
(ފޮޓޯ ކްރެޑިޓްސް: ޝޯޝަލް މީޑިއާ)
ބަންގްލަދޭޝްގެ މެދުތެރޭ ސަރަޙައްދަކަށް އައި ބާރުގަދަ ބިންހެލުމަކާ ގުޅިގެން ތިން މީހަކު މަރުވެ، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމުވެފައިވާ ކަން އެ ޤައުމުގެ ފުލުހުންގެ އިދާރާއިން ހާމަކޮށްފިއެވެ. ބަންގްލަދޭޝްގެ މެދުތެރޭގައި އޮތް ނޮރޮސިންދީއަށް އައި ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑުން 5.7ގައެވެ. އެއީ، ވެރިރަށް ދާކާއާ 40 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ. ނޮރޮސިންދީއަށް އައި ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑުން 5.7ގައި ކަން، ބިމުގެ ހެލުންތައް ދިރާސާ ކުރާ ޖަރމަން ރީސަރޗް ސަރވިސް ފޯ ޖިޔޯސައިންސަސް (ޖީއެފްޒެޑު)ން ކަށަވަރު ކޮށްދިނެވެ. އެ އިދާރާއިން ބުނީ، ބިންހެލުން އައިސްފައި ވަނީ ބިމުގެ ސަތަހައިގެން ފެށިގެން 10 ކިލޯމީޓަރު ފުނަށް ކަމުގައެވެ. ނޮރޮސިންދީއަށް އައި ބިންހެލުމުގެ ލޮޅުންތަކުގެ އަސަރު، އަވައްޓެރި އިންޑިޔާގެ އުތުރުގެ ސަރަޙައްދުތަކަށް ވެސް ފޯރިއެވެ. ނަމަވެސް، ބިންހެލުމާ ގުޅިގެން އެ ޤައުމުގެ އެއްވެސް ސަރަޙައްދަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ކޮށްފައެއް ނެތެވެ.
ބިމުގެ ހެލުންތައް ދިރާސާ ކުރާ ޔޫއެސް ޖިޔޮލޮޖިކަލް ސަރވޭ (ޔޫއެސްޖީއެސު)ން ބުނީ، ނޮރޮސިންދީއަށް އައި ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑުން 5.5ގައި ކަމުގައެވެ. އަދި، ބިންހެލުމުގެ ލޮޅުންތަކުގެ އަސަރު ވެރިރަށް ދާކާއަށް ކޮށްފައިވާ ކަމުގައި ވެސް އެ އިދާރާއިން ރިޕޯޓު ކުރިއެވެ. އެ ސަރަޙައްދަށް ބިންހެލުން އައިސްފައި ވަނީ ހުކުރު ދުވަހުގެ ހެނދުނު ރާއްޖެ ގަޑިން 9:38ހާއިރެވެ. ބިންހެލުމާ ގުޅިގެން ލިބިފައިވާ ގެއްލުންތައް ވަޒަން ކުރުމަށް ބަންގްލަދޭޝްގެ ކަމާ ގުޅޭ އިދާރާތަކުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. ބިންހެލުމާ ގުޅިގެން ހިނގި ހާދިސާތަކުގައި ތިން މީހަކު މަރުވެ، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމުވެފައިވާ ކަން ބަންގްލަދޭޝްގެ ފުލުހުންގެ އިދާރާއިން ވަނީ ކަށަވަރު ކޮށްދީފައެވެ. މި ހާދިސާގައި ޢާންމުންގެ ގެދޮރާއި ޢުމްރާނީ ވަސީލަތްތަަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމުގައި ރިޕޯޓުތައް ބުނާއިރު، ބައެއް ގެދޮރު ވެއްޓިފައިވާ ކަމުގައި ވެސް ބަންގްލަދޭޝްގެ ނޫސްތަކުން ރިޕޯޓު ކުރިއެވެ. ނަމަވެސް، އެ ކަންކަމުގެ ތަފުސީލު ބަންގްލަދޭޝްގެ ކަމާގުޅޭ އިދާ ރާތަކުން އަދި މިހާތަނަށް ހާމަކޮށްފައެއް ނެތެވެ.
ބަންގްލަދޭޝަކީ ވަރަށް ހަރަކާތްތެރި ތިން ޓެކްޓޯނިކް ޕްލޭޓް ގުޅޭ ސަރަޙައްދެއްގައި އޮތް ޤައުމެކެވެ. އެއީ، އިންޑިޔާ، ޔޫރޭޝިޔާ އަދި ބަރްމާ ޓެކްޓޯނިކް ޕްލޭޓްތަކެވެ. ހުސްވި އޮކްޓޫބަރު މަހު ވެސް ބަންގްލަދޭޝްގެ ސަރަޙައްދުތަކަށް ބިންހެލުމެއް އައިސްގެން ރިޕޯޓު ކޮށްފައިވެއެވެ. އެ ޤައުމުގެ ބިންހެލުންތަކާ ބެހޭ އިދާރާ، ނޭޝަނަލް ސެންޓަރ ފޯ ސައިސްމޮލޮޖީން ބުނީ، އެ ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑުން 3.4ގައި ކަމުގައެވެ. ކޮންމެ އަކަކިލޯމީޓަރެއްގައި 300,000އެއްހާ މީހުން ދިރިއުޅޭ ދާކާއަކީ ދުނިޔޭގައި އޮތް އެންމެ ބައިބޯ އެއް ރަށެވެ.
About Post Author
މާދަމާ ނިއުސް
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
ފަވަރަ ޔޫޕީއައި ގުޅާލުން: މި ނިޒާމު މަސައްކަތް ކުރަނީ ކިހިނެއް؟
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އިންޑިއާގައި ދިރިއުޅޭ އަދި ބޭސްފަރުވާއާއި ތައުލީމަށް އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ އިންތިޒާމު މަރުކަޒީ...
ވައިގެ ދަތުރުފަތުރުގެ އިތުރު ދެ އެއްބަސްވުމެއްގެ މަސައްކަތް ކުރިއަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށްޓަކައި، އިތުރު ދެ އެއަރ ސަރވިސް އެގްރީމެންޓެއް އެކުލަވާލުމުގެ މަސައްކަތް...
