
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާއަށް މޫސުން ގޯސްވެ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. އެ ސަރަޙައްދުގައި ބާރުގަދަ ތޫފާނެއް އުފެދި، ޣައްޒާގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވާރޭވެހެމުން ދިޔުމާ އެކު ބައެއް ސަރަޙައްދުތަކުގައި ވަނީ ފެންބޮޑުވެފައެވެ. އަދި، އައްސޭރިފަށުގެ ސަރަޙައްދުތަކުގައި ރާޅު ބޮޑުވެ، ބައެއް ސަރަޙައްދުތަކަށް އުދައެރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ޣައްޒާގައި ވެރިކަން ކުރާ ސަރުކާރުން ބުނީ، މޫސުން ގޯސްވުމާ ގުޅިގެން އެ ސަހަރަށް ލިބިފައިވާ ގެއްލުމުގެ އަގު 4.5 މިލިޔަން އެމެރިކާ ޑޮލަރަށް އުފުލިފައިވާ ކަމަށް އަންދާޒާ ކުރެވޭ ކަމުގައެވެ. ފެންބޮޑުވުމާއި އުދައެރުމުގެ ސަބަބުން އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނީ، ޣައްޒާގެ އެކި ކަންކޮޅުތަކުގައި ފޭލިގެތަކުގައި ދިރިއުޅެމުންދާ އެތަކެއް ސަތޭކަ ހާސް ނިކަމެތިންނަށެވެ. 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ހިންގި ޤަތުލުޢާންމުގައި ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް ދިރިއުޅެމުން ދިޔަ ގެދޮރު ސުންނާފަތި ކޮށްލާފައިވާއިރު، ފޭލިގެތަކުގައި ދިރިއުޅުމަށް އެ މީހުންނަށް ވަނީ މަޖުބޫރުވެފައެވެ.
ޣައްޒާގެ ސަރުކާރުން ބުނީ، ފެންބޮޑުވުމާއި އުދައެރުމުގެ ސަބަބުން 22,000އަށްވުރެ ގިނަ ފޭލިގެއަށް ގެއްލުން ލިބިފައިވާ ކަމުގައެވެ. މި ގޮތުން، ފޭލިގެތަކަށް ފެންވަދެ، ވަގުތީ ހިޔާތައް ހަލާކުވެ، ކާބޯތަކެއްޗާއި ބޭސްފަރުވާއަށް ބޭނުންވާ ސާމާނާ ގެއްލުންވެފައިވާ ކަމުގައި ޣައްޒާގެ އިދާރާތަކުން ބުންޏެވެ. އަދި، ދޮގަޑި ފަދަ ތަކެތި ފޯވުމާ ގުޅިގެން ޣައްޒާގެ ރައްޔިތުންނަށް ނިދޭނެ ގޮތެއް ނެތް ކަމުގައި ވެސް އިދާރާތަކުން ބުންޏެވެ. އެހީދޭ ޖަމުޢިއްޔާތަކުން ބުނީ، ހާލުގައި ޖެހިފައިވާ މީހުންނަށް ހިޔާވަހިކަން ފޯރުކޮށްދިނުމަށް އިތުރު 300,000އެއްހާ ފޭލިގެއަށް ބޭނުން ޖެހިފައިވާ ކަމުގައެވެ.
“ހޫނުކަން ހޯދޭނެ އެއްވެސް ގޮތެއް ނެތް. ފަތިހު 5 ޖެހީއްސުރެ އަޅުގަނޑު މި އުޅެނީ ހޭލާ، މިހާރު މިހުރީ އަވައްޓެރިއެއްގެ ފޭލިގޭގައި އަރާމުކޮށްލުމަށް އައިސް، ގަދަ ފިންޏާއި އަޅުގަނޑުމެން ދިރިއުޅެން ޖެހިފައިވާ މި ދަތި ހާލުގެ މަތިން ހަނދާން ނައްތައިލެވޭތޯ،” ޣައްޒާގެ އައްސޭރި ފަށުގައި ފޭލިގެއެއްގައި ދިރިއުޅެމުންދާ އަބޫ މުޙައްމަދު އަލް-ޤޫރާ ބުންޏެވެ. ޢާއިލާއާ އެކު އޭނާ މި ވަގުތު ދިރިއުޅެމުން ދަނީ ޣައްޒާގެ ދެކުނުގައި އޮތް އަލް-މަވާޞީގައި ފޭލިގެއެއް ޖަހައިގެންނެވެ. ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މީޑިޔާ އޮފީހުގެ ޑިރެކްޓަރު އިސްމާޢީލް އަލް-ޘަވާބްތާ ވިދާޅުވީ ފެންބޮޑުވުމާއި އުދައެރުމުގެ ސަބަބުން 22,000އަށްވުރެ ގިނަ ފޭލިގެ ހަލާކުވެފައިވާ ކަމުގައެވެ. އަދި، ގޮދަޑި ފަދަ ތަކެތީގެ އިތުރުން ކެއްކުމަށް ބޭނުން ކުރާ ސާމާނާއި އާލާތްތަކަށް 2 މިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމުގައެވެ. ގެދޮރު ނެތް މީހުންނަށް ޤާއިމު ކޮށްދީފައިވާ ވަގުތީ ހިޔާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން، ސާފު ބޯފެން ފޯރުކޮށްދިނުމަށް ޤާއިމު ކޮށްފައިވާ ވަގުތީ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ނަޖިސް ވަޅުތަކުގައި ވެސް ވަނީ ފެންބޮޑުވެފައެވެ. އަދި، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބައެއް ފަރާތްތަކުން ބޭނުން ކުރަމުން ދިޔަ ސޯލާ ޕެނަލްތަކަށް ވެސް ވަނީ ގެއްލުންވެފައެވެ. މި ކަމާ މެދު ކަންބޮޑުވުން ފާޅު ކުރައްވަމުން އދގެ ކުޑަކުދިންނާ ބެހޭ ފަންޑު (ޔުނިސެފު)ގެ ތަރުޖަމާނު ޓެސް އިންގްރަމް ވިދާޅުވީ، ހާލުގައި ޖެހިފަ
އިވާ މީހުންނަށް ބޭނުންވާ އެހީގެ ސާމާނު ޣައްޒާއިން ހަލުވިކަމާ އެކު ހުސްވަމުންދާ ކަމުގައެވެ. އަދި، ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ވެއްދުމަށް ކުރިމަތި ކޮށްފައި އޮތް ހުރަސްތައް ނައްތައިލުމަށް އޭނާ ވަނީ ޔަހޫދީންނަށް ގޮވައިލައްވާފައެވެ.
ޔަހޫދީންގެ ޤަތުލުޢާންމު ނިމުމަކަށް ގެނެސްފައި ވަނީ ޙަމާސާ އެކު އޮކްޓޫބަރު 10ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ. ޤަތުލުޢާންމުގައި ޔަހޫދީން ވަނީ ޣައްޒާއިން 69,000އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންގެ އިތުރުން އުމޫރުންނެވެ. އަދި، އިތުރު 158,000އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލާފައިވެއެވެ. ޣައްޒާގެ އިދާރާތަކުން ބުނީ، ޢުދުވާނީ ޙަމަލާތަކުގައި ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ޝަހީދު ކޮށްލާފައިވާ އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ޤަބޫލު ކުރެވޭ ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
ފަވަރަ ޔޫޕީއައި ގުޅާލުން: މި ނިޒާމު މަސައްކަތް ކުރަނީ ކިހިނެއް؟
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އިންޑިއާގައި ދިރިއުޅޭ އަދި ބޭސްފަރުވާއާއި ތައުލީމަށް އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ އިންތިޒާމު މަރުކަޒީ...
ވައިގެ ދަތުރުފަތުރުގެ އިތުރު ދެ އެއްބަސްވުމެއްގެ މަސައްކަތް ކުރިއަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށްޓަކައި، އިތުރު ދެ އެއަރ ސަރވިސް އެގްރީމެންޓެއް އެކުލަވާލުމުގެ މަސައްކަތް...
