
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
ހިޔުމަން ރައިޓްސް ވޮޗްއިން ބުނި ގޮތުގައި، މި އަހަރުގެ ކުރީކޮޅު ޔަހޫދީން ހުޅަނގު އައްސޭރީގެ ތިން އަވަށަކުން ފަލަސްޠީނުގެ އެތައް ހާސް ބަޔަކު ގަދަކަމުން ބޭރުކުރި ކުރުމަކީ ހަނގުރާމައިގެ ޖަރީމާއެއް އަދި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެކެވެ. އެ ޖަމްޢިއްޔާއިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، ޖަނަވަރީ މަހާއި ފެބްރުވަރީ މަހުގެ ތެރޭގައި ޔަހޫދީ އަސްކަރިއްޔާގެ “އޮޕަރޭޝަން އަޔަން ވޯލް”ގެ ދަށުން ޖަނީން، ނޫރު ޝަމްސް އަދި ޠޫލްކަރިމް ކޭމްޕުގައި ދިރިއުޅެމުންދިޔަ 32،000 ފަލަސްޠީނުގެ ރައްޔިތުން ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރުކުރިއެވެ. އެ މީހުންނަށް އަލުން އަނބުރާ އަވަށަށް އައުން މަނާކޮށް، އެތައް ސަތޭކަ ގެއެއް ސުންނާފަތިކޮށްލާފައިވެއެވެ. ޖެނީވާ ކޮންވެންޝަންގައިވާ ގޮތުން، އިސްތިޢުމާރުކޮށްފައިވާ ސަރަޙައްދެއްގައި ދިރިއުޅޭ ޢާންމުން އެ ސަރަޙައްދު ދޫކޮށް ދިޔުމަށް މަޖުބޫރުކުރުމަކީ މަނާ ކަމެކެވެ.
ހިޔުމަން ރައިޓްސް ވޮޗްއިން ގޮވާލާފައިވަނީ، ފަލަސްޠީނުގެ ރައްޔިތުން ގެދޮރުން ބޭރުކުރުމުގައި އިސްކޮށް ޙަރަކާތްތެރިވި ޔަހޫދީންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާ ހިންގުމުގެ ކުށުގައާއި އިންސާނިއްޔަތާ ޚިލާފު ޢަމަލުކުރި ކަމުގެ ކުށުގައި ފިޔަވަޅު އެޅުމަށެވެ. ޔަހޫދީ ސިފައިން ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ގޭގެއަށް ގަދަކަމުން ވަދެ، ޑްރޯން ބޭނުންކޮށްގެން ގޭގައި ތިބި ޢާއިލާތައް ނުކުތުމަށް އަމުރުކޮށްފައެވެ. ގެދޮރު ދޫކޮށް ދިޔައިރު އެއްވެސް އެއްޗެއް ގެންދިޔުމުގެ ފުރުޞަތު ނުދީ، ބުލްޑޯޒަރު ބޭނުންކޮށްގެން ގެތައް ސުންނާފަތިކޮށްލާފައިވެއެވެ. ގެދޮރު ގެއްލުނު މީހުންނަށް ޔަހޫދީން ހިޔާވަހި ކަމެއް އަދި އެހީއެއް ވެސް ފޯރުކޮށްދީފައެއް ނުވެއެވެ. އދ. ގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، އެ ސަރަހައްދުތަކުން 1,460 އިމާރާތް ވަނީ ސުންނާފަތިކޮށްލާފައެވެ.
މީގެ އިތުރުން، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމަށް، މި އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު އެއްބަސްވުމެއް ޤާއިމްކުރި ނަމަވެސް، ޔަހޫދީން ދަނީ އެއްބަސްވުމާ ޚިލާފަށް ޣައްޒާއަށް ތަކުރާރުކޮށް ޙަމަލާތައް ދެމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ޔަހޫދީން ދިން ޙަމަލާތަކުގައި ފަސް މީހުން ޝަހީދުވެ، 19 މީހުންނަށް ވަނީ ޒަޚަމްވެފައެވެ. ޙަމާސް ޖަމާޢަތުން ވަނީ މި ޙަމަލާތައް ހުއްޓުވުމަށް މެދުވެރިންގެ ދައުރު އަދާކުރި ފަރާތްތަކުން ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.
އަދި ޔަހޫދީން ދެކުނު ލުބުނާނަށް ދެމުންދާ ޙަމަލާތައް ވެސް ނޮވެމްބަރު 19 ވަނަ ދުވަހު ވަރުގަދަކޮށްފައިވެއެވެ. މިދިޔަ އަހަރު އެމެރިކާ މެދުވެރިވެ ޤާއިމްކުރި ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، ޔަހޫދީންގެ ޙަމަލާތަކުގައި އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން ވެސް ލުބުނާނުގައި 250އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ. ޔަހޫދީން ބުނާ ގޮތުގައި މި ޙަމަލާތައް އަމާޒުކުރަނީ ޙިޒްބުاللهއަށް ނަމަވެސް، އެންމެ ފަހުގެ ޙަމަލާތަކުގައި ޢާންމުންގެ މީހަކު ވެސް ޝަހީދުވެފައިވެއެވެ. ޔަހޫދީން ކަންބޮޑުވަނީ ހަނގުރާމައިގައި ބަލިކަށިވެފައިވާ ޙިޒްބުاللهއިން އަލުން ވަރުގަދަވުމަށް މަސައްކަތްކުރާތީއެވެ.
About Post Author
މާދަމާ ނިއުސް
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
ފަވަރަ ޔޫޕީއައި ގުޅާލުން: މި ނިޒާމު މަސައްކަތް ކުރަނީ ކިހިނެއް؟
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އިންޑިއާގައި ދިރިއުޅޭ އަދި ބޭސްފަރުވާއާއި ތައުލީމަށް އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ އިންތިޒާމު މަރުކަޒީ...
ވައިގެ ދަތުރުފަތުރުގެ އިތުރު ދެ އެއްބަސްވުމެއްގެ މަސައްކަތް ކުރިއަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށްޓަކައި، އިތުރު ދެ އެއަރ ސަރވިސް އެގްރީމެންޓެއް އެކުލަވާލުމުގެ މަސައްކަތް...
