
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާއިން ސަޢުދީ ޢަރަބިއްޔާއަށް އެންމެ ފަހުގެ އެފް-35 އަސްކަރީ ޖެޓު ވިއްކި ނަމަވެސް ޔަހޫދީންނަށް ދެރައެއް ނެތް ކަމަށް ޔަހޫދީ ސަރުކާރުގެ ތަރުޖަމާނަކު ބުނެފިއެވެ. މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން ޒަމާނީ އެފް-35 އަސްކަރީ ޖެޓު ގެންގުޅެނީ ހަމައެކަނި ޔަހޫދީންނެވެ. އެފް-35 ޖެޓަކީ މިހާތަނަށް އުފައްދާފައިވާ އެންމެ މޮޅު އަދި ވަރުގަދަ އަސްކަރީ ޖެޓުތަކުގެ ތެރެއިން ޖެޓެކެވެ. އެމެރިކާއިން މި ޖެޓުތައް ސަޢުދީ ޢަރަބިއްޔާއަށް ވިއްކުމަށް ނިންމާފައިވާއިރު، މެދުއިރުމަތީގެ އެހެން ޤައުމަކަށް އެ ޖެޓުތައް ލިބުމުން ޔަހޫދީންގެ މައްޗަށް އަސްކަރީ ގޮތުން ކުރި ހޯދުމަށް މަގުފަހިވެއެވެ. ނަމަވެސް އެމެރިކާގެ ޤާނޫނުގައި ވެސް ސަރަޙައްދީ އެހެން ޤައުމުތަކަށް ވުރެ އަސްކަރީ ގޮތުން މޮޅު ގޮތް ޔަހޫދީންނަށް ހޯދައިދޭނެ ކަން ޔަޤީންކޮށްދެއެވެ.
ޔަހޫދީންގެ ތަރުޖަމާނު ޝޮޝް ބެެދްރޯސިއަން ބުނީ ސަރަޙައްދީ އެހެން ޤައުމުތަކުގެ މައްޗަށް ޔަހޫދީންނަށް ދިފާޢީ ގޮތުން ބާރުވެރިވެވޭނެ ގޮތް އެމެރިކާއިން ފަހިކޮށްދިނުމަކީ ދެ ފަރާތުގެ ދެމެދުގައި އޮތް ޒަމާންވީ އެއްބަސްވުމެއް ކަމަށެވެ. ސަޢުދީ ޢަރަބިއްޔާއަށް އެފް-35 ޖެޓު ވިއްކި ނަމަވެސް ކަން އޮންނާނީ އެ ގޮތަށް ކަމަށް އޭނާ ވަނީ ބުނެފައެވެ. އެމެރިކާއިން ވެސް ވަނީ ސަޢުދީ ޢަރަބިއްޔާއަށް ވިއްކާ އެފް-35 ޖެޓުތަކުގައި ޔަހޫދީން ގެންގުޅޭ އެފް-35ތަކުގައި ހުންނަ ބައެއް ޚާއްޞަ ސިފަތައް ނުހިމެނޭނެ ކަމަށް ބުނެފައެވެ. އެ ގޮތުން ޔަހޫދީން ގެންގުޅޭ ޖެޓުތަކުގައި ހުންނަ އެންމެ ފަހުގެ ހަތިޔާރު ނިޒާމާއި، ބައެއް އިލެކްޓްރޯނިކް ހަނގުރާމަމަތީ ސާމާނު ސަޢުދީ ޢަރަބިއްޔާއަށް ވިއްކާ ޖެޓުތަކުގައި ނުހިމެނޭނެއެވެ.
About Post Author
މާދަމާ ނިއުސް
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
ފަވަރަ ޔޫޕީއައި ގުޅާލުން: މި ނިޒާމު މަސައްކަތް ކުރަނީ ކިހިނެއް؟
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އިންޑިއާގައި ދިރިއުޅޭ އަދި ބޭސްފަރުވާއާއި ތައުލީމަށް އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ އިންތިޒާމު މަރުކަޒީ...
ވައިގެ ދަތުރުފަތުރުގެ އިތުރު ދެ އެއްބަސްވުމެއްގެ މަސައްކަތް ކުރިއަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށްޓަކައި، އިތުރު ދެ އެއަރ ސަރވިސް އެގްރީމެންޓެއް އެކުލަވާލުމުގެ މަސައްކަތް...
