
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސޫރިޔާގެ ދެކުނުގެ ސަރަޙައްދުތަކަށް އަރައިގަނެފައިވާ ޔަހޫދީ ސިފައިން ހަރަކާތްތެރިވަމުންދާ ސަރަޙައްދަކަށް ޒަޔަނިސްޓު ދައުލަތުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ދިޔުމުން ސޫރިޔާގައި ވެރިކަން ކުރާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ސަރުކާރުން އެ ކަން ކުށްވެރި ކޮށްފިއެވެ. އެޗްޓީއެސުން ސިފަކުރި ގޮތުގައި ނަތަންޔާހޫގެ އެ އަމަލަކީ، ސޫރިޔާގެ ސިޔާދަތީ މިނިވަން ކަމާއި އިސްތިޤުލާލަށް އަރައިގަތުމުގެ ކުށެކެވެ. ޔަހޫދީ ސިފައިން ސޫރިޔާގެ ދެކުނުގެ ބައެއް ބިންތަކަށް އަރައިގަނެ، އެ ސަރަޙައްދުތަކަށް ވެރިވެގަނެފައި ވަނީ 2024ވަނަ އަހަރުގެ ޑިސެންބަރު މަހުއެވެ. ޔަހޫދީ ސިފައިން ސޫރިޔާއަށް ފޮނުވާފައި ވަނީ، ނިރުބަވެރި ޖަމާޢަތެއް ކަމުގައިވާ އެޗްޓީއެސްގެ ހަނގުރާމަވެރިން ދިމިޝްޤަަށް އަރައި، އިންތިޚާބީ ރައީސް ބައްޝާރް އަލް-އަސަދުގެ ވެރިކަން ނިމުމަކަށް ގެނައުމާ އެކުގައެވެ. އެއީ، ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ. އެއަށް ފަހު، ސޫރިޔާގައި އިންތިޤާލީ ގޮތުން ވެރިކަން ހިންގަމުން ދަނީ އެޗްޓީއެސްގެ ސަރުކާރަކުންނެވެ. އަދި، ރައީސަކީ އެ ޖަމާޢަތުގެ ވެރިޔާ އަޙްމަދު އަލް-ޝަރާޢެވެ.
ސޫރިޔާގެ ދެކުނަށް ޔަހޫދީ ސިފައިން ފޮނުވައި ޢަތްގަދަ ކޮށްފައިވާ ބައެއް ބިންތަކުގެ ތެރޭގައި އެކުވެރި ދައުލަތްތައް (އދ)ގެ ސުލްޙަ ބަލަހައްޓާ ފައުޖުން ބަލަހައްޓަމުން ދިޔަ ސަރަޙައްދުތައް ވެސް ހިމެނެއެވެ. އޭގެ ތެރޭގައި، ސޫރިޔާއާއި އެ ޤައުމުގެ އަލް-ޖޫލާންގެ އުސްބިންތައް ގުޅޭ ސަރަޙައްދުތައް ހިމެނެއެވެ. އަލް-ޖޫލާނަކީ ވެސް ޔަހޫދީން ވެރިވެގަނެފައިވާ ސޫރިޔާގެ ބިމެކެވެ. އެ ސަރަޙައްދުތަކަށް ފޮނުވާފައިވާ ޔަހޫދީ ސިފައިންނާ ބައްދަލު ކުރުމަށް އަނިޔާވެރި ނަތަންޔާހޫ އެ ސަރަޙައްދަށް ދަތުރު ކޮށްފައިވާ ކަން އޭނާގެ އޮފީހުން ވަނީ ކަށަވަރު ކޮށްދީފައެވެ. މިއީ، އެ ސަރަޙައްދުގައި ދިރިއުޅޭ ދްރޫޒީ ދަރިކޮޅުގެ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ޔަހޫދީން ކަށަވަރު ކޮށްދޭނެ ކަމުގެ ޔަގީންކަން އެރުވުމުގެ ބޭނުމުގައި ކޮށްފައިވާ ދަތުރެއް ކަމުގައި އޭނާގެ އޮފީހުން ބުންޏެވެ.
ނަތަންޔާހޫ ހިންގާފައި އެ ވަނީ “ސޫރިޔާގެ ސިޔާދަތީ މިިނިވަން ކަމަށް އަރައިގަނެ، ސޫރިޔާގެ އެއްބައިވަންތަކަށް ނަގައިލުމުގެ އަމަލެއް” ކަމުގައި، އޭނާގެ ދަތުރު ކުށްވެރި ކުރަމުން އެޗްޓީއެސްގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުންޏެވެ. އަދި، އެއީ “ބަދަލު ނުކުރެވޭނެ ޙަޤީޤަތެއް” ކަމުގައި ވެސް އެޗްޓީއެސުން ސިފަ ކުރިއެވެ. މި ކަންބޮޑުވުންތަކަށް ޔަހޫދީ ސަރުކާރުން ރައްދުދީފައެއް ނެތެވެ. ސޫރިޔާގެ އަލް-ޖޫލާންގެ ބިންތަކަށް ޔަހޫދީ ސިފައިން އަރައިގަނެފައި ވަނީ 1967ވަނަ އަހަރުއެވެ. އަދި، އެއަށް ފަހު ޔަހޫދީން ވަނީ އެ ބިންތައް ފޭރިގަނެފައެވެ. ނަމަވެސް، އެއީ ޔަހޫދީންގެ ބިންތަކެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގަނެފައެއް ނުވެއެވެ. އެ ކަމަށް ތާޢީދު ކުރާ ހަމައެކަނި ޤައުމުތަކަކީ ޔަހޫދީންގެ މަދަދުގާރުންނެވެ.
ޔަހޫދީ ނަތަންޔާހޫ ސޫރިޔާގެ ސަރުކާރުގެ އެއްވެސް ހުއްދައަކާ ނުލައި، އެ ޤައުމުގެ ސިޔާދަތީ މިނިވަން ކަމަށް އަރައިގަނެފައި މި ވަނީ، އެޗްޓީއެސްގެ ސަރުކާރާއި އެމެރިކާއާ ދެމެދު ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. މި ގޮތުން، އެޗްޓީއެސްގެ ޝަރާޢު ދާދި ފަހުން ވަނީ ވޮޝިންގްޓަނަށް ގޮސް، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރުގެ ގޮތުގައި ބެލެވޭ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލު ކޮށްފައެވެ. އަދި، ދެ ޤައުމުގެ ދެމެދުގައި ދޭދޭ ގުޅުންތައް ހަރުދަނާ ކުރުމަށް މަޝްވަރާ ކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
ފަވަރަ ޔޫޕީއައި ގުޅާލުން: މި ނިޒާމު މަސައްކަތް ކުރަނީ ކިހިނެއް؟
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އިންޑިއާގައި ދިރިއުޅޭ އަދި ބޭސްފަރުވާއާއި ތައުލީމަށް އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ އިންތިޒާމު މަރުކަޒީ...
ވައިގެ ދަތުރުފަތުރުގެ އިތުރު ދެ އެއްބަސްވުމެއްގެ މަސައްކަތް ކުރިއަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށްޓަކައި، އިތުރު ދެ އެއަރ ސަރވިސް އެގްރީމެންޓެއް އެކުލަވާލުމުގެ މަސައްކަތް...
