންނާނެކަމުގެ އިޝާރާތެއް ވެސް މި ހަފްތާގެ ތެރޭގައި ދީފައެވެ.
About Post Author
މާދަމާ ނިއުސް
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
ފަވަރަ ޔޫޕީއައި ގުޅާލުން: މި ނިޒާމު މަސައްކަތް ކުރަނީ ކިހިނެއް؟
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އިންޑިއާގައި ދިރިއުޅޭ އަދި ބޭސްފަރުވާއާއި ތައުލީމަށް އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ އިންތިޒާމު މަރުކަޒީ...
ވައިގެ ދަތުރުފަތުރުގެ އިތުރު ދެ އެއްބަސްވުމެއްގެ މަސައްކަތް ކުރިއަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށްޓަކައި، އިތުރު ދެ އެއަރ ސަރވިސް އެގްރީމެންޓެއް އެކުލަވާލުމުގެ މަސައްކަތް...
